ރައީސް ވިދާޅުވީ ރާއްޖެއިން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވާން ކުރެއްވި ދަތުރުގެ ތެރެއިން: ރާއްޖެ ސޮވަރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަން އަރުވަމުން ރައީސް ވިދާޅުވީ "ހޯމް-ގްރޯން" އެޖެންޑާއެއް އެބައޮތް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވާން ކުރެއްވި ދަތުރުގެ ތެރެއިން: ރާއްޖެ ސޮވަރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަން އަރުވަމުން ރައީސް ވިދާޅުވީ "ހޯމް-ގްރޯން" އެޖެންޑާއެއް އެބައޮތް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާގެ ދަތިކަމާ ގުޅިގެން ދަރަނި ދެއްކިދާނެ ކަމާމެދު ބޭރުގެ އިދާރާތަކުގެ ކަންބޮޑުވުން ހުރި ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމަކަށް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ "ބީބީސީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މިހެން ވިދާޅުވީ, މޫޑީސްއިން ރާއްޖޭގެ ދައުލަތުގެ ކްރެޑިޓު ރޭޓިން "ސީއޭއޭ-2" ދަށްކުރުމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއީ ދަރަނި ނުދެއްކުމުގެ ހިރާސް ބޮޑުކަމަށް ބަލައި، މޫޑީސްއިން ދީފައިވާ ރޭޓިންއެކެވެ.

ރައީސްގެ ޖަވާބުގައި، ރާއްޖެއިން ސޮވަރިން ޑީފޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަން ދެމުން ވިދާޅުވީ ދަރަނީގެ ކަންކަން މެނޭޖުކުރަން "ހޯމް-ގްރޯން އެޖެންޑާ" އެއް އެބަ އޮތް ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފަށައިގެން އުޅޭ ކަމަށް ބުނާ ޕްރޮގްރާމަށެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ އެޖެންޑާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ސަބްސިޑީ ނިޒާމާއި އާސަންދަ ރިފޯމުކުރުމާއި ސަރުކާރު ކުންފުނިތައް ރިފޯމުކުރުމުގެ އިތުރުން ސިޔާސީ މަގާމުތައް މަދުކޮށް، އިސްރާފު ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ. އޭގެ އިތުރުން އާމްދަނީ އިތުރުކުރަން އިގުތިސޯދީ ހަރަކާތްތައް، ހާއްސަކޮށް ބޭރު ފައިސާ ލިބޭ ސިނާއަތްތައް، ފެށުމާއި ފުޅާކުރުން ހިމެނެ އެވެ.

ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތުން ދަރަނި ދެއްކުމުގެ ހިރާސް ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިހާތަނަށް މި ސިޔާސަތުތަކުގެ ތެރެއިން ގިނަ ކަންކަން ނުކުރެވެ އެވެ.

އެގޮތުން ސަބްސިޑީ އާއި އާސަންދަ ރިފޯމު ކުރަން ދިން ތާރީހުތަކަށް އެކަން ނުކުރެ އެވެ. ނަމަވެސް ސަރުކާރު ކުންފުނިތައް ރިފޯމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އަދި އިގުތިސޯދީ ހަރަކާތްތައް އިތުރުކުރަން ކުރެވޭ މަސައްކަތުގެ ދަށުން ބަންކަރިން ހިދުމަތް ފަށައިފި އެވެ.

އޭގެ އިތުރުން ސަރުކާރުން ވަނީ ބޭރު ފައިސާ އާމްދަނީ އިތުރުކުރުމުގެ ގޮތުން ބައެއް ޓެކްސްތައް މުރާޖާކުރަން ނިންމާފައިވާ ކަން ވެސް އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ނަގާ ޑިޕާޗާ ޓެކްސް އިތުރުކުރުން ހިމެނެ އެވެ. މިފަހުން ސަރުކާރުން ވަނީ ޑޮލަރުން އާމްދަނީ ލިބޭ މީހުން ޑޮލަރުން ޓެކްސް ދައްކާ ގޮތަށް ވެސް ގަވާއިދުތައް ބަދަލުކޮށްފަ އެވެ.

ބޭރު ފައިސާއާ ގުޅޭ ކަންކަމަށް ދެން ގެނައި ބަދަލަކީ، ރިސޯޓުތަކުން ލިބޭ އާމްދަނީ އެއްކޮށް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން މަޖުބޫރުކުރުމާއި ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ވަރެއް ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޫއޮޅިގެން ޔާމީންގެ ނަން ވިދާޅުވެވުމުން މައާފަށް އެދިވަޑައިގެންފި

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސް މުއިއްޒުގެ ނަންފުޅުގެ ބަދަލުގައި ދޫއޮޅިގެން ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް މައާފަށް އެދިވަޑައިގެންފިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބައެއް ފަހަރު މިފަދައިން ދޫއޮޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް

އިންތިހާބަށްފަހު ބައިބައިނުވާން މުއިއްޒު އިލްތިމާސްކުރައްވައިފި

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިގެން ނުވާނެ ކަމަށާއި، ހުރިހާ މެންބަރުންވެސް އިހްލާސްތެރިކަމާއެކު ގައުމާއި ޕާޓީ އިސްކުރުމަށް މުއިއްޒު އިލްތިމާސްކުރެއްވި. އިންތިހާބުގައި ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކާއެކު ކުރިއަށްދިއުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޕީއެންސީގެ ކޮންގްރެސްގައި ނަޝީދު ބައިވެރިވެވަޑައިގެންފި

ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ފަރާތުން ވެސް އެ ކޮންގްރެސްގައި ބައިވެރިވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ކޮންގްރެސްއަށް މަންދޫބަކު ނުފޮނުވަ އެވެ.

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އެންޑޯޒްކޮށްފި

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި މުހިންމު ބަދަލުތައް، އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ އެންޑޯޒްކޮށްފައި. މި އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ދީނީ އިލްމުވެރިންނާއި، އަންހެނުންނާއި، ޒުވާނުން އަދި އިސްރަށްވެހިންނަށް ޚާއްސަ ގުނަވަންތަކާއި 15 ކޮމިޓީއެއް އުފެއްދުން ހިމެނޭ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ރާއްޖެއިން ފުރާވަޑައިގެންފި

އަންވަރުގެ ދަތުރުގައި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ދެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ދީނީ ގޮތުން އަދި ދިފާއީ ގޮތުން އެއްބާރުލުން ދިނުމުގެ ދެ އެމްއޯޔޫ އެވެ.

ތެލާއި މައުދަން ހޯދަން މެލޭޝިއާގެ ޕެޓްރޯނަސްއަށް ދައުވަތު ދީފި

ރާއްޖޭން ތެލާއި މައުދަން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ޕެޓްރޯނަސް ކުންފުންޏަށް ދިވެހި ސަރުކާރުން އެރުވި ދައުވަތާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ. އަދި މިފަދަ ދިރާސާތައް ކުރުމަކީ އެ ކުންފުންޏަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox