އާތީ ދެ ވަނަ ފަަހަރަށް ޓީސީގެ ކޯޗުކަމާ ހަވާލުވެއްޖެ

Nov 29, 2025, 3:30 AM
އާތީ ދެ ވަނަ ފަަހަރަށް ޓީސީގެ ކޯޗުކަމާ ހަވާލުވެއްޖެ

ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުގެ މަގާމާ މީގެ ކުރިން ވެސް އެ ޒިންމާ އަދާކުރި ކޯޗު މުހައްމަދު އާތިފް (އާތީ) ހަވާލުވެއްޖެ އެވެ.

އާތީ ވަނީ މީގެ ކުރިން، 2019 ވަނަ އަަހަރު ޓީސީ އަށް ކޯޗުކޮށްދީފަ އެވެ. އެ ފަހަރުގެ ސީޒަނު ފަަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ށ. ފޯކައިދޫ ބަލިކޮށް، ޓީސީ އަށް ޝީލްޑް ކާމިޔާބުކޮށްދިން އާތީ ވަނީ ކުރު މުއްދަތެއްގައި ޓީސީ އަށް ކޯޗުކޮށްދިނުމަށް ފަހު، މައްސަލަތަކެއް ދިމާވުމުން، އަމިއްލަ އަށް މަގާމުން ވަކިވެފަ އެވެ.

ގައުމީ ފިިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި ގައުމީ އަންހެން ޓީމުގެ ހެޑްކޯޗުކަން ކޮށްފައިވާ އާތީ ވަނީ ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުުތަކަކަށް ކޯޗުކޮށްދީފަ އެެވެ. އޭގެ ތެރޭގައި ޓީސީގެ އިތުރުން، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އެވެ.

މި ސީޒަނުގައި އެންމެ ފުރަތަމަ ވިކްޓަރީއާ ހަވާލުވި ނަމަވެސް، ސީޒަން ނުފެށި ލަސްވެގެން އާތީ ވަނީ ގައުމީ އަންހެން ޓީމަށް ކޯޗުކޮށްދީފަ އެވެ. ޓީސީއާ ހަވާލުވުމުގެ ކުރިން، އާތީ ވަނީ، ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ކ. އަތޮޅު މުބާރާތުގައި ކުޅުނު ހުރާ ޓީމުގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ.

ޓީސީން މި ސީޒަނަށް ނުކުތީ، ހެޑް ކޯޗަކަށް އަހުސަން ރަޝީދު (ޗޭ) ހަމަޖައްސައިގެންނެވެ. މި މަހު ދެ ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި، އީގަލްްސްއާ ކުޅުނު މެޗުގައި ދިމާވި ކަމެއްގެ ސަބަބުން، އެފްއޭއެމް ޑިސިޕްލިނަރީ ކޮމީޓީން ވަނީ ޗޭ ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

އޮޑި ސްޕޯޓްސް ކްލަބަށް ދެ ވަނަ ޑިވިޝަނުގައި ކޯޗުކޮށްދިން އާތީ، ޓީސީއާ ހަވާލުވިއިރު، މި ވަގުތު އެ ޓީމު އޮތީ އަށް މެޗުން ފަސް ޕޮއިންޓާ އެކު، އަށް ވަނައިގަ އެވެ. އާތީގެ ކޯޗުކަމުގައި، ޓީސީން ކުޅޭ ފުރަތަމަ މެޗުގައި ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބައްދަލުކުރާނީ އޮޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox