އުވާލާ ޕާޓީތަކުގެ ނަމާއި ކުލަ ފަސް އަހަރު ވަންދެން ބޭނުން ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަނީ

މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނުން ބޭއްވި ރެލީއެއްގެ ތެރެއިން: އެ ޕާޓީ އުވާލަން ނިންމާފައިވަނިކޮށް އުވާލާ ޕާޓީތަކުގެ ނަމާއި ކުލަ ބޭނުން ނުކުރެވޭ ގޮތް ހަދަން ވަނީ ގާނޫނަށް އިސްލާހު ހުށަހަޅާފަ ---- ފޮޓޯ: އަދަދު

މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނުން ބޭއްވި ރެލީއެއްގެ ތެރެއިން: އެ ޕާޓީ އުވާލަން ނިންމާފައިވަނިކޮށް އުވާލާ ޕާޓީތަކުގެ ނަމާއި ކުލަ ބޭނުން ނުކުރެވޭ ގޮތް ހަދަން ވަނީ ގާނޫނަށް އިސްލާހު ހުށަހަޅާފަ ---- ފޮޓޯ: އަދަދު

އުވާލުމަށް ނިންމާ ސިޔާސީ ޕާޓީތަކުގެ ކުލަޔާއި ނަމާއި ނިޝާން، އެ ޕާޓީއެއް އުވާލާތާ ފަސް އަހަރު ވަންދެން ބޭނުން ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް، މިހާރު މަޖިލީހުގައި އޮތް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިތުރުކޮށްފި އެވެ.

މި ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި، މަޖިލީހަށް ހުށަހެޅި ބިލަށް ދެ އިސްލާހެއް ގެނައުމަށް ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން، އުވާލާ ޕާޓީތަކުގެ ކުލަޔާއި، ނަމާއި، ނިޝާނާއި، ލޯގޯ، އަދި އެހެންވެސް ޕާޓީ ރަމްޒު ކޮށްދޭ އެއްޗެއް ކުރިއަށް އޮންނަ ފަސް އަހަރަށް ބޭނުން ނުކުރޭވެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ 41 މެންބަރުންގެ ވޯޓުންނެވެ.

Advertisement

އުވާލާ ޕާޓީތަކުގެ ނަމާއި ކުލަ ބޭނުން ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައި މިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އުވާލުމުގެ މަސައްކަތް ފަސޭހަ ކުރުމަށް އަސާސީ ގަވާއިދު އިސްލާހުކޮށް އެ ޕާޓީގެ ލީޑަޝިޕަށްވެސް މި ފަހުން ބަދަލުތަކެއް ގެނެސްފައި ވަނިކޮށެވެ.

މިވަގުތުވެސް ދެވަނައަށް އެންމެ މެންބަރު ގިނަ ޕީޕީއެމް އަކީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މައި ޕާޓީ އެވެ. ހާލަތު ބަދަލުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ބަދަލުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އެވެ.

އޭގެއިތުރުން، ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުމެއް ނުބާއްވާ ޕާޓީތައް އުވޭގޮތަށް މީގެ ކުރިން ގާނޫނުގައި އޮތް މާއްދާ އުވާލުމަށްވެސް މިއަދުގެ ކޮމިޓީން ފާސްކުރި އެވެ. އެ އިސްލާހު ފާސްވީ 39 މެންބަރުންގެ ވޯޓުންނެވެ.

މި އިސްލާހުތަކާއެކު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ފާސްކޮށް ތަޅުމަށް ފޮނުވާފަ އެވެ. ބެލެވޭ ގޮތުގައި މާދަމާ ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ވޯޓަށް އަހާނެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލުގައި ވާގޮތުން، އިސްލާހާއެކު ގާނޫނު ދަށުން ސިޔާސީ ޕާޓީތަކުގެ ވަކިވަކި މެންބަރުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެއްޖެނަމަ އޭނާ ނިސްބަތްވާ ޕާޓީއެއް 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox