އައްޑޫ ކަރަންޓު މައްސަލަ ހައްލު ނުކޮށް، އީދަށް ބޮކި ދިއްލާތީ އާންމުންގެ ނުރުހުން

މިދިޔަ އަހަރުގެ ފިތުރު އީދުގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ: އީދު ބޮކިތައް ދިއްލުމަކީ ކުލަގަދަކޮށް އީދު ފާހަގަކުރުމުގެ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް -- ފޮޓޯ: އަދަދު ފައިލް

މިދިޔަ އަހަރުގެ ފިތުރު އީދުގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ: އީދު ބޮކިތައް ދިއްލުމަކީ ކުލަގަދަކޮށް އީދު ފާހަގަކުރުމުގެ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް -- ފޮޓޯ: އަދަދު ފައިލް

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު މައްސަލަ ހައްލު ނުކޮށް، އީދަށް ޒީނަތްތެރި ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުގައި ގިޑިގެ އަޅައި، ބޮކިފަތިލާތީ އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ވެސް އެންމެ އާބާދީ ބޮޑު ދެ ރަށް މި އަހަރު ފިތުރު އީދުގައި ދިއްލައިލުމަށެވެ.

އެކަން ކުރުމަށްޓަކައި 28 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެކަން ކުރުމުގެ އަމަލީ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިހާރު ވަނީ ފަށައިފަ އެވެ.

ނަމަވެސް އައްޑޫ ކަރަންޓު މައްސަލައަށް ހައްލެއް ހޯދައި ނުދީ، އީދަށް ބޮލިފަތިލުމަށް ސަރުކާރުން ބޮޑު ހަރަދެއް ކުރާތީ އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ސަރުކާރަށް ނުރުހުމުގެ ބަސްތައް އަމާޒު ކުރަމުންނެވެ.

"އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ ބޮޑު ހަރަދުކޮށްގެން މާލެ ދިއްލުމާ އަޅުގަނޑު ދެކޮޅު, އީދު ފާހަގަކުރަން ވާނީ އެންމެހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަހު," ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެކްސްގައި ލިޔުއްވާފައިވެ އެވެ.

އޭނާގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ސޯޝަލްމީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުންނެވެ.

އެ ގޮތުން ހިޔާލު ފާޅުކުރި ބައެއް މީހުނެ ބުނެފައި ވަނީ އީދު ފާހަގަ ކުރުމުގެ ނަމުގައި ކުރާ ހަރަދަކީ ބޭކާރު ހަރަދެއް ކަމަށެވެ. އެ ފައިސާ އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ބޭނުން ކުރުން މާ އައުލާކަން ބޮޑުކަމަށް އެ މީހުން ބުނެ އެވެ.

"އަސްލު ބުނަންތަ؟ މިއީ އައްޑޫ މީހުން އެކަނި ކުރަންޖެހޭ އިހުތިޖާޖެއް ނޫން، ކަރަންޓަކީ މި ޒަމާނުގައި އަސާސީ ހައްގެއް، ކަރަންޓު ހޯދަން އާދޭސް ކުރަން ޖެހުމަކީ ވ ދެރަ ކަމެއް، އަސްލު ދިވެހި އެންމެން ޖެހޭ އެބަ އެއްބައިވަންތަ ވާން، މާދަން ވެސް އަމިއްލަ ރަށުން ކަރަންޓު ކެނޑުނީމާ ހިތަށް އަރާނީ،" އެހެން މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު މައްސަލަ ހައްލު ނުކޮށް އެ ސިޓީގައި ބޮތިފަތި ދިއްލުމާ ދެކޮޅު ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވެސް ވަނީ ވިދާޅުވެފަ އެވެ.

އައްޑޫ ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލު ކުރާނެ ކަމާއި އެކަމާމެދު ރައްޔިތުން ކަންބޮޑުނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވި އެވެ. ނަމަވެސް މި ރޯދަ މަހު އައްޑޫގައި ކަރަންޓު ކެނޑޭވަރު ގިނަވެ، ރައްޔިތުންނަށް އުނދަކުލަކަށް ވަނީ ވެފަ އެވެ.

އެކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ވެވަޑައިގެންނެވި ވައުދު ނުފުއްދަވައި، އީދަށް ބޮކި ދިއްލުމަކީ މާ މުހިންމު ވައުދެއް ކަމުގައި ބަލައި އެކަން ކުރުމަށް ސަރުކާރުން ބާރު އަޅަމުންދާ ކަމަށެވެ.

"ކަރަންޓު ކެނޑި، ކެނޑި ހުންނައިރު ވެސް ސަރުކާރުން ބާރު އަޅަމުން އެބަދޭ އީދު ބޮކި ދިއްލަން. ރައްޔިތުންގެ މިފަދަ ހާލަތެއްގައި ތިއްބައި، އީދު ބޮކި ދިއްލުމަކީ ލަދުވެތި ކަމެއް. ކައުންސިލު އިސްވެ އޮވެގެން އެކަމެއް ނުކުރެވޭނެ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބަހައްޓާފައިވާ ޖަނަރޭޓަރު ސެޓުތަކަށް މައްސަލަ ދިމާވެ، އެކަން ހައްލު ނުކުރެވިގެން އެ ސިޓީގައި ކަރަންޓު ކެނޑެމުންދާތާ އެތައް ދުވެހެއް ވެއްޖެ އެވެ.

ފެނަކައިން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނީގެ އައްޑޫ ބްރާންޗުން ކަރަންޓު އުފެއްދެނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ މިންވަރަށް 1000 ކިލޯވޮޓު މަދުން ކަމަށެވެ. އިއްޔެ ޖެނެރޭޓަރެއް ހަލާކުވެގެން ހުއްޓުމާއެކު، އައްޑޫއަށް 24 ގަޑިއިރު ކަރަންޓު ދޭން ބޭނުންވާ މިންވަރަށްވުރެ، އުފެއްދޭ މިންވަރު 2000 ކިލޯވޮޓު މަދުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox