ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއިން ކުރިއަށްގެންދަނީ. ގުޅީފަޅު ހިއްކަން ތިން މި ސަރުކާރު ހިމެނޭހެން ތިން ސަރުކާރަކުން މަޝްރޫއުތައް ހިންގި. މިއާއެކު އެ ރަށުގެ ބޮޑުމިން 303 ހެކްޓަރަށް އަރާނެ --- ފޮޓޯ: ބޮސްކާލިސް

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއިން ކުރިއަށްގެންދަނީ. ގުޅީފަޅު ހިއްކަން ތިން މި ސަރުކާރު ހިމެނޭހެން ތިން ސަރުކާރަކުން މަޝްރޫއުތައް ހިންގި. މިއާއެކު އެ ރަށުގެ ބޮޑުމިން 303 ހެކްޓަރަށް އަރާނެ --- ފޮޓޯ: ބޮސްކާލިސް

ކުރީ ސަރުކާރުން ގޯތި ދިނުމަށާއި ފްލެޓް އެޅުމަށާއި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރާ ގޮތަށް ހިއްކަން ފެށި ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މި ހިނދުން ފެށިގެން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހައިކޯޓުން މި މައްސަލައިގައި އަމުރު ނެރުނީ، ސިވިލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް އިއްވަންދެން ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ޖެހޭ ކަމަށެވެ. އެ ކޯޓުން މި އަމަރު ނެރުނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކުރަން ހުށަހެޅުމުންނެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ.

Advertisement

ގުޅިފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއްކަމުގައިވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ފަނާ ވެގެންދާނެ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.

މި މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބުނު ރައުޔުގައި މި ނިންމުމަށް ވާސިލުވީ ސަބަބެއް ކަމަށް ފާހަގަކުރީ ދައުލަތަށް ލިބެން އޮތް މާލީ ގެއްލުމާ އަޅާކިޔާއިރު، ތިމާވެށި ރައްކާތެރިކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފި ނަމަ އިއާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި، ދިގު މުއްތަކަށް ދެމިގެން ގޮސްދާނެ ގެއްލުންތަކެއް ލިބުމެވެ.

ތިމާވެއްޓަށް ގެއްލުން ވަމުންދާ ކަމަށް ފަނޑިޔާރުން ނިންމީ އީއައިއޭ ރިޕޯޓުގައި ބަޔާންކުރާ މިންވަރަށް ސެޑިމެންޓޭޝަން މިންގަނޑުތައް ނުހިފެހެއްޓުމުންނެވެ. ކޯޓުގައި މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި ބައެއް ހާލަތްތަކުގައި ސެޑިމެންޓޭޝަން 50 ޕަސެންޓާއި 100 ޕަސެންޓަށް އަރާފައިވާ ކަން ވެސް ސެޑިމެންޓޭޝަން ރޭޓް މޮނިޓަރިން ރިޕޯޓުތަކުން އެނގެ އެވެ.

މިއީ ތިމާވެއްޓަށް ގެއްލުން ވާތީ ރާއްޖޭގައި ހިންގަމުން ދިޔަ ބިޔަ މަޝްރޫއެއް ކޯޓަކުން ހުއްޓުވި ފުރަތަމަ ފަހަރެވެ.

ހައި ކޯޓުގައި މި މައްސަލަ ބެލީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله ގެ ރައުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދު ކުރެއްވިއިރު ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ތަފާތެވެ.

ތަފާތުވި ރައުޔު: މިއީ ދުސްތޫރީ މައްސަލައަކަށް ވާން ޖެހޭ

މި ބާވަތުގެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްގެ އުސޫލުން ހުށަހަޅަން ޖެހޭ ފަދަ މައްސަލައެއް ކަމަށް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައިވެ އެވެ. އެއީ, އެކަމާ މެދު ވަގުތުން ފިޔަވަޅު އަޅައި ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން ކަމަށް ވެސް އޭނާގެ ރައުޔުގައި ވިދާޅުވެފައިވެ އެވެ.

ތަރައްގީގެ މަގުން ހިންގާ ޕްރޮޖެކްޓެއްގެ ސަބަބުން ތިމާވެށި ހަލާކުވެ އިއާދަ ނުކުރެވޭ ގެއްލުން ލިބޭ ކަމަށް ބުނެ އެ ޕްރޮޖެކްޓެއް ހުއްޓުވުމަށް ވަކި ފަރުދަކު އިދާރީ ގޮތުން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއަށް ކޯޓުން ވަދެ ގާނޫނުތައް ފަނޑިޔާރުންގެ އަތްމައްޗަށް ނެގުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށް ބުރަ ނުވެވޭނެ ކަމަށް ފަނޑިޔާރު ނިޔާޒުގެ ވިދާޅުވެފައިވެ އެވެ.

"ފަނޑިޔާރުންގެ އަމިއްލަ އަތްމައްޗަށް ގާނޫނު ނަގައިގެން މިބާވަތުގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓުވާން ވެއްޖެނަމަ, ހުއްޓުވާނެ ހަމަ މި ބާވަތުގެ އެތައް އެތައް ޕްރޮޖެކްޓެއް މި މުޖުތަމައުގެ ތެރެއިން ފެންނާނެ," އޭނާގެ ރައުޔުގައި ފާހަގަކުރައްވާފައިވެ އެވެ.

ވަކި ފަރުދަކަށް މިފަދަ ޕްރޮޖެކްޓެއް ހުއްޓުވާލުމުގެ ހައިސިއްޔަތު ލިބިގެންވާ ކަމަށް ބެލޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ފަނޑިޔާރު ނިޔާޒު ފާހަގަކުރައްވާފައިވެ އެވެ. އެއީ, މިފަދަ ޕްރޮޖެކްޓެއްގެ އިޖުތިމާއީ އަދި އިގުތިސާދީ ފާއިދާތަކާ މެދު ކޯޓަށް މައްސަލަ ހުށަހަޅާނެ ރައްޔިތުން ތިބޭނެ ކަމަށް ފެންނާތީ ކަމަށް އޭނާ ބަޔާންކޮށްފައިވެ އެވެ.

ގުޅިފަޅު ހިއްކުމުގެ ތާރީހު

މޯލްޑިވްސް ލޭންޑް އެންޑް ސާވެ އޮތޯރިޓީގެ މައުލޫމާތުން އެނގޭ ގޮތުގައި ގުޅިފަޅަކީ 370 ހެކްޓަރުގެ ބޮޑު ފަޅެކެވެ. އެ ފަޅު ހިއްކަން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން 10 ހެކްޓަރުގެ ބިން އެ ފަޅުން ހިއްކަން ފެށީ ޑިސެމްބަރު 2010, ގަ އެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި 40 ހެކްޓަރުގެ ބިން ހިއްކަން ފެށީ ފެބްރުއަރީ 21, 2011 ގަ އެވެ.

އެކަމަކު ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ދައްކާ ގޮތުގައި އެ ބިމުގެ ބޮޑުމިނަކީ 26.91 ހެކްޓަރެވެ. އެހެންކަމުން ނަޝީދުގެ ވެރިކަން ބަދަލުވެ އެ މަޝްރޫއު ހުއްޓުނުއިރު ގުޅިފަޅުގެ ބޮޑުމިނަކީ އެއީ އެވެ.

އެ ސަރުކާރުން ގުޅިފަޅު ހިއްކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ސިނާއީ ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. އެގޮތުން, އެ ތަނުގައި ފްލެޓުތަކެއް އެޅި ނަމަވެސް އެ ރަށް މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އާބާދު ކުރެވިފައި ނުވެ އެވެ.

އެއަށްފަހު, ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެތަނުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގެންގޮސް ހުއްޓާލެއްވި އެވެ. އަދި, މީހުން ދިރިއުޅެން އެ ރަށް އެކަށީގެން ނުވާ ކަމަށް ކަނޑައަޅައި އެ ތަނުން ފްލެޓު ލިބުނު ބައެއް އާއިލާތަކަށް ބަދަލު ވެސް ދެއްވި އެވެ.

އޭގެ ތެރެއިން ގިނަ އާއިލާތަކަށް ބަދަލު ނުލިބި އޮއްވައި އެ ފަރާތްތަކަށް ބަދަލު ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރި ފްލެޓުތަކުގެ ތެރެއިންނެވެ. އަދި, އެ ސަރުކާރުގައި ގުޅިފަޅު އޭރު އޮތް ވަރަށް ވުރެ ބޮޑަށް ހިއްކައި, އެ ތަނުގައި ވިޔަފާރި ބަނދަރު އަޅައި, ބްރިޖަކުން ގުޅުވާލުމަށް މަސައްކަތް ފެށި އެވެ.

އެ މަޝްރޫއުގެ ދަށުން 192 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމައި 42 ހެކްޓަރު ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކަން ފެށީ ޖޫން, 2020, ގަ އެވެ. އަދި, ނިމުނުކަން ސަރުކާރުން އިއުލާނުކުރީ ޖެނުއަރީ, 2021, ގަ އެވެ. އެ މަސައްކަތްތައް ކުރިއަށްދިޔައިރު ކޯޓުގައި މި މައްސަލަ އޮތެވެ.

ބިޑަކާ ނުލައި 53 މިލިއަން ޑޮލަރަށް އެ މަޝްރޫއު ހަވާލުކުރީ އެ ފަޅު ހިއްކުމުގައި އެންމެ ކުރީންސުރެ ހަރަކާތްތެރިވި ނެދަލޭންޑްސްގެ ބޮސްކާލިސް އަށެވެ. ދެވަނަ ފިޔަވަހީގެ ދަށުން 150 ހެކްޓަރުގެ ބިން ހިއްކަން ފެށީ ޖުލައި 2, 2023 ގަ އެވެ. އެ މަސައްކަތް ވެސް 150 މިލިއަން ޑޮލަރަށް ހަވާލުކުރީ ބޮސްކާލިސްއާ އެވެ. އެ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ވެސް ގުޅިފަޅުން ވަނީ ދޫކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވިޔަފާރި ބަނދަރު ތިލަފުށީގައި އަޅާ ގޮތަށް އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ. އަދި, ވިޔަފާރި ބަނދަރު ތިލަފުށީގައި ގާއިމުކުރުމުގެ މަސައްކަތްތައް ވަނީ ފަށާފަ އެވެ.

އޭގެ އިތުރުން ކުރީ ސަރުކާރުން ހިއްކަން ފެށި މަޝްރޫއުއަށް 85 ހެކްޓަރު އިތުރުކޮށް ހިއްކާނެ ކަމަށް މި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެ މަސައްކަތް ކުރިއަށްްދާކަން ހާމަކުރި ނަމަވެސް އިތުރަށް ހަރަދުވާނެ ފައިސާ އާއި އެހެނިހެން ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މި މައުލޫމާތަށް ބަލާއިރު ގުޅިފަޅު މަޝްރޫއު ނިމޭއިރު 303 ހެކްޓަރާ އެކު ގާތްގަނޑަކަށް އެ ފަޅުގެ 82 ޕަސެންޓު ހިއްކާނެ އެވެ. އަދި, ވިލިމާލެ އާއި ތިލަފުށި ތިލަމާލެ ބްރިޖުން ގުޅާލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox