އުލުބޭންދުމުގެ އަދަބު ދިނުމާއި އޭގެ ތާރީހު

 އާޓްވޯކް: އިސްމާއީލް އިމްދާދު/ އަދަދު

އާޓްވޯކް: އިސްމާއީލް އިމްދާދު/ އަދަދު

ދިވެހި ބަހުގެ ރަދީފުގައި އުލުބޭންދުން މާނަކޮށްދީފައި އޮތީ ޔޯލަ ވާހަކައެއް ސިފަކޮށްދޭ ގޮތަށެވެ. އެ ބަހުގެ މާނައެއް ކަމަށް އޮތީ "މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެންގޮސް ބޮލުން ނުކުންނަނީއެވެ." މިހެންނެވެ.

ދެން އެއާ ވިދިގެން އުފެދުނީ 'އުލު އިންދާފައި އިރަށް ދޮންކުރުން' ކަހަލަ ހަރު ބުނުންތަކެވެ. ބުނާ ބަސް ގަދަކުރާން ވެސް މިހެން ބުނެ އުޅެ އެވެ. މަ އުލުބައިންދާފައި އިރަށް ދޮންކުރިޔަސް މިކަން އޮތީ މިހެން ނޫން ކަމަކަށް ނުވާނެ އެވެ. މިކަހަލަ ބުނުންތައް އުފެދިފައި ހުރީ އެއީ އެއްގޮތަކަށްވެސް ބަޔަކު ދީ އުޅެފާނޭ އަދަބެއްގެ ގޮތުގައި އަޅުގަނޑުމެން ދިވެހިން އެއްވެސް ޒަމާނެއްގައި ދެކިގެން އުޅެފައި ނުވާތީ އެވެ. އަޅުގަނޑުމެންގެ ތާރީހަށް ބަލާއިރު ކިތަންމެ ބުރިޔަކުން ހަން ނަގާފައި އޮތްކަން އެނގެން އޮތަސް، އުލުބޭންދުމުގެ އަދަބެއް ދީ އުޅުނުކަން އެނގޭކަށް ނެތެވެ. ޔޯލައަކަށް ވެސް އެނގެން އޮތް އެންމެ އަނިޔާވެރި އަދަބު ތަކަކީ ކަފަ ބަނދެފައި ރޯކޮށްލުމާއި، ބަރޯސީ ބަނދެފައި ކަނޑުފެއްތުމެވެ. ބުރިން ހަން ނެގުމުގެ އަދަބު ދެވިފައި ހުރީ މަދެއްކޮށެއް ނޫނެވެ.

ދުނިޔޭގެ ތާރީހުގައި ވެސް އެނގިފައިވާ އެންމެ ރަހުމުކުޑަ އަދި އަނިޔާވެރި ގޮތަށް ދެވޭ މަރުގެ އަދަބަކީ އުލުބޭންދުމުގެ އަދަބެވެ. މިއީ އިންސާނާގެ ހަށިގަނޑަށް ތޫނު ދަގަނޑެއް ވައްދައި، އެ ދަގަނޑުން ހަށިގަނޑު ތޮރުފާލައި އަނެއް ފަރާތުން ނެރުމެވެ. ތަފާތު އެތައް ގޮތަކަށް މި އަދަބު ދީ އުޅުނެވެ. އޭގެ ތެރެއިން ވެސް އެންމެ އަނިޔާވެރި ވައްތަރަކީ އުލުގައި ބޭންދުމެވެ. މިގޮތަށް ބައިންދާނީ ގިނަ ފަހަރު އަންނައުނު ބާލުވާފަ އެވެ. ކޮޅު ތޫނުކޮށްފައިވާ ހިމަ ދަގަނޑު ތެދަށް ބިމުގައި ހަރުލައި ހުންނަ ގޮތް ހެދުމަށްފަހު އަދަބު ދެވޭ މީހާ އުފުލާލައިގެން ގޮސް ބައިންދަނީ ދަގަނޑު މަތީގަ އެވެ. ދަގަނޑުގެ ތޫނުކޮޅު ދިމާކުރާނީ އަދަބު ދެވޭ މީހާގެ ފުރަގަސްފަރާތު ދޮރާ އެވެ. ދެން އޭނާ ގައިގައި ހިފަހައްޓައިގެ ތިބޭ މީހުން އޭނާގެ ހަށިގަނޑުން ދޫކޮށްލުމުން އޭނާގެ ހަށިގަނޑުގެ ބަރަށް ތިރިއަށް އަންނަ ވަރަކަށް އެ ތޫނު ދަގަނޑުން އޭނާގެ އެތެރެ ހަށި ތޮރުފަމުން ދާނެ އެވެ. އެހެން ގޮސް އެންމެ ފަހުން އެ ދަގަނޑު ނުކުންނާނީ އޭނާގެ ބޮލުންނެވެ. މިގޮތަށް ނުކުންނަން ބައެއް ފަހަރު ސިކުންތުކޮޅެއް ހޭދަވާއިރު ބައެއްފަހަރު ގިނައިރު ވާނެ އެވެ. އެކަން ބިނާވާނީ އެމީހެއްގެ ހަށިގަނޑުގެ ބަރުދަނަށާއި ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން އެމީހަކު ތެޅިފޮޅޭ މިންވަރުގެ މައްޗަށެވެ.

Advertisement

މިކަމަކީ އަދަބެއް ދިނުމުގެ އިތުރުން ބިރުދެއްކުމުގެ ވަސީލަތެއްގެ ގޮތުގައިވެސް ކުރެވިފައިވާ ކަމެކެވެ. މިއީ މާ އިހު ޒަމާނުގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދުށް ނަމަވެސް، ލިބެންހުރި ތާރީހީ މައުލޫމާތަށް ބަލާއިރު މާ ފަހުގެ ތާރީހަކާ ހަމައަށް ވެސް މި އަދަބު ދީފައި އެބަހުއްޓެވެ.

އުލުބޭންދުމުގެ އަދަބު އެންމެ ދުރުން ފެންނާން އޮތީ މެސަޕޮޓޭމިއާގެ ހަޟާރަތުންނެވެ. މީލާދުގެ 1750 އަހަރު ކުރިން ލިޔެވުނު ކޯޑް އޮފް ހައްމުރާބީ ނުވަތަ ހައްމުރާބީގެ ގާނޫނުގައި މި އަދަބުގެ ވާހަކަ އެބައޮތެވެ. ހިލޭ ފިރިހެނަކަށްޓަކައި އަމިއްލަ ފިރިމީހާ މަރައިފި އަންހެނަކަށް ދޭން އެ ގާނޫނުގައި އޮންނަނީ އުލުބޭންދުމުގެ އަދަބެވެ.

މީލާދުގެ 900 އަހަރު ކުރިން ނިއޯ-އެސީރިއަން އެމްޕަޔަރ ގެ ދުވަސްވަރު ގެ ކުރެހުންތަކެއް ކަމަށް ބެލެވޭކަނޑައިނަގާފައިވާ ކުރެހުންތަކާއި ބުދުތަކުން ވެސް އުލުބޭންދުމުގެ އަދަބު ދިންކަމުގެ ހެކި ފެންނަން ހުރެ އެވެ. ނިއޯ-އެސީރިއަނުން ކުރާ ހަނގުރާމަތަކުގައި އަސީރުންގެ ގޮތުގައި ހިފެހެއްޓޭ މީހުންނަށް ވެސް މިއަދަބު ދީ އުޅުނެވެ. ނިއޯ-އެސީރިއަނުން މިކަހަލަ އަދަބު ދިނީ ހަމައެކަނި ބިރުވެރިކަން އުފެއްދުމަށާއި ކިޔަމަންތެރިކަން ހޯދުމަށް އެކަންޏެއް ނޫނެވެ. އެހެނަސް އެމީހުންގެ ބާރުގަދަކަން ސާބިތުކޮށްދޭ އަދި އެކަމާމެދު ފަހުރުވެރިވާ ކަމެއްގެ ގޮތުގަ އެވެ.

ގަދީމީ ރޫމާއި، ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިތުރުން އޮޓޮމަން ވެރިކަމުގެ ކުރީކޮޅު ވެސް އުލުބޭންދުމުގެ އަދަބު ދީފައި ވެއެވެ. އޮޓޮމަނުން ޔޫނާނަށް ހަމަލާދީ އެތަން ހިފިއިރު، އެ ވެރިކަމަށް ގޮންޖަހައި ގައްދާރުވީ މީހުންނަށް ދިނީ އުލުބޭންދުމުގެ އަދަބެވެ. ބޭނުމަކީ މީހުންގެ މެދުގައި އެ ވެރިކަމާމެދު ބިރުވެރިކަން އުފެއްދުމެވެ. އެންމެ ގާތުން ބަލާއިރު 17 ވަނަ ގަރުނުގެ ކުރީކޮޅު އިންޑިއާގައި ވެސް މި އަދަބު ދީ އުޅުނުކަމަށް ރެކޯޑު ކުރެވިފައި ވެ އެވެ. ޗައިނާގައި ދީ އުޅުނީ މި އަދަބުގެ ވައްތަރެއް ކަމަށްވާ ލިންގޗީ އެވެ. އެއީ މަޑުމަޑުން ކޮށައި ކުދި ކުރުމުގެ އަދަބެވެ. މި އަދަބު ދޭނީ އަދަބު ދެވޭ މީހާގެ އަތްފައި ބަނދެ ބާއްވާފައި އެތައް ބަޔަކު ވެގެން ތޫނު ވަޅިތަކުން މަޑުމަޑުން އޭނާގެ ހަށިގަނޑުގެ އެތަންމިތަނުގައި ޅިޔައަޅައިގެންނެވެ. އެކަމުގައި ކިތަންމެ އިރެއް ހޭދަވިޔަސް އޭނާ މަރުވަންދެން މިކަމެއް ކުރިއަށް ގެންދާނެ އެވެ. ފަރުވާތެރިކަމާއި ލަސްކަމާއެކު ފޫހިކަމެއް ވެސް ނެތި އެވެ. މީލާދުން 1905 ވަނަ އަހަރާ ހަމައަށް ވެސް ޗައިނާގައި މަދުމަދުން މި އަދަބު ދެވެމުން ދިޔަ ކަމަށް ވެ އެވެ.

މިހާރު މިއީ ދުނިޔޭގައި އެއްވެސް ބަޔަކު އެއްވެސް ބަޔަކަށް ދީ އުޅޭ އަދަބެއް ނޫނެވެ. މިފަދަ އަދަބެއް ދޭކަށް ވެސް ބަޔަކު ގޮވައެއްވެސް ނުލާނެ އެވެ. އުލުބޭންދުން ފަދަ އަދަބުތަކުގެ އަނިޔާވެރިކަމާއި ލާއިންސާނީކަން އިންސާނުން ދެނެގެންފި އެވެ. އެހެންވެ އެފަދަ އަދަބުތައް ދޭން ގޮވާލުމަކީ ވެސް އަނިޔާވެރިކަމުގެ އިންތިހާކަން އެނގި، އެއީ ވެސް ކޮށްގެން ނުވާނޭ ކަމެއް ކަމަށް ކަނޑައެޅި ސިއްކަ ޖެހުނުތާ ކިތަންމެ ޒަމާނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox