2025 ގައި ގައުމީ ކޯޗުންނާއި ކުޅުންތެރިންނަށް މުސާރަ ބޮޑުވާނެ

ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ރާފިއު (ކ) އާއި ސްޓޭޓް މިނިސްޓަރު ރިޔާޒް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ރާފިއު (ކ) އާއި ސްޓޭޓް މިނިސްޓަރު ރިޔާޒް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދެމުން އަންނަ މުސާރައިގެ ފަރަގު ނައްތާލާ ކުރިން ދެމުން އައި ވަރަށް ވުރެ ބޮޑު މުސާރައެއް 2025 ވަަނަ އަހަރުން ފެށިގެން ދެވޭނެ ކަމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ރިޔާޒް (ރިޔާޒް) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ޕީއެސްއެމް ރޭޑިއޯ ބިލްޑިންގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، "އަދަދު" އިން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި، ރިޔާޒް ވިދާޅުވީ، މިދިޔަ އަހަރުގެ ފަހު ތިން މަހު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވި ލަސްވި ކަމަށެވެ. އެކަމަކު، އެކަންކަން ސަޕްލިމެންޓަރީ ބަޖެޓްގެ ތެރެއިން ހަމަޖައްސައި، ކުޅުންތެރިންނަށް ދީ ނިމުމަކާ ހަމައަށް އަތުވެފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މި ސަރުކާރުން، ކުޅުންތެރިންނާއި ކޯޗުންނަށް ނޫނީ ޓީމު އޮފިޝަލުންނަށް ދޭ މުސާރައިގެ ކަންކަމުގައި އަމަލުކުރާނެ ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން ރިޔާޒް ވިދާޅުވީ، އެ އަށް ދޭން އޮތީ "ވަރަށް ކުރު ޖަވާބެއް" ކަމަށެވެ.

"ތިއީ އަޅުގަނޑުމެން ނިންމާފައި އޮތް ކަމެއް. ފުރަތަމަ ހަފްތާ ތެރޭގައި ވެސް ދެކެވިފައި އޮތް ވާހަކައެއް އެއީ، ކުޅުންތެރިންނާއި ހާއްސަކޮށް ކޯޗު، ދެން އެ ކުޅިވަރެއްގެ ގޮތުން އެ ތިބޭ އޮފިޝަލުންގެ މުސާރައިގެ ފަރަގެއް އޮވެގެން ނުވާނެ ކަމަށް،" ކުރިން ވޮލީ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި ރިޔާޒް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމެނޭ އެއް ކަމަކީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބޭ މުސާރަ ބޮޑުކުރުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެކަމަކު، މި ވަގުތު މުސާރަ ބޮޑު ކުރެވެން ނެތް ސަބަބަކީ، މި އަހަރަށް ތައްޔާރުކުރި ބަޖެޓްގައި ނުހިމެނޭ ހަރަދުތަކެއް ކުރަން ޖެހުން ކަމަށާއި އޭގެ ތެރޭގައި "އަރުތަ" ޕްރޮގްރާމަށް އިތުރުކުރި ކުޅުންތެރިންގެ ހަރަދުވެސް ހިމެނޭކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

"ކުރިން ފާާހަގަކުރިހެން، އަރުތަ ޕްރޮގްރާމްގައި އިތުރުވި ކުޅުންތެރިން، 18 އޮކްޓޫބަރުގައި އިތުރުވި ކުޅުންތެރިންނަކީ މި އަހަރުގެ ބަޖެޓްގައި ވެސް ނުހިމެނި އިތުރު ކުރެވުނު ކުޅުންތެރިން. ބަޖެޓަށް ވެސް ބަލާފައި އިރާދަކުރެއްވިއްޔާ، 2025 ވަނަ އަހަރުގައި ނެޝަނަލް ޓީމުތަކުގެ އެލަަވަންސް ދެވިގެންދާއިރުގައި ކުޅުންތެރިންނާއި އޮފިޝަލުންގެ އެ ފަރަގެއް ނީންނާނެ،" ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިގެ ފަރަގެއް އޮތުމުން އެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭނެ މިހާރު ލިބޭ މުސާރަ ބޮޑުކުރުން ވެސް. އެ ވެސް މި އަހަރު ތެރޭގައި އޭގެ ގްރައުންޑްވޯކް ކުރެވި، އަޅުގަނޑުމެން ކައުންސިލުން އޭގެ ފައިނަލް ލަފާ ހޯދައިފައި ހަމަ އިމްޕްލިމެންޓްކުރާނެ ކަމެއް އެއީ. ކުޅުންތެރިންނާއި އޮފިޝަލުންނަށް އެއްވަރަށް މުސާރަ ދިނުމާއި މިހާރު ދޭވަރަށް ވުރެ ބޮޑުކޮށްދިނުމާ،"

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ/އެލަވަންސް ދޭން ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ މުސާރަ ދިންއިރު، ކުޅިވަރުތަކުގައި ފަރަގުތަކެއް ހުރި އެވެ. އަދި ކުޅުންތެރިން ވެސް ވަނީ އެކި ގިންތިތަކަށް ބަހާލައިފަ އެވެ.

އެކަމަކު، 2018 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކަން ހިންގުމާ ހަވާލުވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ހުރިހާ ކުޅިވަރެއް ހަމަހަމަކޮށް ގެންދިއުމުގެ ސިޔާސަތެއްގެ ތެެރެއިން، ކޮންމެ ގައުމީ ޓީމެއްގެ ކުޅުންތެރިއަކަށް 5000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިފަ އެވެ.

އެކިއެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް އެލަވަންސް/މުސާރަ ދިނުމަށް މަހަކު 1.4 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށް މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ވިދާޅުވި އެވެ. އެކަމަކު، އެ މުސާރަ ބަރާބަރަށް ވަގުތަށް ނުލިބޭ ކަމުގެ ޝަކުވާ ކުޅުންތެރިން ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox