މިއޮޓް އިންޓަނޭޝަނަލްގެ މައުލޫމާތު ދިނުމަށް ސެމިނާއެއް ބާއްވައިފި

މިއޮޓް އިންޓަނޭޝަނަލްގެ މައުލޫމާތު ދިނުމަށް ސެމިނާއެއް ބާއްވައިފި

އިންޑިއާގެ މެޑްރާސް އިންސްޓިޓިއުޓް އޮފް އޯތޯޕެޑިކްސް އެންޑް ޓްރޯމަޓޮލޮޖީ (މިއޮޓް) ގެ މައުލޫމާތު ދިނުމަށް ރާއްޖޭގައި ސެމިނާއެއް ބާއްވައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި އެ ސެމިނާގައި މިއޮޓްއަށް ރާއްޖެއަށް ތައާރަފް ކުރެވިދާނެ ހިދުމަތްތައް ކިޔައިދީ، އެ ތަނުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

މިއޮޓްއިން ވަނީ ފާއިތުވި އަހަރުތަކުގައި އައިޖީއެމްއެޗްގައި އެކި ހިދުމަތްތައް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިއޮޓްގެ އެމްޑީ ޕްރިތުވީ މޯހަންދާސް "އަދަދު" އަށް ވިދާޅުވީ އެ ތަނުން ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ހިދުމަތްތައް ދީފައިވާ ކަމަށާއި ބޭނުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދޭން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަތްފޯރާ އަގުގައި ރައްޔިތުންނަށް ހިދުމަތް ދޭން. މިއޮޓްއިން ދޭ ހިދުމަތްތަކަކީ ކޮލިޓީ ރަނގަޅު އަތްފޯރާ އަގެއްގައި ދޭ ހިދުމަތް. ދިވެހިންނަށް ފާއިތުވެދިޔަ ދުވަސްތަކުގައި ވެސް ދިން ގޮތަށް ހިދުމަތް ދޭން ބޭނުންވަނީ. ރާއްޖޭގައި ވެސް ދެވޭނެ ހިދުމަތްތައް ބަލަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

މިއޮޓްއިން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މެޑިކަލް ކޭމްޕްތައް ހިންގުމުގެ އިތުރުން އައިޖީއެމްއެޗް އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގާފަ އެވެ.

މިއޮޓްއަކީ 1999 އިން ފެށިގެން ހިދުމަތް ދެމުން އަންނަ އޯތޯޕެޑިކްސް އަދި ޓްރޯމާއަށް ހާއްސަ ހޮސްޕިޓަލެކެވެ. 70 އެނދުގެ ހޮސްޕިޓަލަކުން އޭރު ފެށި މިއޮޓްގައި މިހާރު 1،000 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ.

އޭގެއިތުރުން އެތަނުގައި 63 ސްޕެޝަލިސްޓުންނާއި، 250 ފުލްޓައިމް ޑޮކްޓަރުން އަންނަނީ ހިދުމަތް ދެމުންނެވެ.

މިއޮޓްއިން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން 9326772 ނަންބަރަށް ނުވަތަަ mhic-maldives@miotinternational.com އަށް މެއިލް ކުރުމަށް އެތަނުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox