ޑިއުޓީ ފްރީ ވަގު ސިނގިރޭޓު ނެޓްވޯކުގެ އަޑީގައި ފުލުހުންގެ އިސްވެރިންތަކެއް

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި ނެޓްވޯކުގެ އަޑީގައި, ފުލުހުންގެ ދެ ވެރިއަކު ތިބި ކަމަށް ތުހުމަތުކޮށް އެ މީހުންގެ މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތު ކުރެވޭ ފުލުހުންގެ ދެ ވެރިންގެ ތެރެއިން އެކަކުގެ އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން ތަހުގީގަށް ވަނީ ދެނެގަނެވިފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް ބަހެއް ނުބުނެ އެވެ.

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި މިހާތަނަށް ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފައިވެ އެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38 އެވެ. އޭގެ ތެރެއިން ޔޫސުފް ނަޒީރަކީ ފުލުހެކެވެ.

ނަމަވެސް އެ ދެ މީހުންގެ ބަންދާ މެދު ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުސް މީހާ އެ ސިނގިރޭޓުތައް ބޭރުކުރަން މަސައްކަތް ކުރީ ކަޅު ކޮތަޅަކަށް އަޅައިގެން, ޑިއުޓީ ފްރީގައި އުޅޭ މަސައްކަތް މީހުން ލައްވަ އެވެ.

ފުލުސް މީހާ އަތުލައިގަތްއިރު, ދެ ދުވަހެއްގެ މަތިން ސިނގިރޭޓުތައް ބޭރުކޮށްފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އޭނާ އަތުލައިގަތީ 140 ކާޓޫނު ސިނގިރޭޓު ބޭނުންކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އޭގެފަހުން އެ މައްސަލައިގެ ތުހުމަތުގައި މުހައްމަދު އައިހަމް 23، ގަސްކަރަ، ނ. ވެލިދޫ ކިޔާ ސިފައިންގެ މީހަކު މާޗު 27، ގައި ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox