30 ޖޫން 2025 - 09:59 1
އަމަން ހަލީމް
ބީއެމްއެލްގެ އެމެެރިކަން އެކްސްޕްރެސް ކާޑެއް: ހުރިހާ ރުފިޔާ ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުވާނެ -- ފޮޓޯ: ބީއެމްއެލް
30 ޖޫން 2025 - 09:59 1
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.
މިކަމާ ގުޅިގެން ނެރުނު އިއުލާނުގައި ބީއެމްއެލްއިން ވަނީ ލިމިޓު ބޮޑުކުރި ނަމަވެސް، ބޭރުގެ އޭޓީއެމްތަކުން ނަގުދު ފައިސާއިން ނެގޭ އަދަދު 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމް ޗާޖަށް 10 ޑޮލަރު ނަގަން ނިންމާފަ އެވެ. ބޭންކުން ބުނީ މި ބަދަލު ގެނައި ބޭންކުގެ "ނިސްބަތުން މަދު ކަސްޓަމަރުން" ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.
"ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފަ،" ބީއެމްއެލްއިން ބުންޏެވެ.
ކާޑުތަކުގެ ޑޮލަރު ލިމިޓު ކުރި އިރު ބީއެމްއެލްއިން ވަނީ، ވިޔަފާރީގެ ބޭނުންމަށް މުދާ ގެންނަ ބައެއް ސައިޓުތަކަށް ފައިސާ ދައްކާއިރު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމާފަ އެވެ. މި ސައިޓުތަކުގެ ތެރޭގައި ހިމެނެނީ، މި ވަގުތަށް، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
ބީއެމްއެލްއިން ބުނީ މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވެސް އިސްތިސްނާ ވާނެ ކަމަށް ބޭންކުން ބުންޏެވެ.
އޭގެ އިތުރުން ބީއެމްއެލްއިން ވަނީ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށް ވެސް ބުނެފަ އެވެ.
Comment