ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރުން އާދަޔަކަށް، މިދިޔަ ތިން ހަފުތާގެ ހިސާބުތައް އާންމު ނުކުރޭ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައީސް މުހައްމަދު މުއިއްޒު އާއެކު: މި ސަރުކާރުން ވަނީ ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރުން އާދަޔަކަށް ހަދާފަ ---- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައީސް މުހައްމަދު މުއިއްޒު އާއެކު: މި ސަރުކާރުން ވަނީ ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރުން އާދަޔަކަށް ހަދާފަ ---- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓު ނެރުން އަނެއްކާވެސް މެދުކެނޑި މާލީ ހިސާބުތައް ހާމަނުކުރުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އާދަޔަކަށް ހަދައިފި އެވެ.

ފިނޭންސުން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު ނެރުނީ ސެޕްޓެމްބަރު 23، ގަ އެވެ. އެ ފަހަރު އާންމުކުރީ އެ މަހުގެ 18، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީ ތަފުސީލެވެ.

އެހެންކަމުން ވޭތުވެދިޔަ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭ ދައުލަތުން ކުރި ހަރަދާއި ލިބުނު އާމްދަނީގެ ތަފުސީލު ސާފުވާނެ ގޮތެއް ނެތެވެ. މިކަން މިހެން ދިމާވާ ސަބަބު ހޯދުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި ސުވާލު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ.

މިއީ މީގެ ކުރިން ހަފުތާއަކު އެއްފަހު ނެރުމުން އައި މާލީ ބަޔާންތައް ހާމަކުރުން މި ސަރުކާރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރު އަދި މިދިޔަ އަހަރުގެ ތެރޭ އެކި ފަހަރުމަތިން މި ހިސާބުތައް ހާމަކުރުން ފިނޭންސުން ހުއްޓާލި އެވެ.

މާލީ ހިސާބުތައް ހާމަކުރުން ފިނޭންސް މިނިސްޓްރީން މެދުކަނޑާލި ތާރީހުތައް

  • މި އަހަރުގެ ޖޫން އަދި ޖުލައި މަހު ތިން ހަފުތާގެ މާލީ ހިސާބުތައް ހާމަނުކޮށް މެދުކަނޑާލި.
  • މި އަހަރުގެ މާޗު މަހު ސަރުކާރުން ރޯދަ މަހުގެ ފަހު 10 ގެ ޗުއްޓީއަށް ދިޔައީ ދެ ހަފުތާގެ މާލީ ހިސާބުތައް ހާމަނުކޮށް.
  • މި އަހަރުގެ އެޕްރީލް މަހު ދެ ހަފުތާއަށް މާލީ ހިސާބުތައް ހާމަނުކޮށް މެދުކަނޑާލި.
  • މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު 29، 2024، އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތައް ސިއްރުކުރި.

މިދިޔަ އަހަރު ތިން މަހަށް ހިސާބުތައް ސިއްރުކުރިއިރު، އެ މައުލޫމާތު ހާމަކުރަން އެދުމުން އެ ދުވަސްވަރު ސަރުކާރުން އެތައް ބަހަނާއެއް ދެއްކި އެވެ. އެ ފަހަރު ސަރުކާރުން މާލީ ހިސާބުތައް އާންމުކުރީ އެ ހިސާބުތައް އާންމުނުކޮށްގެން އިދިކޮޅު ޕާޓީތަކާއި ބައިނަލްއަގްވާމީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

މާލީ ހިސާބުތައް ސިއްރުކޮށްފައިވާއިރު އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ތިން ހަފުތާގެ ތެރޭ ދައުލަތުގެ ލޯނުތައް ދެއްކުމަށް ބަޖެޓުން 369 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

އެ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ލޯނުތައް ދެއްކުމަށް ބަޖެޓުން ހަރަދުކޮށްފައިވަނީ ޖުމްލަ 4.3 ބިލިއަން ރުފިޔާ އެވެ. މިއީ ލޯނު ދެއްކުމަށް މި އަހަރުގެ ބަޖެޓުގައި ހިމެނި އަދަދަށް ވުރެ 446 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފިނޭންސުން މީގެ ކުރިން ހާމަކޮށްފައިވާ ހިސާބުތަަށް ބެލުމުން ބަޖެޓަށް ވުރެ އިތުރަށް ލޯނަށް ދެއްކި ބޮޑުބައި ހަރަދުކުރީ މިދިޔަ މަހުގެ ތެރޭގައިކަން އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox