ޒުވާނާގެ ހެދުމާއި ދައުލަތުގެ ފޭރާމުގެ ބަހުސް

ޒުވާނާގެ ހެދުމާއި ދައުލަތުގެ ފޭރާމުގެ ބަހުސް

"މުސްލިމުންގެ ސަގާފަތާ ހިލާފު" އަމަލުތަކުން ދުރުހެލިވުމަށް ގޮވާލައްވައި، ރައީސް މުހައްމަދު މުއިއްޒު އެކްސްގައި އިއްޔެ ޕޯސްޓެއް ކުރެއްވީ ދިވެހި ފިލްމު، "ލިލީ" ގެ ރެޑްކާޕެޓު ހަފުލާގައި ފިރިހެނަކު ލައިގެން ހުރި ހެދުމަކަށް ފާޑުކިޔުން އޮހެމުން ދަނިކޮށެވެ.

"ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް. ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް،" މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ކޮން ކަމަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްކަން ފާހަގަ ކުރައްވާފައި ނެތަސް، މިއީ ޒުވާނާ ލައިގެން ހުރި ހެދުމާ ގުޅޭ ޕޯސްޓެއްކަން ގަބޫލު ކުރެވެނީ، ޕޯސްޓުގައި ފިލްމީ ދާއިރާއޭ ލިޔުއްވާފައި އޮތުމާއި ޕޯސްޓުކުރެއްވި ދަނޑިވަޅުގެ ގޮތުންނެވެ.

Advertisement

އެއީ ދިވެހި މުޖުތަމައު އާއި ސަގާފަތުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި މިންގަނޑުތަކާ ހިލާފު ހެދުމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނެވެ. މިފަދަ "ކޫސަނި" ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ސަމާލުކަން ދެއްވުމަކީ ގޯސް ކަމެއް ނޫނެވެ. ހަމައެފަދައިން، ދައުލަތުގެ ފޭރާން، ނުވަތަ ބިންގާ ބަލިކަށިވަމުންދާ ކަންކަމަށް ވެސް ސަމާލުކަން ދެއްވާށެވެ.

ދައުލަތުގެ ފޭރާން، ނުވަތަ ބިންގަލަކީ ގައުމެއް އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށްދޭ އަސާސީ ނިޒާމުތަކެވެ. މީގެ ތެރޭގައި ވެރިކަން ހިންގުމުގެ އޮނިގަނޑާއި، ގާނޫނުގެ ވެރިކަން އަދި ރައްޔިތުންނަށް ޖަވާބުދާރީވުމާއި، އިގުތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެވުމުގެ ގާބިލުކަމާއި، އިޖުތިމާއީ އަދި ގައުމީ އެއްބައެއްވަންތަކަން ހިމެނެ އެވެ.

މި ރާއްޖޭގެ މި ބިންގާ ވަނީ ފަސާދަވެފަ އެވެ. ދައުލަތުގެ ވެރިންނާއި މުއައްސަސާތަކަށް ކުރެވޭ ހިޔާނާތުގެ ތުހުމަތު ފުނިޖެހިފަ އެވެ. ވެރިމީހާގެ މުށުތެރެއަށް ބާރުތައް ޖަމާކޮށް، މިނިވަން މުއައްސަސާތަކުގެ ބާރު ވެސް ކަނޑުވާލައިފަ އެވެ. ސިޔާސީ ބޭނުމަށް ވަޒީފާ ބެހުމާއި، ބޭކާރު ހަރަދުން މާލިއްޔަތު ހަލާކުކޮށްފި އެވެ. ލާހޫރޭ ސިޔާސަތާއި، ދަރަނީގެ ބުރައިން އިގުތިސާދު ވެސް ބަލިކަށިވެއްޖެ އެވެ.

މި ބިންގާތައް އަލުން ބިނާކުރުމަށް އޮތް އެންމެ ހުރަހަކީ ވެރިންގެ ކިބައިގައި ތެދުވެރިކަމާއި އިހުލާސްތެރިކަން ނެތުމެވެ. ޑިމޮކްރަސީ އާއި ގާނޫނުގެ ވެރިކަމުގެ މިސާލުތަކުން ސަޅި ވާހަކަ ވޯޓާ ދިމާކޮށް ދެއްކުމަށް ފަހު ފަހުން އެކަން ހަނދާނަކު ނުހުރެ އެވެ. މިފަދަ އެތައް މިސާލެއް އެބަ ހުއްޓެވެ.

ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް، ކުރިން ފެށިގެން ކުރެވިފައިވާ ހިޔާނާތުގެ ތުހުމަތުތަކެވެ. މޭޔަރަކަށް ހުންނަވައި ސިޓީ ކައުންސިލުން ހިންގާފައިވާ ހިޔާނާތާއި ވައްކަމުގެ ތުހުމަތުތަކުގެ ސުމާރެއް ނޭނގެ އެވެ. މާލޭގެ ބިންތައް ބަހާލީ އަމިއްލަ މުދަލެއް ފަދައިންނެވެ. ވެރިކަމުގައި ވޭތުވެދިޔަ ދެ އަހަރު ހުރި ކޮރަޕްޝަން ތުހުމަތުތައް ވެސް އެހާމެ ގިނަ އެވެ.

އޭގެ ތެރެއިން މި ލިޔުމުގައި ހިމަނާލާނީ ބައެއް މިސާލެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބޮޑު އަގުގައި ހަވާލުކުރި ޕްރޮޖެކްޓުތަކުގެ މައްސަލަ ނުބެލި އޮތްއިރު، އެޑްވާންސަށް ފައިސާ ދޫކޮށް ހަވާލުކުރި ބައެއް މަޝްރޫއުތަކަށް ވީނުވީއެއް ނޭނގެ އެވެ. އެ ފައިސާއަށް ވީނުވީއެއް ވެސް ނޭނގެ އެވެ.

ލައިވް ޓީވީގައި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލި މައްސަލައިގައި ފާޑުކިޔަން ފެށުމުން، ގާނޫނީ ހަމަތަކާއި އުސޫލުތަކާއި، ރިވެތި އަހުލާގަށް ރުޖޫއަވުމުގެ ބަދަލުގައި ހެއްދެވި ގޯސް މުއިއްޒު ދިފާއު ކުރެއްވި އެވެ. ބީލަމަށް ނުލައި އަދި ހަމައެއްލަމައެއް ނެތި އައުވާނުންނަށް މަންފާ ލިބޭ ގޮތަށް އެ މަޝްރޫއުތައް ބަހާލުން މައްސަލައަކަށް ނުވުމަކީ ގައުމަށް ހުރި ހާދަ ބޮޑު ނުރައްކަލެކެވެ.

ޕްރޮޖެކްޓުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި، މާލީ ގާބިލްކަމެއް، ތަޖުރިބާއެއް ނެތް، ދުވަހަކު ކޮންސްޓްރަކްޝަން މަސައްކަތެއް ނުކުރާ އަދި ސޮއިކުރުމުގެ ހަފުލާއާ ހަމައަށް ބްލެކް ލިސްޓުގައި ހުރި ކުންފުނިތައް ހިމެނެ އެވެ. އެކަންކަން މުއިއްޒަށް މައްސަލައަކަށް ނުވި އެވެ.

މަޖިލީހުގެ މެންބަރުންނަށް 50،000ރ. ދޭ ކަމަށް ދޮގު ކުރެއްވިޔަސް، އެތައް މެންބަރުންނެއް އެ ވާހަކަ ވިދާޅުވެ އެވެ. މިއީ ދައުލަތުގެ ވެރިޔަކު ރިޝްވަތު ދިނުމާއި ގާނޫނު ހަދަން ތިބި މީހުން ރިޝްވަތު ހިފުމެވެ. އެންމެން އެއްފޮތަކުން ކިޔެވިއިރު، މިކަންކަން އިސްލާމްދީނާ ހިލާފު ކަމަށް ނުދެކެނީ ހެއްޔެވެ؟ ގާނޫނުތަކާ ހިލާފު ކަމަށް ނުވަނީ ހެއްޔެވެ؟

ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ވެރިކަން ކުރުމަށް ﷲ ގަންދީ ހުވާކުރައްވައިގެން ހުންނެވިއިރު، ސުޕްރީމް ކޯޓުން މައްސަލައެއް ބަލަން ނިންމުމުން، އޭސީސީ އާއި ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންގެ މައްސަލަތަކެއް އުފައްދައި، ތިން ފަނޑިޔާރަކު ބޭރުކޮށްލުމަކީ އިސްލާމީ އުސޫލާއި އަހުލާގުތޯ އެވެ. އެއީ އިންސާފާއި ގާނޫނީ ހަމަތޯ އެވެ؟ ވެރިއެއްގެ އަހުލާގު ހުންނަންވީ ގޮތްތޯ އެވެ؟

ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ތަރުތީބުވެފައިވާ ކަންކަމާއި، ހަމަތަކަކީ އުނދަގުލެއް ކަމަށް ގަބޫލުކުރެވޭ ކޮންމެ ފަހަރަކު އެކަންކަން ބަދަލުކޮށް، ގަޑުބަޑުކުރުން މިހާރު މިވަނީ އޮންނަވީ ހަމަ ކަމަށް ހަދައިފަ އެވެ. ވެރިކަން ހިންގާ ގޮތާއި ގާނޫނު ހަދާ މަޖިލީހަށް ބެލިޔަސް، ކޯޓަކާއި، މިނިވަން މުއައްސަސާތަކަށް ނަޒަރު ހިންގިޔަސް، ކުންފުނިތަކާއި ލާމަރުކަޒީ ނިޒާމަށް ކަޅި ހިންގިޔަސް، ފެނިގެން ދަނީ ދިވެހި ރައްޔިތުން ގުރުބާންވެގެން އެކުލަވާލި ނިޒާމުގެ ސިފަތައް ބަދަލުކޮށް މުއިއްޒު އަށް ފަހިކުރާ މަންޒަރެވެ.

ވެރިކަން ކުރާ ފަރާތުގައި ތެދުވެރިކަމެއް އިހުލާސްތެރި ކަމެއް، ވައުދު ފުއްދުމެއް، ގާނޫނީ ހަމަ ހިފެހެއްޓުމެއް ނުފެންނަ ސާފު އަނެއް މިސާލަކީ ބޯހިޔާވަހިކަމަށް ހާއްސަކުރި ބަޖެޓު ހުސްވިއިރު، އެންމެ ގާބުރިއެއް ބޭއްވިފައި ނެތުމެވެ. އެންމެ ލޯނެއް ވެސް ދޫނުކުރެވުމެވެ.

ޒިންމާއެއް، ހާޒިރީ ނޯޓުކުރާނެ ތަނެއް ނެތް ގޮތަށް ވަޒީފާތައް ބެހުމަކީ ވެސް ހިޔާނާތާއި ވައްކަން ކަމަށް މިހާރު ނުދެކެ އެވެ. މިއީ އިސްލާމީ މިންގަނޑުތައް ހެއްޔެވެ؟

މިފަދަ އިތުރު އެހެން މިސާލުތައް ވެސް އެބަ ހުއްޓެވެ. ހިޔާ ޓަވަރުތަކުގައި 32 ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏަކަށް ދިނީ 18 މިލިއަން ޑޮލަރަށެވެ. މިހާރު ބްލެކް މާކެޓު ރޭޓުން ނަމަ އެއީ 360 މިލިއަން ރުފިޔާ އެވެ. އެއީ މިފަދަ މަސައްކަތެއް ކުރުމަށް އަސްލު ހޭދަވާ ވަރަށް ވުރެ އެތައް ގުނައެއް ބޮޑު އަގެކެވެ. ނަމަވެސް، ފަރުވާލެއް ބެހެއްޓުމެއް ނެތި މަޝްރޫއު ހަވާލުކުރަން ރައީސް އޮފީހުން އެންގި އެވެ. ދެ އަހަރު ވާން ކައިރިވެފައި ވާއިރު އަދިވެސް މަޝްރޫއު ނުނިމެ އެވެ.

މާލީ ދަތިކަމަށް ބެލެމެއް ނެތި، ގައުމީ ދިފާއުގެ ނަމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބޮޑެތި ޑީލްތައް ފުލުފުލުގައި އެދަނީ ހަދަމުންނެވެ. ނަމަވެސް އެކަން ފެންނަ މުއައްސަސާއެއް ނެތެވެ.

ދައުލަތުގެ މާލީ ހާލަތު ގޯސްފައިވާ މިދަނޑިވަޅުގައި ވެސް މުއިއްޒު އެންމެ އިސްކަމެއް ދެއްވީ 55 ރަށެއްގައި ކައުންސިލް އިމާރާތް ހެދުމަށެވެ. ކޮންމެ އިމާރާތެއްގެ އެވްރެޖު އަގު 11.5 މިލިއަން ރުފިޔާ އެވެ. މުޅި މަޝްރޫއުގެ އަގު 631 މިލިއަން ރުފިޔާ އަށް އަރުވާލިއިރު، އެއްވެސް ކަންބޮޑުވުމެއް ނެތި އެކަމަށް އެއްބަސްވުމުން ހައިރާން ނުވާންވީ ހެއްޔެވެ؟ އެއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއުއެއް ކަމަށް ދައްކަން ބޭނުން ވިޔަސް، ހަގީގަތަކީ އެއީ ދުރާލާއި ރޭވި، މަޝްވަރާކުރެވި ސަރުކާރުން ޔަގީންކަން ދީގެން، ބީއެމްއެލްއިން ހަމަޖައްސައިދިން ފައިސާ އަށް ވުމެވެ.

ވެރީންގެ ކިބައިގައި އިހުލާސްތެރިކަމާއި ތެދުވެރިކަން ނެތް ނަމަ، އަދި ރައްޔިތުން އެކަމަށް ގާފިލުވެއްޖެ ނަމަ ދައުލަތް ދާނީ ބަލިކަށިވެ، ހަލާކުވަމުންނެވެ. މިއަދު ފެންނަ ހަގީގަތަކީ މި އެވެ. ކުރެވޭ އިހުސާސަކީ މި ހިތްދަތި ކަމެވެ. އެހެންވެ، ހެދިބޮޑުވަމުން އަންނަ ޖީލަށް ދައްކަންވީ ނަމޫނާއަކީ ވެރިންގެ ތެދުވެރިކަމާއި ގާނޫނުގެ ވެރިކަން ހިންގުމެވެ. އަމާނާތްތެރިކަމެވެ. ޖަވާބުދާރީވުމާއި ހައްގުތައް ހިމާޔާތް ކުރެވޭ ކަމެވެ. ވައްކަމަށް އޯކޭ ނުވާ، ރިޝްވަތު ނުކާ މުޖުތަމައުއެއް ފެންނާނީ އޭރުންނެވެ.

ޒުވާނާގެ ހެދުން އެޅުމާމެދު ކަންބޮޑުވި ފަދައިން ދައުލަތުގެ ފޭރާން ހަލާކުވަމުންދާ ދިއުމާމެދު ވިސްނެވުން މާ މުހިންމެވެ. އެކަމާމެެދު ޓުވީޓެއް ނުކުރެއްވިޔަސް، ސުރުހީއެއް ނޭޅުއްވިޔަސް، ޝަރަފުގެ ޖަލްސާއެއް ނުބޭއްވިޔަސް ހެޔޮ ބަދަލު ގެންނަ ނަމަ ފެންނާނެ އެވެ. ގަބޫލު ކުރެވޭނެ އެވެ. އެ ވާހަަކަ ދައްކާނެ އެވެ. ހައްގު ތައުރީފާއި ޝަރަފު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox