ޒާޔާގެ ޒާތީ ވީޑިއޯތަކެއް ލީކުވެ ފުލުހުންނަށް ފާޑުކިޔުން އަމާޒުވި ފަހުން ފޯނު ދޫކޮށްލައިފި

އޮކްޓޫބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ޒާޔާ ބައިވެރިވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އޮކްޓޫބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ޒާޔާ ބައިވެރިވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ލިޔުނު ޕޯސްޓަކާާ ގުޅިގެން ހިފަހައްޓާފައި އޮތް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ދޫކޮށްލައިފި އެވެ.

ޒާޔާގެ ފޯނު ފުލުހުން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ. ޒާޔާ ބުނީ އޭނާގެ ފޯނު ހިފެހެއްޓި މައްސަލައިގައި ބަޔާން ނެގުމަށް ދެ ދުވަހެއްގެ ތެެރޭގައި ގުޅާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.

"ރޭގައި ފުލުހުން ފޯނު ދޫކޮށްލައިފި. ބުނީ ދެ ދުވަހެއްގެ ތެރޭގައި ބަޔާން ނަގަން ގުޅާނަމޭ،" ޒާޔާ ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން ޒާޔާ ބަލައި ފާސްކޮށް އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ އޮކްޓޯބަރު 7، ގަ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ޒާޔާގެ ފޯނު ހިފެހެއްޓީ އޭނާގެ ފޭސްބުކް އެކައުންޓުން "ފުލުހުންނަށް އިންޒާރުދީ" ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.

އޭނާގެ ފޯނު ފުލުހުން ދޫކޮށްލާފައި މިވަނީ އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި ޒާޔާގެ ޒާތީ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި އިއްޔެ ލީކު ކޮށްލާފައި ވަނިކޮށެވެ. ޒާޔާގެ ޒާތީ ދެ ވީޑިއޯއެއް ލީކު ކޮށްލީ ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުންނެވެ. ނަމަވެސް ގިނަ ބަޔަކު އެ އެކައުންޓު ރިޕޯޓު ކުރަން ފެށުމުން އެ އެކައުންޓު އިއްޔެ މެންދުރުފަހު ވަނީ އެކްސްއިން ރިމޫވް ކޮށްފަ އެވެ.

މި ނޫހާ ވާހަކަދައްމުން ޒާޔާ ބުނީ އެ ވީޑިއޯ ލީކު ކުރީ ފުލުހުން ކަމަށެވެ.

"ފުލުހުން ފޯނު އަތުލުމުގެ ދެ ދުވަސްކުރިން ސްނެޕްޗެޓަށް ލޮގިން ވާން މަސައްކަތް ކުރި ކަމަށް ނޯޓިފިކޭޝަން އައި، ސީޓްރެކްސް ބިލްޑިން ކައިރިން. އެއީ ހަމަ ސީދާ ފުލުހުން ކުރާ ކަމެއް އެއީ، ގެންދިޔަ ފަހުން ލީކުވެފައި އެ ހުރީ،" ޒާޔާ ބުންޏެވެ.

"ލީކުވަންޏާ ލީކުވާން ވީނު މީގެ ކުރިން ވެސް، ކީއްވެ މިއަދު ލީކު ވާންވީ، ޒާޔާ ހަމަ މި އުޅެނީ އެމްޑީޕީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެ."

ފުލުހުންގެ ބެލުމުގެ ދަށުގައި ޒާޔާގެ ފޯނު އޮއްވައި އޭނާގެ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ލީކުކޮށްލާފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނު ފުލުހުން ހިފަހައްޓާފައި ވަނިކޮށް އޭނާގެ ފޮޓޯއެއް ވެސް ސޯޝަލްމީޑިއާގައި ލީކުކޮށްލާފައިވެ އެވެ.

ޝިމަންގެ ފޮޓޯއެއް ލީކުކޮށްލީ އޭނާގެ ފޯނު ފުލުހުން އަތުލިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އެކަމާ ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް ފުލުހުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

ތުހުމަތުތައް ދޮގުކޮށް ފުލުހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނީ ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލެއްގެ ތެރެއިން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox