ޓެކްސީ ޑުރައިވަރުންގެ ޑިމާންޑުތަކަށް އެއްބަސްވެ، ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ނުފަށާނެ ކަމަށް ބުނެފި

ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ ޓެކްސީ ޑުރައިވަރުންގެ މުޒާހަރާ -- ފޮޓޯ: މިސްބާހު ޝަރީފް

ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ ޓެކްސީ ޑުރައިވަރުންގެ މުޒާހަރާ -- ފޮޓޯ: މިސްބާހު ޝަރީފް

ޓެކްސީ ޑުރައިވަރުންގެ ޑިމާންޑުތަކަށް އެއްބަސްވެ ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުމަށް ނިންމި ނިންމުން ބަދަލު ކޮށްފި އެވެ.

މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރީ މާލެފަހި ޕްރޮގުރާމު އިފުތިތާހު ކުރުމަށް ޖުލައި 25، ގައި ބޭއްވި ޖަލްސާގަ އެވެ.

އެ ނިންމުމާ ދެކޮޅު ހަދައި މާލޭގައި ޓެކްސީ ދުއްވާ ޑުރައިވަރުން މިއަދު ހުޅުމާލޭގައި މުޒާހަރާ ވެސް ކުރި އެވެ. އިރު ވެސް އޮއްސުނު ފަހުން އެ މުޒަހަރާ ނިންމައިލީ އެމީހުންގެ ޑިމާންޑުތަކަށް ސަރުކާރުން އެއްބަސްވުމުން ކަމަށް ޓެކްސީ ޑުރައިވަރުން ބުންޏެވެ.

"މުޒާހަރާ ނިންމާލީ މިހާރު ޓެކްސީ ލައިން ތައާރަފު ނުކުރަން ނިންމީމަ، އޭގެ ސްޓަޑީއެއް ހަދަން ފަށާ ގޮތަށް ނިންމީ،" މާލޭގައި ޓްކްސީއެއް ދުއްވާ މިސްބާހު ޝަރީފް ބުންޏެވެ.

ޓްރާންސޮޕޯޓު މިނިސްޓަރީއާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިނިސްޓަރީން އެއްބަސްވީ ޓެކްސީ ހިދުމަތް ދޭ ގޮތާ ގުޅޭ ދިރާސާއެއް ކުރަން ކަމަށް މިސްބާހު ބުންޏެވެ. އެ ދިރާސާއަށް ފަހު ބާ ކާރުތަކުގައި ޓެކްސީ ހިދުމަތް ދޭ މީހުންނަށް ވަކި އުސޫލެއްގެ ދަށުން ސަރުކާރުން ކާރު ފޯރުކޮށްދޭން ވެސް އެއްބަސްވި ކަމަށް މިސްބާހު ބުންޏެވެ.

"[ސަރުކާރުގެ ޓެކްސީ ލައިން ފަށަން ބޭނުން ކުރަން އުޅުނު] އެ ކާރުތަކަކީ ހިލޭ ލިބިފައި ހުރި ކާރުތަކެކޯ ސަރުކާރަށް، ދެން ބާ ކާރު ގެންގުޅޭ މީހުންނަށް އެ ކާރުތައް ދޭން ނިންމާފައި ހުރީ، މިނިސްޓަރީން ބުނީ ދިރާސާ ފަށާނަމޯ ސެޕްޓެމްބަރު އެކެއްގައި،" މިސްބާހު ބުންޏެވެ.

އޭގެ އިތުރުން ދުއްވައި ނިމުމަށްފަހު ރޭގަނޑު މާލޭގައި ޕާކު ކޮށްފައި ހުންނަ ޓެކްސީތައް ޓޯ ނުކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރީން ދިން ކަމަށް މިސްބާހު ބުންޏެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފު ކުރުމަށް ނިންމުމުން އެކަމަށް އާންމުން ވަރަށް ތާއީދުކޮށް ޝުއޫރު ފާޅުކުރި އެވެ. ޓެކްސީގެ ހިދުމަތް މާލޭގައި ދޭ ގޮތާ މެދު އާންމުންގެ ހިތްހަމަ ނުޖެހުން އަބަދުވެސް އޮވެ އެވެ.

އެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox