ސާފް 20 އަހަރުން ދަށުގެ މުބާރާތް: ފުރަތަމަ މެޗުގައި ނޭޕާލުން ބޫޓާން ބަލިކޮށްފި

Mar 23, 2026, 1:28 PM
ނޭޕާލުގެ ސުބާޝް ބާމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ނޭޕާލުގެ ސުބާޝް ބާމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މާލޭގައި މިއަދު ފެށި ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ގްރޫޕް އޭގެ ފުރަތަމަ މެޗުން ނޭޕާލުން 2-1 އިން ބޫޓާން ބަލިކޮށް މުބާާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެެވެ.

ގްރޫޕް އޭގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ، މުބާރާތް ހޯސްޓްކުރާ ރާއްޖޭގެ އިތުރުން ސްރީ ލަންކާ އެވެ. މިރޭ، 20:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ލަންކާ އާއި ރާއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ނޭޕާލުން އަވަސް ކުޅުމަކާ އެކު ފަށަައި، ލިބޭ ފުރުސަތުތަަކުގައި ބޫޓާންގެ ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ. އެ ގޮތުން، މެޗުގައި، ނޭޕާލުން ލީޑުނެގި ލަނޑު ޖެހީ، ހަތް ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއިން ލިބުނު ޖެހުމަކުން، ނޭޕާލްގެ ސުޖަން ޑަންގޯލް ކާމިޔާބުކުރި ލަނޑެކެވެ.

ބޫޓާނަށް މި މެޗުގައި ދިމާވި އެންމެ ބޮޑު ޗެެލެންޖަކީ، 15 މިނިޓް ތެރޭ އެ ޓީމުގެ ތިންލޭ ޔެޒެރަށް ދެ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުން، ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުމެވެ.

ފުރަތަމަ ލަނޑާ އެކު ލިބުނު ލީޑުގައި އޮވެގެން ނޭޕާލުން ފުރަތަމަ ހާފުގައި ކުރީގައި އޮވެގެން ނިންމާލި އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނިޓްގައި ނޭޕާލުން ވަނީ ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި އޭރިއާބޭރުން ނޭޕާލުގެ ސުބާޝް ބާމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން، ވެސް ނޭޕާލަށް އިތުރު ގޯލުތަކެއް ޖަހަން ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ.

މެޗުގައި ބޫޓާނުން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 83 ވަނަ މިނިޓްގަ އެވެ. ބޫޓާނުން ރަނގަޅު ޕާސިން ކުޅުމަކާ އެކު، ނޭޕާލްގެ އޭރިއާތެރެއިން ޖާގައެއް ތަނަވަސްކުރިއިރު، މި ލަނޑު ޖެހީ، ދެންޑަޕް ގެޔެސްޓެން އެވެ. އޭރިއާތެރެއިން އޭނާ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އިތުރު ގޯލެއް ޖަހައި، އެއްވަރުކުރެވޭތޯ ބޫޓާނުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ނޭޕާލުން ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ހަވީރު ސްރީ ލަންކާއާ ބައްދަލުކުރާއިރު، ބޫޓާނުން ދެ ވަނަ މެޗުގައި ބުދަ ދުވަހުގެރޭ ރާއްޖެއާ ކުޅޭނެ އެވެ.

ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް، ޕާކިސްތާން އަދި އިންޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox