ޑޮލަރު މާރުނުކުރާނެކަން ޔުނިވާސަލްއިން އެމްއެމްއޭއަށް އަންގައިފި

އެމް. ޔޫ މަނިކު --- އާޓްވޯކް: އިސްމާއިލް / އަދަދު

އެމް. ޔޫ މަނިކު --- އާޓްވޯކް: އިސްމާއިލް / އަދަދު

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ނުކުރާނެކަން، ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ގްރޫޕުންވެސް އަންގައިފި އެވެ.

ޔުނިވާސަލް އިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގަ އެވެ. އެއީ ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ހުވަފެންފުށި މޯލްޑިވްސް، ކުރަމަތި މޯލްޑިވްސް، މިލައިދޫ މޯލްޑިވްސް، އަދި ދިގަލި މޯލްޑިވްސް އެވެ.

މި ހުރިހާ ރިސޯޓަކުން ވެސް އެމްއެމްއޭގެ ގަވާއިދަށް އަމަލުނުކުރާނެކަން ހާމަކޮށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަށް ފޮނުއްވި ސިޓީގައި ސޮއިކުރައްވާފައި އޮތީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.

Advertisement

އެ ސިޓީގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ. ސިޓީގައި އޭނާ މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވަނީ އެމްއެމްއޭގެ ގަވާއިދަކީ ޓޫރިޒަމް އިންޑަސްޓްރީގެ ހަގީގަތްތަކާ ދުރު، މަޝްވަރާކުރުމެއް ނެތި ހަދާފައިވާ ގަވާއިދެއް ކަމެވެ.

ސިޓީގައި ފާހަގަކޮށްފައިވާ މައިގަނޑު ވާހަކަތައް

  • ރިސޯޓުތަކުގެ ރޫމް ރޭޓަށް ބެލުމެއް ނެތި 500 ޑޮލަރު މާރުކުރަން ކަނޑައެޅުމަކީ ސަބަބުވެރި ނިންމުމެއް ނޫންކަން
  • ރިސޯޓުތަކުން ކުރާ ހަރަދުގެ 90 އިންސައްތަ ހަރަދު ކުރަނީ ޑޮލަރުންކަމާއި އެމްއެމްއޭގެ ގަވާއިދުގައި އެކަމަށް ރިއާޔަތްކޮށްފައި ނުވާކަން
  • މިސާލަކަށް 250 ޑޮލަރަށް ވިއްކާ ރޫމެއްގައި ހަތަރު ރޭ ތިބޭ ފަތުރުވެރިންނަށް ލިބޭ 1000 ޑޮލަރުގެ އާމްދަނީ އަށް ބަލާ 2000 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް އޮތް އޮތުން ދެކޮޅު ނުޖެހޭކަން
  • ޔުނިވާސަލްގެ ހުރިހާ އެކައުންޓެއް ހުޅުވާފައި ހުރީ ރާއްޖޭގައި ކަން.
  • ކޮންމެ ރިސޯޓެއްގެ އަހަރީ އާމްދަނީ 30 އިންސައްތަ އަށްވުރެ މަތީ އަދަދެއް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާކަން

މި ސަބަބުތަކަށް ރިއާޔަތްކޮށް އެމްއެމްއޭ އިން ގަވާއިދާމެދު ދެވަނަ ވިސްނުމަކަށް ގޮސް އިންޑަސްޓްރީގެ މަޝްވަރާއެކު ދެމެހެއްޓެނިވި ގޮތުގައި ފައިދާ ކުރަނިވި އުސޫލެއް ގާއިމުކުރުމަށް މަނިކު ވަނީ ސަރުކާރަށާއި އެމްއެމްއޭ އަށް ގޮވާލައްފަ އެވެ.

ޔުނިވާސަލްގެ އިތުރުން، ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވަނީ ސޮއިކުރައްވައި އޭނާގެ ރިސޯޓުތަކުން ގަވާއިދަށް އަމަލުނުކުރާނެ ކަމަށް ބުނެ ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެއް ވާހަކަތަކެކެވެ.

"މި ސިޓީގައި ރިއާޔަތް ކޮށްފައިވާ ކަންކަމަށް ބަލާ، ވަގުތުން ވަގުތަށް މި ގަވާއިދު އުވާލުމަށް ސަރުކާރަށް ގޮވާލަން. އަދި ދުރު ރާސްތާގައި އިގުތިސޯދަށް ފައިދާ ކުރާނެ ނިޒާމެއް ގާއިމުކުރުމަށާއި އެ މަސައްކަތުގައި އިންޑަސްޓްރީގެ ބައިވެރިވުން އިތުރުކުރުމަށްވެސް ގޮވާލަން،" އުއްޗުގެ ސިޓީ ނިންމާލަމުން ލިޔުއްވާފައިވެ އެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ދީފައި އޮތް ސުންގަޑިއަކީ އޮކްޓޯބަރު 30 އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅަކު ރޭ ވިދާޅުވީ އެ ގަވާއިދަށް އަމަލު ނުކުރާނެ ކަމަށް ބުނެ މިހައިތަނަށް 50 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox