ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ މަގު ބްލޮކް ކޮށްލި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށްފި

މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި އެކަކު -- ފޮޓޯ: އަދަދު

މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި އެކަކު -- ފޮޓޯ: އަދަދު

ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭއަށް އަރާ ސަރަހައްދު ބަންދުކޮށް، މުޒާހަރާ ކުރި ޓެކްސީ ޑްރައިވަރުންތަކެއް ފުލުހުން ހައްޔަރު ކޮށްފި އެވެ.

ހައިވޭއަށް އަރަން އޮންނަ މަގު ބަންދުވާ ގޮތަށް މަގު މެދުގައި ކާރުތައް ޕާކު ކޮށް އެ ސަރަހައްދު ޓެކްސީ ޑްރައިވަރުން ބަންދު ކުރީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި މިއަދު ހަވީރު 4:00 އިން ފެށިގެން ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖު ނިންމައިލުމަށްފަހު އެވެ.

އެ ސަރަހައްދު މިހާރު ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ހައްޔަރު ކުރީ މަގު ބަންދު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުންނެވެ.

އެ ސަރަހައްދުން ހައްޔަރު ކުރި މީހުންގެ އަދަދު އަދި ސީދާ ޔަގީން ނުވި ނަމަވެސް ޓެކްސީ ޑްރައިވަރުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރިތަން ފެނުނު ކަމަށް އެ ސަރަހައްދުގައި ތިބި "އަދަދު" ގެ ނޫސްވެެރިން ބުންޏެވެ.

އޭގެތެރެއިން އެކަކަކީ މިއަދުގެ އިހުތިޖާޖު އިންތިޒާމުކޮށް ހިންގުމުގައި އެންމެ އިސްކޮށް ރުއްގަނޑު ސަރަހައްދުގައި ވެސް ހަރަކާތްތެރިވި ޑްރައިވަރެކެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

ހައިވޭއަށް އަރަން އޮންނަ މަގު ޓެކްސީ ޑްރައިވަރުން ގޮސް ބަންދު ކުރީ މިރޭ 9:00 ޖަހަން އުޅެނިކޮށެވެ. ނަމަވެސް ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދު ކޮންޓްރޯލްގެ ދަށަށް ގެންދަން މަސައްކަތް ފެށި އެވެ.

އެއާއެކު އެ ސަރަހައްދުގަައި މުޒާހަރާ ކުރަމުންދިޔަ ޓެކްސީ ޑްރައިވަރުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ. އެ ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ވީކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox