މުއިއްޒުގެ ޝުކުރު އިންޑިއާއަށް، ޑޯނިއާގައި ބަލި މީހުން އުފުލަން ފަށައިފި

ރާއްޖޭގައި އޮންނަ އިންޑިއާގެ ޑޯނިއާ އުޅަނދު: އެ އުޅަނދު ބޭނުންކޮށްގެން އަނެއްކާވެސް ބަލިމީހުން އުފުލަން ފަށައިފި --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގައި އޮންނަ އިންޑިއާގެ ޑޯނިއާ އުޅަނދު: އެ އުޅަނދު ބޭނުންކޮށްގެން އަނެއްކާވެސް ބަލިމީހުން އުފުލަން ފަށައިފި --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގައި އޮންނަ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުން ބަލި މީހުން އުފުލުން ހުއްޓާލާފައި އޮތުމަށް ފަހު، މިރޭ އެ ބޯޓު ބޭނުންކުރަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖޭން ފޮނުވާލާނެ ކަމުގެ ވައުދު ރައީސް މުއިއްޒު ފުރިހަމައަށް ފުއްދެވުމުގެ ބަދަލުގައި، ނިންމެވީ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި، އިންޑިއާ އަސްކަރިއްޔާގެ ކޮންޓްރޯލް އޮންނަ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ މުވައްޒަފުން ގެނައުމަށެވެ. އެއީ މަދަނީން ކަމަށް ރައީސް މުއިއްޒާއި ދިވެހި ސަރުކާރުން ބުނާއިރު، އިންޑިއާއިން ބުނަނީ އެއީ ގާބިލް ޓެކްނިކަލް މީހުން ކަމަށެވެ.

މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ދުއްވަން ތިބި އަސްކަރީ ޔުނިފޯމު އެޅި މީހުން ބަދަލުކުރިޔަސް، ބަލި މީހުން އުފުލުމަށާއި ސާވިއަލަންސްއަށް އެ އުޅަނދުތައް ބޭނުން ކުރުން އޮތީ ހުއްޓާލައިފަ އެވެ.

Advertisement

ނަމަވެސް އަލުން އެ އުޅަނދުތަކުގައި ބަލި މީހުން އުފުލަން ފެށިކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވީ، މިރޭ މާލޭގެ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރާއްޖޭގެ ފަހުރުވެރި 59 ވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ބަލި މީހަކު ގޮވައިގެން ޑޯނިއާ މަތިންދާ ބޯޓު މިރޭ މާލެ އާއީ ހދ. ހަނިމާދޫއިން ކަމަށެވެ. އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް މުއިއްޒު ޝުކުރު ވެސް އަދާކުރެއްވި އެވެ.

ޑޯނިއާ މަތިންދާ ބޯޓާއެކު ހަނިމާދޫގައި އިންޑިއާގެ މީހުން ތިބޭއިރު، ހެލިކޮޕްޓަރު ދުއްވަން ލ. ކައްދޫ އާއި ސ. ގަމުގައި ވެސް އިންޑިއާ މީހުން ތިބެ އެވެ. އެ ރަށްތަކުގައި އިންޑިއާގެ 76 މީހުން އެބަ ތިއްބެވެ.

ޑޯނިއާއިން ބަލިމީހުން އުފުލަން އަލުން ފަށާފައިވާއިރު، ކައްދޫ އަދި އައްޑޫގައި އޮންނަ އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް ގަވާއިދުން އުދުއްސަމުން ގެންދެ އެވެ. އެކަމާ ގުޅިގެން ސަރުކާރުން ބަހެއް ނުބުނެ އެވެ.

ޑޯނިއާ މަތިންދާ ބޯޓު އަލުން ބޭނުންކުރަން ފެށިއިރު، މީގެ ކުރިން ދިމާވި ސިއްހީ ކުއްލި ހާލަތްތަކުގައި ހެލިކޮޕްޓަރާއި ޑީނިއާ މަތިންދާ ބޯޓު ބޭނުން ނުކުރާތީވެ، އާންމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ރައްދުކުރި އެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox