އިތުރަށް ފައިސާ ނެގުމަށްފަހު ހައްޖު ލިސްޓުގެ މާ ފަހަތުގައި ތިބި މީހުންނަށް ފުރުސަތު ދިން!

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ މީހެއް: ހައްޖު ލިސްޓުގެ މާ ފަހަތުގައި ތިބި މީހުންނަށް ފުރުސަތު ދިންކަން ވަނީ އެނގިފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ މީހެއް: ހައްޖު ލިސްޓުގެ މާ ފަހަތުގައި ތިބި މީހުންނަށް ފުރުސަތު ދިންކަން ވަނީ އެނގިފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިތުރަށް ފައިސާ ނަގައިގެން ހައްޖު ލިސްޓުގައި މާ ފަހަތުގައި ތިބި މީހުންނަށް ފުރުސަތު ދިންކަން އެނގިއްޖެ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޖަށް މިފަހަރު މީހުންނަށް ކިއު ތަރުތީބުން ފުރުސަތު ދިނުމަށްފަހު، މާ ފަހަތުގައި ތިބި މީހުންނަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ.

ކިއު ތަރުތީބުން ބޭރުން ފުރުސަތު ދިން މީހުން ހައްޖަށް ގެންދިޔައީ އިތުރަށް ފައިސާ ނަގައިގެން ކަމަށާއި އެ ފައިސާ ނަގާފައި ވަނީ ހައްޖަށް ފުރުމުގެ ކުރިންކަން ވަނީ އެނގިފަ އެވެ.

"2025 އަދި 2026 ގައި ހައްޖަށް ދިޔުމަށް އޮތް ބައެއް މީހުންނަށް ފުރުސަތު ދިން. އެމީހުން ގެންދިޔައީ އެކި މީހުން އަތުން އެކި އަދަދުން ފައިސާ އިތުރަށް ނަގައިގެން. ބައެއް މީހުން އަތުން 7،000ރ. އަދި ބައެއް މީހުން އަތުން 10،000ރ. އަށް ވުރެ އިތުރަށް ވެސް ނަގާފައި އެބަހުރި،" އެކަން އެނގޭ މީހަކު އަދަދުއަށް ކިޔައިދިނެވެ.

މިކަމާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް "އަދަދު" އަށް ވިދާޅުވީ ކިއު ތަރުތީބުން ހައްޖަށް ގެންދިޔަ އެއްވެސް މީހެެއް އަތުން ފައިސާ އިތުރަށް ނަގާފައި ނުވާނެ ކަމަށެވެ.

ނަމަވެސް ކިއު ތަރުތީބުން ބޭރުން ހައްޖަށް މީހުން ގެންދިޔަ ކަމާއި، ކިއު ތަރުތީބުން ބޭރުން ގެންދިޔަ މީހުން އަތުން އިތުރަށް ފައިސާ ނެގުމާ ގުޅޭގޮތުން ތަކުރާރުކޮށް އެހުމުން ވެސް ޝަކީލް ޖަވާބެއް ނުދެއްވަ އެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނުން އެހީތެރިން ފިޔަވާ މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ގެންދިޔަ އެވެ. ސައުދީން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1،000 އެވެ.

ހައްޖަށް ދިޔުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ރާއްޖެއަށް ފަހުން ކޯޓާ ލިބުމާއެކު އިތުރު ބަޔަކު ޖާގަތައް ލިބިގެން ހައްޖަށް ދިޔަ އެވެ. އެއާއެކު، ޓެންޓުތަކުގައި ޖާގައިގެ ދަތިތައް ދިމާވުމުގެ އިތުރުން ހޫނު ގަދަވެގެން ބައެއް ދިވެހިން ނިދަން ކައިރި މިސްކިތަކަށް ދާން ޖެހުނެވެ.

ހައްޖަށް ދިޔަ މުހައްމަދު ނިޒާމް ކިޔާ މީހަކު ބުނީ ހައްޖުގެ އަޅުކަމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައި ގޮސް, އެއަށް ވުރެ މަދު އެއްޗެއް ހަރަދުކުރި ލަންކާ މީހުންނާ އެއް ޓެންޓެއްގައި އެއް މުތޮއްވިފު ނުވަތަ އެޖެންޓު ހިއްސާ ކުރަންޖެހުނު ކަމަށެވެ.

އޭނާ ވަނީ ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތުކޮށް, މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox