ޓެކްސީ ސެންޓަރެއްގައި 50 ކާރާއި ޑްރައިވަރުން ނެތްނަމަ ހުއްދަ ބާތިލުކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ޓެކްސީ ސެންޓަރެއްގައި 50 ކާރާއި ޑްރައިވަރުން ނެތްނަމަ ހުއްދަ ބާތިލުކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ނަގައިގެން ހިންގާ ޓެކްސީ ސެންޓަރުތަކުގައި 50 ކާރާއި ޑްރައިވަރުން ހަމަނުވާނަމަ އެ ޓެކްސީ ސެންޓަރެއްގެ ހުއްދަ ބާތިލުކުރެވޭ ގޮތަށް ޓެކްސީ ގަވާއިދު ބަދަލުކޮށް ގެޒެޓުކޮށްފި އެވެ.

ޓެކްސީ ސެންޓަރު ހިންގުމަށް ހުންނަން ޖެހޭ ޝަރުތުތައް ހިމަނައި އިއްޔެ ގަވާއިދަށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ. އެ ޝަރުތުތަކަކީ؛

  • މީހުން ދިރިއުޅޭ ތަންތަނާ ވަކިން ވަދެނުކުމެވޭ ގޮތަށް ގާއިމުކޮށްފައިވާ ތަނަކަށް ވުން
  • ޓެކްސީ ސެންޓަރު ހިންގުމަށް ބޭނުންވާ ލެޕްޓޮޕް/ކޮމްޕިއުޓަރު، ޕްރިންޓަރު ފަދަ ވަސީލަތްތައް ގާއިމުކޮށްފައިވުން
  • ޓެކްސީ ސެންޓަރުގެ ލައިސަންސް ކޮޕީއާއި ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފެންނަ ގޮތަށް ބަހައްޓާފައިވުން
  • ޓެކްސީ ސެންޓަރަށް ޒިޔާރަތްކުރާ ޓެކްސީ ޑްރައިވަރުންނާއި އާންމު ފަރާތްތަކަށް އިށީނދެ ތިބެވޭނެ ގޮތަށް އިންތިޒާމުކޮށްފައިވާ، އިށީނދެ އުޅެވޭ ސަރަހައްދެއް ހުރުން
  • ޓެކްސީ ސެންޓަރުގެ ފޯނު އޮޕަރޭޓަރަށް ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ވޯކް ސްޓޭށަނެއް ގާއިމުކޮށްފައިވުން
  • ޓެކްސީ ސެންޓަރާއި ޓެކްސީ ޑްރައިވަރުންނާ ދެމެދު މުވާސަލާތުކުރުމަށް ބޭނުންކުރާ މުވާސަލާތީ ނިޒާމު ގާއިމުކޮށްފައި އޮތުން
  • ޓެކްސީ ސެންޓަރަކީ 24 (ސައުވީސް) ގަޑިއިރު ހިދުމަތްދޭ ތަނަކަށްވާތީ، އޮފީހުގައި މަސައްކަތްކުރާ ފޯނު އޮޕަރޭޓަރުންގެ ޑިއުޓީ ރޯސްޓަރ ފަސޭހައިން ފެންނާނޭހެން ބަހައްޓައިފައި ހުރުން
  • ގްރޭޓަރ މާލެ ސަރަހައްދުގައި އޮޕަރޭޓްކުރަން ރަޖިސްޓަރީކުރާ ޓެކްސީ ސެންޓަރެއް ނަމަ، އެ ސެންޓަރުގައި ރަޖިސްޓަރީކުރުމަށް ލިސްޓުކޮށްފައިވާ ޓެކްސީކުރުމަށް ބޭނުންކުރެވޭނެ 50 (ފަންސާސް) އުޅަނދު އޮތުން
  • ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީކުރުމަށް ލިސްޓުކޮށްފައިވާ ޓެކްސީކުރުމަށް ބޭނުންކުރެވޭ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ، މަދުވެގެން 50 (ފަންސާސް) ޑްރައިވަރުން ތިބުން

އެ ޝަރުތުތައް ހަމަނުވާ ސެންޓަރުތައް ނުވަތަ ސެންޓަރެއްގެ ޝަރުތު އުނިވެއްޖެ ނަމަ އެ ޝަރުތެއް ފުރިހަމަ ކުރަން 60 ދުވަސް ދޭންވާނެ ކަމަށް ވަނީ ގަވާއިދުގައި ހިމަނާފަ އެވެ.

ގަވާއިދަށް އިތުރު ކުރި މާއްދާގައި ވާގޮތުން އެ މުއްދަތުގައި ޝަރުތުތައް ފުރިހަމަނުކުރެވޭނަމަ ލައިސެންސް ބާތިލުކުރެވޭނެ އެވެ. އަދި ހަމަ އެ ސެންޓަރެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ލިސްޓުކޮށްފައިވާ ޓެކްސީތަކަށް ދޫކޮށްފައިވާ ކާރު ޓެކްސީ ލައިސަންސް ބާތިލުވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ހިމަނާފަ އެވެ.

ޓެކްސީ ސެންޓަރު ހިންގުމުގެ ގަވާއިދު ހަރުކަށިކޮށްފައި މިވަނީ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމުގެ އެންމެ ފަހުގެ މަރުހަލާގައި އޮއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox