އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ނުކުރާ ސަބަބު ސާފުކޮށްދޭން މީކާއިލް އެދިއްޖެ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް: އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތާށީވެފައިވާ ސަބަބު ސާފުކޮށްދޭން ވަނީ އެދިފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް: އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތާށީވެފައިވާ ސަބަބު ސާފުކޮށްދޭން ވަނީ އެދިފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅި ބިލުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން ނުކުރާ ސަބަބު ހޯދަން އެ ބިލު ހުށަހެއްޅުވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވީ މެއި 29، ގައި މަޖިލީހަށް ހުށަހެޅި އެ ބިލު ޖޫން 10، ގައި ބަލައިގަތުމަށް ފާސްކޮށް ކޮމިޓީއަށް ފޮނުވާފައިވީ ނަމަވެސް ބިލުގެ އެއްވެސް މަސައްކަތެއް ކޮމިޓީގައި ކުރިއަށް ނުދާ ކަމަށެވެ.

"މި ބިލު ކޮމިޓީގައި އޮންނަތާ 59 ދުވަސް ވެގެންދިޔައިރު ވެސް، މި ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން މި ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ވެސް ނުކޮށް ސަބަބު ސާފުކޮށްދިނުން އެދެން،" މީކާއިލްގެ ސިޓީގައި ވިދާޅުވި އެވެ.

އެ ބިލު ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭން ވެސް އިޒްރޭލާ ދެކޮޅަށް ފެންހިފޭ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަނިޔާވެރިކަން ދެނެގަނެ، ބައިނަލް އަގުވާމީ މުޖުތަމައުން ވެސް އެކަން ފާހަގަކުރަމުން ގެންދާތީ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ އެކަމާ މެދު ގޮތެއް ނިންމަން އެ ދުވަހު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު 241 ކޮމިޓީއަށް ދިރާސާކުރަން ހުށަހެޅުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު މެންބަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ.

އޭގެ ފަހުން ސަރުކާރުން ވެސް ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރާއްޖެއިން ނިންމުމުން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ އެކި ގައުމުތަކުގެ އާންމުން ވަނީ ރާއްޖެއަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް އެކަން ރަސްމީކޮށް ކުރުމަށް އެއްވެސް ކަމެއް ކުރަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox