ބަންކަރިން ހިދުމަތަށް ބޭނުންވާ ދެ ބޯޓު ރާއްޖެ އައުމުގެ މަގުމަތީ، މިހާރު އޮތީ އަޗޭ ކައިރީ

ބަންކަރިންގެ ހިދުމަތަށް ގެންނަ ވިޓޯލްގެ ދެ ބޯޓު: އެ ދެ ބޯޓު މިހާރު ދަނީ ސިންގަޕޫރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަމުން --- ފޮޓޯ: ވިޓޯލް

ބަންކަރިންގެ ހިދުމަތަށް ގެންނަ ވިޓޯލްގެ ދެ ބޯޓު: އެ ދެ ބޯޓު މިހާރު ދަނީ ސިންގަޕޫރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަމުން --- ފޮޓޯ: ވިޓޯލް

އުތުރުގައި ބަންކަރިން ހިދުމަތް ފަށަން އެސްޓީއޯއިން ގެންނަ ބަންކަރިންގެ ދެ ބޯޓު ރާއްޖެ އަށް ދަތުރުފަށައިފި އެވެ.

ރާއްޖޭގައި ބަންކަރިން ހިދުމަތް ދެނީ އެކަމުގައި އެންމެ މުޅި ދުނިޔޭގައި ވެސް އެންމެ ފުންނާބު އުސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލްއިންނެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ދަތުރުކުރަމުން ދަނީ އެ ކުންފުނިން ސިންގަޕޫރުގައި ބޭނުންކުރަމުންދިޔަ "މެރިން ބެލާ" އަދި "މެރިން އޭންޖެލް" އެވެ. ވިޓޯލްގެ ވެބްސައިޓުގައި އެ ދެ ބޯޓު އަދިވެސް އޮތީ ސިންގަޕޫރުގައި ބޭނުންކުރާ ބޯޓުތަކުގެ ލިސްޓުގެ ދަށުގަ އެވެ.

އެ ދެ ބޯޓު ވެސް ރާއްޖެ ދަތުރުކުރަމުންދާކަން ކަނޑުބޯޓުތައް ޓްރެކްކުރާ ވެސެލްފައިންޑާ އަދި މެރިން ޓްރެފިކް ފަދަ ސައިޓުތަކުން ވެސް ދައްކަ އެވެ.

މެރިން އޭންޖެލް މާލެއަށް ފޯރާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހު އެވެ. މެރިން ބެލާ މާލޭގައި ބަނދަރުކުރާނެ ކަމަށް ބެލެވެނީ މި މަހު އަށް ވަނަ ދުވަހު އެވެ. ދެ ބޯޓު ވެސް މިހާރު ވަނީ ރާއްޖޭގެ ދިދައިގެ ދަށަށް ބަދަލުކޮށްފަ އެވެ.

މެރިން ބެލާ

  • އައިއެމްއޯ ނަމްބަރު: 9625267
  • ބޯޓުގެ ބާވަތް: ތެޔޮ ޓޭންކަރު
  • ބޯޓުގެ ދިގުމިން: 95 މީޓަރު
  • ބޯޓު އުފެއްދި ތާރީހު: 2011
  • ގްރޮސް ޓަނޭޖް: 2608
ބަންކަރިން އަށް ގެންނަ މެރިން ބެލާ ބޯޓު މިހާރު އޮތް ތަން -- ފޮޓޯ: މެރިން ޓްރެފިކް
ބަންކަރިން އަށް ގެންނަ މެރިން ބެލާ ބޯޓު މިހާރު އޮތް ތަން -- ފޮޓޯ: މެރިން ޓްރެފިކް

ބަންކަރިން އަށް ގެންނަ މެރިން ބެލާ ބޯޓު މިހާރު އޮތް ތަން -- ފޮޓޯ: މެރިން ޓްރެފިކް

މެރިން އޭންޖެލް

  • އައިއެމްއޯ ނަމްބަރު: 9647899
  • ބޯޓުގެ ބާވަތް: ތެޔޮ ޓޭންކަރު
  • ބޯޓުގެ ދިގުމިން: 70 މީޓަރު
  • ބޯޓު އުފެއްދި ތާރީހު: 2012
  • ގްރޮސް ޓަނޭޖް: 1999
ބަންކަރިން އަށް ގެންނަ މެރިން އޭންޖަލް ބޯޓު މިހާރު އޮތް ތަން -- ފޮޓޯ: މެރިން ޓްރެފިކް
ބަންކަރިން އަށް ގެންނަ މެރިން އޭންޖަލް ބޯޓު މިހާރު އޮތް ތަން -- ފޮޓޯ: މެރިން ޓްރެފިކް

ބަންކަރިން އަށް ގެންނަ މެރިން އޭންޖަލް ބޯޓު މިހާރު އޮތް ތަން -- ފޮޓޯ: މެރިން ޓްރެފިކް

ބަންކަރިންގެ ހިދުމަތް ފަށަން ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖުލައި މަހު އެވެ. އޭގެ ފަހުން އޮގަސްޓު 22، ގައި އެ މަސައްކަތް ފެށޭނެ ކަމަށާއި އޮގަސްޓު 21، ގައި އެކަމަށް ބޭނުންވާ ބޯޓުތައް ރާއްޖެ އަންނާނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.

ނަމަވެސް، އެ މުއްދަތު ފާއިތުވުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެންމެ ފަހުން ވިދާޅުވީ ބަކްނަރިންގެ މަސައްކަތް ފެށޭނެ ތާރީހަކީ މި މަހު 12، ކަމަށެވެ. އެ ދުވަހަށް މި ދެ ބޯޓަށް ރާއްޖެ އާދެވޭނެ އެވެ.

އެސްޓީއޯއާ ހަވާލާދީ ހަބަރުތަކުގައިވާ ގޮތުގައި އެސްޓީއޯއިން މި ހިދުމަތް ފަށަނީ 4000 މެޓްރިކް ޓަނުގެ ދެ ބަންކަރުންނެވެ. ސަރުކާރުން ބުނަނީ މި ވިޔަފާރި ފެށުމުން ފުރަތަމަ އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ އިގްތިސާދަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ.

އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަމުންދަނީ އެމްޕީއެލްއިންނެވެ. މި ދެ ބޯޓަކީ ވެސް މީގެ ކުރިން އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އައި ބޯޓުތަކެކެވެ.

އޭގެއިތުރުން އެމްޕީއެލްއިން ވަނީ ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެ ރަށު ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ އީއޯއައި ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox