ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއު ތިން ވަނަ އަށް

Jan 17, 2026, 10:55 PM
ނިއުގެ ނިޒާމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ނިއުގެ ނިޒާމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2-0 އިން މޮޅުވެ، އަލުން ލީގުގެ ތިން ވަަނަ އަށް ޖެހިލައިފި އެެވެ.

މި މެޗަށް ނުކުތްއިރު، ހަތަރެއްގައި އޮތް ނިއު މި މެޗުން ހޯދި ޕޮއިންޓުތަކާ އެކު ތިން ވަނައިގައިގައި އޮތީ 15 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ބުރު ސްޕޯޓްސް ކްލަބުން ހަތަރެއްގައި އޮތީ 15 މެޗުން 27 ޕޮއިންޓާ އެކު އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނިއު އިން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، އެ ޓީމަށް މި ލަނޑު ޖަހާފައިވަނީ ފަހަތަށް ކުޅެމުން އަންނަ ޑިފެންޑަރު، މުހައްމަދު ނިޒާމް (ޕީކޭ) އެވެ. މިއީ، ގާތްގާތުގައި ނިއު އަށް ލިބުނު ދެ ވަނަ ކޯނަރުގައި، އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރަކުން ޕީކޭ ބޮލުން ޖެހި ގޯލެކެވެ.

ނިއު އިން ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެެވެ. މި ލަނޑު ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، އަލްހާޖީ ގޭރޯ އެވެ. ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ނަގައިދިން ބޯޅައަކަށް އަރައި ގޭރޯ މި ލަނޑު ޖެހީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ނިއު އިން މި މެޗުގައި ވެސް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ދެ ވަނަ ހާފުގައި ކުޅެން ނެރެފަ އެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް 15 މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނެޓްބޯޅަ ކޮމްޕްލެކްސް އިން ކުޅިވަރުގެ ދުރުރާސްތާ ޕްލޭނަށް ފައިދާ

ސަރުކާރުގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ ދަށުން ހުޅުމާލޭގައި ބިނާކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އަޅައިފި. މި ކޮމްޕްލެކްސްގައި ފަސް ޕިޗު ހިމެނޭއިރު، މިއީ ނެޓްބޯޅައިގެ އިތުރުން އެހެނިހެން އިންޑޯ ކުޅިވަރުތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެހެން ފަރުމާކުރެވިފައިވާ ތަނެއް.

އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ އާއި ނިއު ފެށީ ބޮޑު މޮޅަކުން

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުތަކުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ބޮޑު ތަފާތަކުން މޮޅުވެއްޖެ. މާޒިޔާއިން އެމްއެސް މޭޓްސް އަތުން 8-0 އިން މޮޅުވިއިރު، ނިއު ރޭޑިއަންޓުން ވަނީ ދަ ގްރާންޑޭ އަތުން 15-0 އިން ކުރިހޯދާފައެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެވަނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު.

ޖޭޖޭ ސްޕޯޓްސް ކްލަބުން ކޮޅުނބު ފުޓްސަލް ކަޕް ތަށި ދިފާއުކޮށްފި

ސްރީ ލަންކާގައި ބޭއްވި ކޮޅުނބު ފުޓްސަލް ކަޕްގެ ފައިނަލުގައި ލާސްޓް ވޯނިން އެފްސީ 3-0 އިން ބަލިކޮށް، ޖޭޖޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފި. މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ޖޭޖޭ މޮޅުވެފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނޭ

އިޓަލީ ކަޓުވާލައި ބެލްޖިއަމުން ނޭޝަންސް ލީގު ކުއާޓާ އަށް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 4-1 ގެ ބޮޑު ތަފާތަކުން އިޓަލީ ބަލިކޮށް، ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި. އިޓަލީން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބެލްޖިއަމުން ފަހަތުން އަރައި ފަސް ލަނޑު ޖެހިއިރު، މި ނަތީޖާއާއެކު އިޓަލީ ވަނީ މުބާރާތުން ކަޓާފައި

އިންގްލެންޑް އަތްދަށުވެ ސްޕެއިންގެ ބަލިނުވުމުގެ ރެކޯޑް ނިމިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑް އަތުން 3-2 އިން ބަލިވެ، ސްޕެއިން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި 43 މެޗުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެ. މި މެޗުގައި އިންގްލެންޑުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޕެއިނުން ދެ ލަނޑު ޖެހި ނަމަވެސް މެޗުން މޮޅުވެވޭ ގޮތެއް ނުވި

އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ހުޅުމާލޭގައި ބިނާކުރާ ފުޓްސަލް އެރީނާގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އުންމީދެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ވަސީލަތްތައް ގާއިމުކުރުމަށް ފެށި މުހިންމު މަސައްކަތެއް

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

Newsletter

Get the latest news delivered straight to your inbox