Advertisement

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިންހިއްކަން ފަށައިފި

2 ޖުލައި 2023 - 18:31 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހާއި މިނިސްޓަރު އަސްލަމް, ގުޅިފަޅު ހިއްކަން ފެށުން އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް


ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިންހިއްކަން ފަށައިފި

2 ޖުލައި 2023 - 18:31 0

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ގުޅިފަޅުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފަށްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ގުޅިފަޅުގެ ދެވަނަ ފިޔަވަހި ވެސް ހަވާލުކޮށްފައި ވަނީ އެ ރަށުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކި ބޮސްކާލިސް ކުންފުންޏަށެވެ.

ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން, ދެވަނަ ފިޔަވަހީގައި ގުޅީފަޅު ހިއްކަން ބޮސްކާލިސްއާ ހަވާލުކުރީ, ދެ ބިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހިންގީ, އައިއެންޖީ ލޯނެއް ހަމަޖެހިގެން ބާކީ ބައި ވެސް ބޮސްކާލިސްއާ އެކު ހިއްކާ ގޮތަށެވެ.

ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ, ގުޅިފަޅުގެ ބިމަށް މި ސަރުކާރުން މިހާތަނަށް އިތުރުކުރި 42 ހެކްޓަރުގެ ބިމާއެކު, މިހާރުވެސް ޖުމްލަ 68 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއަދު ފަށާ މަޝްރޫއުގެ ދަސުން އިތުރު 150 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅިފަޅުގެ ބިން ހިއްކުމަށްފަހު އެތަނުން ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ހަމައެއާއެކު, މާލޭގެ ވިޔަފާރިބަނދަރު ވެސް އެތަނަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން މާލެ, ވިލިމާލެ އަދި ތިލަފުށްޓާއެކު ގުޅިފަޅު ވެސް ގުޅާލާނެ އެވެ.

ގުޅިފަޅަކީ އާންމުކޮށް ހިއްކާ ފަޅުތަކަށް ވުރެ ފުން ފަޅެކެވެ. މިހެންކަމުން މަޝްރޫއަށަށް ހިނގާ ހަރަދު ބޮޑުވުމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކޮށްފައިވެ އެވެ. ތިމާވެށި ރައްކާތެރިކުރަން ވަކާލާތުކުރާ މީހުންގެ ނުރުހުން ވެސް މި މަޝްރޫއަށް ވަނީ އަމާޒުވެފަ އެވެ.