ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުން ރަނގަޅު: ޝަހީމް

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ރަނގަޅު ކަމަށާއި ހަލާލު ޓޫރިޒަމަކީ ކުޑަދޮރުން ބޭރު ބަލާއިރު، ބިކިނީ ފެންނަ ޓޫރިޒަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ދައްކާ ފައިސާ އިސްލާމީ ޝަރީއާ ހުއްދަ ކުރާ މަގުން އިންވެސްޓު ކުރަންޖެހޭ ކަމަށެވެ. އަދި އެގޮތަށް އިންވެސްޓު ކުރާ ފައިސާ ހަލާލް ޓޫރިޒަމަށް އިންވެސްޓު ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ހައްޖު ކޯޕަރޭޝަނުން ގާއިމުކުރާ އިންވެސްޓުމެންޓުތަކަކީ އެއްވެސް ޝުބުހައެއް ނެތް އިންވެސްޓުމެންޓުތަކަކަށް ވާންޖެހޭނެ، އެހެނީ ހައްޖުގެ އަޅުކަމަކީ ނުހަނު މަތިވެރި އަޅުކަމަކަށްވުން، އެ އަޅުކަން ހޭދަކުރާ ފައިސާއަކީ ފުރިހަމަ ތާހިރު އެއްޗަކަށް ވާންޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

"ހައްޖު ކޯޕަރޭޝަނުން ވަކި ރަށެއް ނަގައިގެން އަމިއްލައަށް ނުވަތަ ބޭރުގެ އިސްލާމީ އެހެން މުއައްސަސާއަކާ ގުޅިގެން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ހައްޖުގެ އަޅުކަމުގެ އަގު ކުޑަކުރަން ރަނގަޅު ފައިދާއެއް ލިބޭނެ މަގަކަށް ވެދާނެ."

ހަލާލް ޓޫރިޒަމަކީ އިސްލާމީ ސަގާފަތާ އެއްގޮތް މާހައުލެއްގަައި ކުރެވޭ ކަމެއް ކަމަށާއި އެއީ ވަކި އުސޫލެއްގެ ދަށުން ކުރެވޭ ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝަރުއީ ހަމަތަކުގެ މަތިން ކުރެވޭ ކަންކަން އެ ނޫން ގޮތަކަށް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަނުން އެކި ކަންކަމަށް އިންވެސްޓްކުރާއިރު، އެ ކަންކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިސްކިތުގައި ނަމާދަށް ގޮސް ހުންނައިރުގައި ކުޑަދޮރުން ބޭރު ބަލާލީމާ ބިކިނީ ފެންނަ މާހައުލަކީ ހަލާލް ޓޫރިޒަމްގެ މާހައުލެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ޝަހީމް ވަނީ ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެ ކ. މާފުށީގައި ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން އިއުލާނު ކުރިއިރު އޭނާއާ އެކަން ހިއްސާ ނުކުރުމުން މީގެ ކުރިން ނުރުހުން ވެސް ފާޅުކުރައްވައިފަ އެވެ.

ހައްޖު ކޯޕަރޭޝަނުން މާފުށީގައި ޓުއަރިޒަމްގެ ވިޔަފާރި ކުރަން އުޅޭކަން ހާމަ ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނޮވެމްބަރު، 2024، ގައި ވާހަކަ ދައްކަވަމުންނެވެ.

"އިންވެސްޓުކުރާ ފަރާތްތަކެއް އަޅުގަނޑުމެންނާ އެޕްރޯޗްވެސް ކޮށްފައި ވަނީ. މާފުށްޓަކީ މިހާރުވެސް ޓޫރިޒަމަށް އެސްޓެބްލިޝްޑް ތަނެއް ވީމާ ވަރަށް ރިސްކު ކުޑަ މި ވިޔަފާރީގައި،" ޝަކީލް ވިދާޅުވި އެވެ

ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު، 2024، ގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުން ރަނގަޅު ނޫން ކަމަށެވެ.

"ހުރިހާ ކުންފުނިތަކުން، އެޗްޑީސީ އާއި ނޫން ކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަން އާއި ނޫނިއްޔާ ފެނަކައާ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމާ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،" ޒަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox