ޕީއެންސީގެ ރިޔާސީ ޕްރައިމަރީއެއް ނޯންނާނެ، 2028 ގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު: އަބްދުއްރަހީމް

ރައީސް މުއިއްޒު އާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް (ކ) : އަބްދުއްރަހީމް ވަނީ 2028 ގައިވެސް ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު ކަމަށް މިރޭ ވިދާޅުވެފަ --- ފޮޓޯ: އަދަދު

ރައީސް މުއިއްޒު އާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް (ކ) : އަބްދުއްރަހީމް ވަނީ 2028 ގައިވެސް ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު ކަމަށް މިރޭ ވިދާޅުވެފަ --- ފޮޓޯ: އަދަދު

މީގެ ހަތަރު އަހަރު ފަހުން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ވެރިކަން ކުރާ ޕީއެންސީ އިން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާއި އެ އަހަރު ވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް މުއިއްޒުއަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް އަންނަވާ ބޭފުޅަކު އެ މަގާމުގަ ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލާ އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް،" ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައިވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެއިތުރުން، ރިޔާސީ އިންތިހާބެއްގައި ވާދަކުރުމުގެ އަދި ރާއްޖޭގެ ވެރިކަން ކުރުމުގެ ނުވަތަ ވެރިކަމަށް އަންނަން އުޅުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅެން. އަދި ކުރިއަށް އޮތްތާކުވެސް ނުގެންގުޅޭނަން. ވާދައެއް ނުވެސް ކުރާނަން. އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތް ވާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުއާ އެމަނިކުފާނާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް އޮތް ކަމަށް ބުނެ ފެތުރޭ އަޑުތައް އަބްދުއްރަހީމް މިރޭ ވަނީ ދޮގުކުރައްވާފަ އެވެ. މި ވެރިކަމުގެ ކުރިން އެންމެ ގާތް ގުޅުމެއް ނެތް ކަމަށް އެއްބަސްވެވަޑައިގެން، އެމަނިކުފާނު ވިދާޅުވީ ރައީސާއެކު އޮތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދަނީ ވަރުގަދަ ވަމުން ކަމަށެވެ.

އެކަމުގެ ހެއްކެއްގެ ގޮތުގައި ދެއްކެވީ މީގެ ހަ މަސް ކުރިން މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމުގެ ނަން، ރައީސް މުއިއްޒު ހުށަހެޅުއްވުމެވެ. ނަމަވެސް ދެ ރައީސުންގެ ނުތަނަވަސްކަމުގެ އަޑުތައް ފެތުރެން ފެށީ އޭގެ ފަހުންނެވެ.

ރައީސް މުއިއްޒު މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޕީއެންސީ ކޯލިޝަނުގެ ފަހު އޮޕްޝަނުގެ ގޮތުގަ އެވެ. އެގޮތުން އޭރު އެ ކޯލިޝަނުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމުން ޕީއެންސީގެ ޓިކެޓު އެމަނިކުފާނު ހޯއްދެވީ އެ ޕާޓީގެ ސެނެޓުގައި ނެގި ވޯޓަކުންނެވެ.

އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފާ ވާދަކުރައްވާ ރައީސް މުއިއްޒު ޓިކެޓު ކާމިޔާބު ކުރެއްވީ އެންމެ ދެ ވޯޓުގެ ތަފާތަކުންނެވެ. ޕީއެންސީގެ ސެނެޓުގެ 48 މެމްބަރުން ތެރެއިން 25 ވޯޓު ރައީސް މުއިއްޒުއަށް ލިބިވަޑައިގެންނެވިއިރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox