ޑޮލަރު މާރު ކުރެވެން ނެތް ކަމަށް ޕަލްސް ކުންފުނިން ވެސް އެމްއެމްއޭ އަށް އަންގައިފި

ޕަލްސް ގެ މެނޭޖިން ޑިރެކްޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު --- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު

ޕަލްސް ގެ މެނޭޖިން ޑިރެކްޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު --- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ކުރެވެން ނެތް ކަމަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ހިންގާ ޕަލްސް ކުންފުނިން ވެސް އަންގައިފި އެވެ.

ޕަލްސްގެ މެނޭޖިން ޑިރެކްޓަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު އެވެ.

ޕަލްސްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އޭނާ ސޮއިކުރައްވައި، އެމްއެމްއޭ އަށް ފޮނުވި ސިޓީގައި ވިދާޅުވީ ޑޮލަރު މާރުކުރެވެން ނެތް ކަމަށާއި މިއީ އިންޑަސްޓްރީގެ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށެވެ.

ޕަލްސް ކުންފުނިން ހިންގާ ރިސޯޓުތަކަކީ ނޮޓިލަސް މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ނޯވާ މޯލްޑިވްސް އަދި އެވަލަން މޯލްޑިވްސް އެވެ.

ސިޓީގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަން

  • ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހަރަދުތަކަށް ހޭދަވާކަން ނޮވެމްބަރު 2، ގައި އެމްއެމްއޭ އާއެކު ބޭއްވި ބައްދަލުވުމުގައި ބުނެފައިވާނެކަން
  • އޭގެތެރޭގައި ސަޕްލަޔަރުންނަށް ދޭ ފައިސާ އާއި މުވައްޒަފުންނަށް ދޭ މުސާރަ އަދި ލޯނު ދެއްކުމަށް ޑޮލަރުން ކުރާ ހަރަދުތައް ހިމެނޭކަން
  • މި ހަރަދުތައް ކޮށްފައިވާ ގަވާއިދުގެ ދަށުން މާރުކުރަން މަޖުބޫރުކުރާ އަދަދަށް ޑޮލަރު ނުހުންނަކަން
  • ބޮލަކަށް ޑޮލަރު މާރުކުރަން ކަނޑައެޅި 500 ގެ ރޭޓަކީ ސަބަބުވެރި އަދަދެއް ނޫންކަން
  • މިކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިތަކަށް ގެއްލުންވެ ސްޓޭބިލިޓީ ގެއްލޭނެކަން

"މި ސަބަބުތަކަށް ބިނާކޮށް އެމްއެމްއޭގެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރެވެން ނެތްކަން ދަންނަވަން. އަދި، މި ކަންކަމަށް ރިއާޔަތްކޮށް ގަވާއިދާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް އުންމީދުކުރަން،" ހަލީލުގެ ސިޓީ ނިންމާލަމުން ވިދާޅުވެފައިވެ އެވެ.

ހަލީލުގެ އިތުރުން، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވަނީ އެ ބޭފުޅުންގެ ރިސޯޓުތަކުން ވެސް ޑޮލަރު މާރުކުރެވެން ނެތްކަން އެމްއެމްއޭއަށް ސިޓީއަކުން އަންގައިފަ އެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ދީފައި އޮތް ސުންގަޑިއަކީ އޮކްޓޯބަރު 30 އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅަކު ރޭ ވިދާޅުވީ އެ ގަވާއިދަށް އަމަލު ނުކުރާނެ ކަމަށް ބުނެ މިހައިތަނަށް 50 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox