ކުޅުދުއްފުށީގައި އިތުރު ހާދިސާއެއް، ފުލުހުންގެ ބަންދުގައި ހުރި އިތުރު މީހަކު ދަންޖެހިއްޖެ!

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން: އެތަނުގައި ދެ މީހަކު މިދިޔަ ހަފްތާގައި ދަންޖެހުނު -- ފޮޓޯ: ޕޮލިސް

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން: އެތަނުގައި ދެ މީހަކު މިދިޔަ ހަފްތާގައި ދަންޖެހުނު -- ފޮޓޯ: ޕޮލިސް

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މިދިޔަ ހަފުތާގައި މީހަކު ދަންޖެހުނު ފަހުން، ހަމަ އެ ސްޓޭޝަނުގައި އަނެއްކާ ވެސް އިތުރު މީހަކު ދަންޖެހިގެން އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށި ފުލުހުންގެ ގޮޅީގައި އޭޕްރީލް 4، ގައި މީހަކު ދަންޖެހުނުތާ ތިން ދުވަސް ފަހުން، އިތުރު މީހަކު ދަންޖެހުނީ އޭޕްރީލް 7، ގަ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ ދަންޖެހިގެން ގެނައި ދެވަނަ މީހާއަށް ފަރުވާ ދިނުމަށްފަހު އެ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.

Advertisement

ކުޅުދުއްފުށި ފުލުހުންގެ ގޮޅީގައި ބަންދުކޮށްފައި ހުއްޓައި އޭޕްރީލް 4، ގައި ދަންޖެހުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ އޭޕްރީލް 6، ގަ އެވެ.

ކުޅުދުއްފުށި ފުލުހުންގެ ގޮޅީގައި މިދިޔަ ހަފްތާގައި އިތުރު މީހަކު ދަންޖެހުނުކަން ހާމަވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ރޭ ނެރުނު ބަޔާނަކުންނެވެ. ފަހުން ދަންޖެހުނު މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ބުނީ އޭޕްރީލް 4، ގައި ދަންޖެހުނު މީހާގެ ތަހުގީގަށް އެ ރަށުގައި ހަރަކާތްތެރިވަމުން ދަނިކޮށް އިތުރު މީހަކު އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކުރި ކަމަށް މައުލޫމާތު ލިބިގެން ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ކޮމިޝަނުގެ ތަހްގީގު ޓީމުން، ހދ. ކުޅުދުއްފުށީގައި ހަރަކާތްތެރި ވަމުންދަނިކޮށް، ހދ. ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި އިތުރު މީހެއް އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް މަސައްކަތްކުރި ހަބަރު ލިބުމާއި ގުޅިގެން، މިކަމުގައިވެސް ކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ވާނީ ބަލާފައި،" އެޗްއާރްސީއެމް އިން ބުންޏެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ގޮޅިއެއްގައި 2022 ވަނަ އަހަރު ވެސް މީހަކު ދަންޖެހުނެވެ. އެގޮތުން މިހާތަނަށް އެ ގޮޅީގައި ތިން މީހަކު ދަންޖެހިފައިވާއިރު، ދެ މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު، އެޗްއާރްސީއެމްގެ ރެކޮމެންޑޭޝަނާ އެއްގޮތަށް ގޮޅިތައް ފެންނަ ގޮތަށް އަދިވެސް ކެމެރާ ހަރުކޮށްފައެއްނުވެ އެވެ.

ސީސީޓީވީ ކެމެރާ ނެތް ބަންދު މަރުކަޒުތަކުގެ ގޮޅިތަކުގައި ކެމެރާ ހަރުކުރެވެންދެން އެ ގޮޅިތައް ގަވާއިދުން މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެޗްއާރްސީއެމްއިން އިއްޔެ ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox