މޫލާފައިވާ ވަކިތަކުން ރާއްޖޭގެ ފުޓްބޯޅަ ސަލާމަތްކުރަންޖެހޭ: ތޯރިގު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކަށް ތޯރިގު ވަޑައިގަންނަވަނީ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކަށް ތޯރިގު ވަޑައިގަންނަވަނީ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ފީފާ އިން ނިންމުމާ އެކު، ދިވެހި ފުޓްބޯޅަ ސަލާމަތްކުރުމުގެ އެއް މަސައްކަތް ނިމުނީ ކަމަށާއި މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތްކުރަން އިތުރު މަސައްކަތްކުރަން ޖެހޭ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން، 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތޯރިގު، ވަނީ މި ފަހުން އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރި ދެ އިންތިހާބުގައި ވެސް ވާދަކުރައްވަން ކެންޑިޑެސީ ހުށަހަޅައިފަ އެވެ. އެކަމަކު، އެފްއޭއެމްގެ މައްސަލަތަކެއް ހުރުމުުން، ދެ ފަހަރު ވެސް އިންތިހާބު ފަސްކުރަން އެންގީ، ފީފާ/އޭއެފްސީ އިންނެވެ. މީގެ ތެރެއިން ދެ ފަަހަރު ވެސް ތޯރިގު ވަނީ އެފްއޭއެމާ ގުޅޭ މައްސަލަ ހިފައިގެން ފީފާ އަށް ގޮސްފަ އެވެ.

އެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ތޯރިގު، މީގެ ކުރިން ވެސް ވަނީ އެފްއޭއެމް ނޯމަލައިޒްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ފީފާ އިން މިރޭ އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިންމުމުން، ތޯރިގު ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

"ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ ގިލަންވެރިކަމުން ސަލާމަތްކުރަން ފެށި މަސައްކަތުގެ އެއް މަރުހަލާ ނިމުނީ އެވެ. މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރުމަށް އަދިވެސް ކުރަންހުރި މަސައްކަތް މަދެއް ނޫނެވެ. ފީފާގެ ނިންމުމަށް މަރުޙަބާ އެވެ." ތޯރިގު، ސޯޝަލް މީޑިއާގައި ލިޔުއްވި މެސެޖެއްގައިވެ އެވެ.

ފީފާ އިން މިރޭ ނެރުނު ބަޔާނުގައި ދެން، ބުނެފައިވަނީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީ ގޮތުން އިންތިހާ އަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަންނަ އަހަރުގެ ޖުލައި 31 އަށް ނޯމަލައިިޒިން ކޮމިޓީ އަށް މުއްދަތު ދީފައިވީ ނަމަވެސް، އެ ކޮމިޓީއާ ހަވާލުކުރެވޭ މެންޑޭޓްގެ ތެރެއިން ކަންތައްތައް ފުރިހަމަވިހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެ އެވެ. އެކަމަކު، އެކަން ކުރަން އެންމެ ފަހުގެ މުހުލަތަކީ، އަންނަ އަހަރުގެ ޖުލައި 31 ކަމަށް ފީފާ އިން މި ވަނީ ކަނޑައަޅައިފަ އެވެ.

ފީފާގެ ނިންމުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ. ތޮލާލް ވިދާޅުވީ، ފީފާގެ މި ނިންމުމާ އެއްގޮތަށް، ނޯމަލައިޒިން ކޮމިޓީ އަށް ދޭން ޖެހޭ އެއްބާރުލުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox