މި އަހަރު އީދަށް ކުލަ ބޮކި ގަންނަން 28 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރަނީ

މިދިޔަ އަހަރު އީދަށް ލައިޓްތައް ބޭނުން ކޮށްފައި: މި އަހަރު އީދަށް ލައިޓްތައް ގެންނަން 28 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

މިދިޔަ އަހަރު އީދަށް ލައިޓްތައް ބޭނުން ކޮށްފައި: މި އަހަރު އީދަށް ލައިޓްތައް ގެންނަން 28 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

މި އަހަރުގެ ފިތުރު އީދަށް 36 ރަށަކަށް ގެންނަ ލައިޓްތަކަށް އިތުރަށް 28 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ފަހުން ވެސް ބޭނުން ކުރެވޭ ގޮތަށް އިތުރަށް ލައިޓްތައް ގެންނަނީ އަލަށް ލައިޓްތައް ފޮނުވަން ނިންމާފައިވާ ރަށްތަކަށް ކަމަށެވެ.

"އަޅުގަނޑުމެން މި ގެންނަނީ، މިސާލަކަށް މާލެއަކަށް އަޅުގަނޑުމެން ނުގެންނަން. ކުރިން ދިން ރަށްރަށަކަށް އަޅުގަނޑުމެން ނުގެންނަން. އަލަށް ގެންނަ ރަށްރަށަށް މި ގެންނަނީ އެނގޭތޯ. ގެންނައިރު އަޅުގަނޑުމެން މި އަހަރު 36 ރަށަށް ހަރަދުވާނެ ކަމަށް މި ބަލަނީ އެންމެ ގިނަވެގެން 28 މިލިއަން އެނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މި އަހަރު ފިތުރު އީދަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު ކޮންމެ އަތޮޅަކުން އާބާދީ އެންމެ ބޮޑު ދެ ރަށަށް އީދު ލައިޓް ދިއްލުމަށް ބޭނުންވާ ވަސީލަތްތައް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން ސްޓެލްކޯ އާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރެވި އީދު ލައިޓްތައް ދިއްލުމަށް ރަށްރަށަށް ފޮނުވަން ޖެހޭ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.

"މިދިޔަ ފަހަރު އަޅުގަނޑުމެންނަށް އީދު ލައިޓް ފޮނުވުނީ މައިގަނޑު ގޮތެއްގައި އަތޮޅުތަކުގައި އަތޮޅު ވެރިކަން ކުރާ ރަށަށް. އެގޮތުން މިފަހަރު އަޅުގަނޑުމެން ކޮންމެ އަތޮޅެއްގެ ވެސް ދެ ރަށަކަށް އީދު ލައިޓް ފޮނުވަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތޮޅުތަކުން ރަށްރަށް އިހުތިޔާރުކުރީ މިފަހަރު ކޮންމެ އަތޮޅަކުން ވެސް އަޅުގަނޑުމެން ކަނޑައެޅީ ދެ ރަށަކަށް އެ ފުރުސަތު ދޭން. އަދި އެ ދެ ރަށް އަޅުގަނޑުމެން އިހުތިޔާރުކުރީ އެ ދެ ރަށެއްގެ އާބާދީ އެންމެ ގިނަ އަދަދަށް ބަލައިގެން. އެހެންވީމަ އެގޮތުން ކަނޑައެޅުނު ރަށްރަށް މި ލިސްޓުގައި ހިމެނިފައިވާނީ."

އާދަމް ޝަރީފް ވިދާޅުވީ އީދު ލައިޓްތަކަށް ހަރަދުތަކެއް ހިނގި ނަމަވެސް، ރައްޔިތުންގެ ހިތްހަޖެހުމަށް އެފަދަ ހޭދަތައް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިހާރު ލިބިފައިވާ އީދު ލައިޓްތަކަކީ އީދު ދުވަހުގެ އިތުރުން އެހެން މުނާސަބަތުތަކަށް ވެސް އޭގެ ބައިތައް ބޭނުން ކުރެވޭ ފަދަ ލައިޓްތަކެއްކަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ރޫހު އާލާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު ފިތުރު އީދަށް ސިޓީތަކާއި ވެރި ރަށްތައް ދިއްލާލުމަށް ދައުލަތުގެ ބަޖެޓުން 42.19 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

ރަށްރަށް ގެންދާ ލައިޓްތަކަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ހަރަދު ކުރި ނަމަވެސް، އެ ތަކެތި ބަހައްޓައި ބަލަހައްޓަނީ ރަށްރަށާއި ސީޓީ ކައުންސިލްތަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox