ޔޫޓިއުބަށް ޕްރޮޕޯސަލް ހުށަހަޅަން ތައްޔާރުވެ ޕޭޕަލްއާ މުހިންމު މައުލޫމާތުތައް ހިއްސާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރާއްޖެއިން ޕޭޕަލްއަށް މުހިންމު މައުލޫމާތު ހިއްސާކޮށް, ޔޫޓިއުބަށް ޕްރޮޕޯޒަލް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރާއްޖެއިން ޕޭޕަލްއަށް މުހިންމު މައުލޫމާތު ހިއްސާކޮށް, ޔޫޓިއުބަށް ޕްރޮޕޯޒަލް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ފޮނުވަން ޖެހޭ މުހިންމު މައުލޫމާތު ހިއްސާކޮށް، ޔޫޓިއުބް މަނިޓައިޒް ކުރުމަށް ޕްރޮޕޯޒަލްއެއް ފޮނުވަން ތައްޔާރުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މީގެ ދެ ދުވަހެއް ކުރިން ޕޭޕަލްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމުގައި ޕޭޕަލް އިން އެދުނު މުހިންމު މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.

"މިހާރު މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެން އަނެއްކާ ވެސް ޕޭޕަލްއާ އެކު މަޝްވަރާތައް ގެންގޮސް އެ ބޭފުޅުން ރާއްޖޭގެ ކްރޮސް ބޯޑަށް ޓްރާންސެކްޝަންއަށް ބޭނުންވި މުހިންމު މައުލޫމާތު އަޅުގަނޑުމެން ވާނީ ފޯރުކޮށްދީފައި،" ސައީދު ވިދާޅުވި އެވެ.

ޕޭޕަލް ރާއްޖެ ގެނައުމަށް ޓާގެޓް ކުރި ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ވަރަށް އަވަހަށް ޕޭޕަލްއާ އެކު ކްރޮސް ބޯޑާ ޓްރާންސެކްޝަން ހަދަން ފެށޭނެ ކަމަށެވެ.

އޭގެއިތުރުން, ޔޫޓިއުބް މަނިޓައިޒް ކުރަން ރާއްޖޭގެ ރައްޔިތުންނަށް ހުރި ދަތިތައް ހައްލު ކުރުމަށް ޔޫޓިއުބާ އެކު ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވައި، ޕްރޮޕޯޒަލްއެއް ހުށަހަޅާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެހެންވީމަ ޔޫޓިއުބާއެއްކޮށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެވަނަ ޑިސްކަޝަންއެއް މިއޮތީ 19 ވަނަ ދުވަހު މި މަހުގެ [ސެޕްޓެމްބަރު]. 19 ވަނަ ދުވަހު ޕްރޮޕޯޒަލް ހުށަހަޅަން އަޅުގަނޑުމެން ގަސްތުކުރަނީ. އެކަން ވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ،" ސައީދު ވިދާޅުވި އެވެ.

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox