Advertisement

ރާއްޖެ އާއި އިންޑިއާއިން ކުރިއަށްގެންދާ "އެކުވެރިން" ތަމްރީނުގެ 13 ވަނަ ޕްރޮގްރާމް ފަށައިފި

2 ފެބުރުވަރީ 2025 - 21:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެ އާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުން -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން


ރާއްޖެ އާއި އިންޑިއާއިން ކުރިއަށްގެންދާ "އެކުވެރިން" ތަމްރީނުގެ 13 ވަނަ ޕްރޮގްރާމް ފަށައިފި

2 ފެބުރުވަރީ 2025 - 21:12 0

ރާއްޖެ އާއި އިންޑިއާއިން "އެކުވެރިން" ނަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނު ސިލްސިލާގެ ބައެއް މިއަދު ފަށައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި ދެ ހަފުތާގެ މުއްދަތައް ކުރިއަށްގެންދާ އެ ތަމްރީނު ބާއްވަނީ މާފިލާފުށީގަ އެވެ.

ތަމްރީނުގެ ފެށުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއީ ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ސިފައިންގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ އެކުވެރިންގެ 13 ވަނަ ވަނަ ތަމްރީން ޕްރޮގްރާމެވެ.

މީގެކުރިން އެކުވެރިން ސިލްސިލާގެ ދަށުން އަސްކަރީ ތަމުރީނުތައް ދެ ގައުމު ގުޅިގެން ރާއްޖޭގެ އިތުރުން އިންޑިއާގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރާއްޖޭ އާއި އިންޑިއާ އަދި ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ދޯސްތީގެ ނަމުގައި ވެސް ތަމްރީން ޕްރޮގްރާމްތައް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްދާ ތަމްރީންތަކުގެ މައުލޫމާތު އެމްއެންޑީއެފްއިން ފަހަކަށް އައިސް ހާމައެއް ނުކުރެ އެވެ. މިގޮތުން ތަމްރީންތައް ކުރިއަށް ގެންދިޔަކަން ހާމަކުރަނީ އިންޑިއާ ހައިކޮމިޝަނުންކަން ފާހަގަކޮށްލެވެ އެވެ.