ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނިކޮށް އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް އިސްތިއުފާ ދީފި

އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދު: އޭނާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވަނީ ކުރެވިފައި -- ފޮޓޯ: މިރަޝް ނާޝިމް / އަދަދު

އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދު: އޭނާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވަނީ ކުރެވިފައި -- ފޮޓޯ: މިރަޝް ނާޝިމް / އަދަދު

މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި މައްސަލަ ފެންމަތިވުމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް މުއިއްޒުއަށް އެޑްރެސްކޮށް، އަދި ޕީސީބީ އަށް ކޮޕީކޮށްފައިވާ އޭނާގެ އިސްތިއުފާގެ ސިޓީ ފޭސްބުކްގައި އާންމުކޮށްފައިވެ އެވެ.

އެ ސިޓީގައި ވަނީ އޭނާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އެޗްޑީސީން ނިންމާފައިވާ ހުރިހާ ނިންމުމަކީ ވެސް ކުންފުނީގެ ޕޮލިސީތަކުގެ އިމުގެ ތެރެއިން އެޗްޑީސީގެ މަސްލަހަތު އިސްކޮށްގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.

"ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމުގައި ދަންނަވަން. އަޅުގަނޑު އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުމެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެމެވެ," ފަޒުލްގެ ސިޓީގައިވެ އެވެ.

ބިންވެރިޔާ ސްކީމްގައި ހިމެނޭ ގޯތިތައް ނުލިބޭ ބަޔަކަށް ގޯތިތައް ވިއްކާލި މައްސަލައާ ގުޅިގެން "އަދަދު" އަށް ލިބިފައި ހުރި ބައެއް ލިޔެކިޔުންތަކާއި ސޯޝަލް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ވަގު ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ.

މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ޕްލޮޓުތަކަކީ ބިންވެރިޔާ ސްކީމުގައި ނެތް ތަންތަން ކަމަށެވެ. އޭގެ ތެރޭގައި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ގޯތި ހިމެނޭއިރު، އެ ގޯތީގެ އިންފާރު ހުރީ ރާނާފަ އެވެ. ބިންވެރިޔާ ސްކީމުގައި ނެތް ބިމެއްގެ އިންފާރު ނާރަން އެޗްޑީސީން ހުއްދަ ދޭންޖެހޭ ސަބަބެއް ފަޒުލް ހާމައެއް ނުކުރެ އެވެ.

މި ގޯތިތަކުގެ މައްސަލަ ޖުލައި މަހު އެނގުނު ނަމަވެސް، ޖިނާއީ ތަހުގީގެއް ކުރަން ހުށަނާޅައި ފަޒުލް އެކަންކަަން ސިއްރުކުރި އެވެ. އެއަށް ފަހު މައްސަލަ ފަޅައި އެރުމާ ހަމައަށް 50 އަށް ވުރެ ގިނަ ގޯތި ވިއްކާފައިވާ ކަމަށްވެ އެވެ. އަދި ވިނަރެސް ފްލެޓާއި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ވެސް ވިއްކާ ކަމަށްވެ އެވެ.

އެޗްޑީސީގެ މައްސަލަތައް އޭސީސީ އާއި ފުލުހުން ދަނީ ބަލަމުންނެވެ. މި މައްސަލަ ފެންމަތިވުމުން، އެޗްޑީސީގެ ޗެއާމަން ފިޔަވައި ހުރިހާ ބޯޑު މެންބަރުންނާއި ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފަ އެވެ. އަދި މި މައްސަލައިގައި 20 އަށް ވުރެ ގިނަ މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

އޭގެ ތެރޭގައި ފަޒުލް އާއި އޭނާގެ ބޭބެ ފަޒީލް އާއި ކުރީ ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox