ޑޮލަރު މާރުނުކުރާނެ ކަމަށް ޗަމްޕާ ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ރިސޯޓުން ސަރުކާރަށް އަންގައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އިސްވެރިން މި އަހަރުގެ އަހަރީ ބައްދަލުވުމުގައި ---- ފޮޓޯ: މަޓީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އިސްވެރިން މި އަހަރުގެ އަހަރީ ބައްދަލުވުމުގައި ---- ފޮޓޯ: މަޓީ

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރަން ގިނަ ރިސޯޓުތަކަކުން ދެކޮޅު ހަދައި އެކަން އެމްއެމްއޭ އަށް އަންގައިފި އެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ދީފައި އޮތް ސުންގަޑިއަކީ އޮކްޓޯބަރު 30 އެވެ.

މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ އެ ގަވާއިދަށް އަމަލު ނުކުރާނެ ކަމަށް ބުނެ މިހައިތަނަށް 50 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

Advertisement

ބައެއް ރިސޯޓުތަކުން އަދި ރިސޯޓު ގްރޫޕުތަކުން އެމްއެމްއޭއަށް ފޮނުވި ސިޓީގެ ކޮޕީތަކެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.

އޭގެތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސޮއިކުރައްވައި އޭނާގެ ރިސޯޓުތަކުން ގަވާއިދަށް އަމަލުނުކުރާނެ ކަމަށް ބުނެ ފޮނުވި ސިޓީގެ ކޮޕީއެއްވެސް ވަނީ ލިބިފަ އެވެ. އެމްއެމްއޭގެ އިތުރުން މި ސިޓީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ޓޫރިޒަމް މިނިސްޓަރު އަދި މަޓީއަށްވެސް، ވަނީ އެޑްރެސްކޮށްފަ އެވެ.

ގިނަ ސިޓީތަކުގައި ބުނެފައިވަނީ މި ގަވާއިދަކީ އިންޑަސްޓްރީގެ ހަގީގަތާއި ރާއްޖޭގެ އިގުތިސޯދީ ހާލަތާ ނުބައްދަލު ގަވާއިދެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލީ ހާލަތަށް ކުރާނެ ގެއްލުމުގެ ވާހަކަތައް ވެސް ތަފުސީލާއި ހިސާބުތަކާއެކު ހިމަނާފައިވެ އެވެ.

"މި ސިޓީގައި ރިއާޔަތް ކޮށްފައިވާ ކަންކަމަށް ބަލާ، ވަގުތުން ވަގުތަށް މި ގަވާއިދު އުވާލުމަށް ސަރުކާރަށް ގޮވާލަން. އަދި ދުރު ރާސްތާގައި އިގުތިސޯދަށް ފައިދާ ކުރާނެ ނިޒާމެއް ގާއިމުކުރުމަށާއި އެ މަސައްކަތުގައި އިންޑަސްޓްރީގެ ބައިވެރިވުން އިތުރުކުރުމަށްވެސް ގޮވާލަން،" އުއްޗުގެ ސިޓީ ނިންމާލަމުން ލިޔުއްވާފައިވެ އެވެ.

މި ބަދަލު ގެނައުމުގެ ކުރިން ޓުއަރިޒަމް އިންޑަސްޓްރީގެ ވިޔަފާރިތަކާ އެމްއެމްއޭއިން ބައްދަލުވުންތަކެއް ބޭއްވި އެވެ. އެ ބައްދަލުވުންތަކުގައި ވެސް އެމްއެމްއޭ އަދި އިންޑަސްޓްރީން ޑޮލަރު މާރު ކުރުމުގެ ފޯމިއުލާތަކެއް ހުށަހެޅި އެވެ.

ނަމަވެސް, އެ ބައްދަލުވުމަށް ވަޑައިގެންނެވި ޓޫރިޒަމް ދާއިރާގެ ބޮޑު ވިޔަފާރިވެރިއަކު ބުނީ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުން ހުށަހެޅި އެއްވެސް ކަމެއް ސަރުކާރުން ބަލައިނުގަތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox