ސާފް ފައިނަލުގައި ޕާކިސްތާނަށް އިންޑިއާ ބަލިކުރަން އެނގޭނެ: ސޮލާނޯ

Nov 17, 2026, 8:34 AM
ޕާކިސްތާންގެ ޓްރެއިނިންގެ ތެރެއިން އެ ޓީމުގެ ކޯޗު ސޮލާނޯ (ކ) އާއި އެސިސްޓަންޓް ކޯޗު ބްރެމްބަލް

ޕާކިސްތާންގެ ޓްރެއިނިންގެ ތެރެއިން އެ ޓީމުގެ ކޯޗު ސޮލާނޯ (ކ) އާއި އެސިސްޓަންޓް ކޯޗު ބްރެމްބަލް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމު ބަލިކުރަން ޕާކިސްތާނަށް އެނގޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެރޫގެ ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި އިންޑިއާ ވާދަކުރީ އެއް ގްރޫޕެއްގަ އެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާ އިން ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނެގިއިރު، މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި ޕާކިސްތާނުން ޖެހި ގޯލުތަކާ އެކު، އެ މެޗުން އިންޑިއާ މޮޅުވީ 3-2 އިންނެވެ. 

ފައިނަލް މެޗަށް ނުކުންނައިރު، ޕާކިސްތާނަށް އޮތް އެންމެ ބޮޑު ހިތްހަަމަޖެހުމަކީ ގްރޫޕްް ސްޓޭޖުގެ މެޗުތައް ގެއްލުނު ޕާކިސްތާންގެ ފަސް ކުޅުންތެރިއަކު ސެމީން ފެށިގެން ޓީމާ ގުޅުމެވެ. އެއީ، ޔޫރަޕްގެ ކްލަބްތަކަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ އެހީއާ އެކު، ޕާކިސްތާނުން ވަނީ ސެމީ ފައިނަލުގައި 1-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. 

މިދިޔަ އަަހަރު ޕާކިސްތާންގެ ކޯޗުކަމާ ހަވާލުވެ، ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ސޮލާނޯ ބުނީ، އިންޑިއާ އަށް އިހުތިރާމް ކުރި ނަމަވެސް ފައިނަލް މެޗަކަށް ތައްޔާރުވާން ޖެހޭ ހުރިހާ ކަމަކަށް ވިސްނައިގެން މެޗަށް ކުރިމަތިލާނެ ކަމަށެވެ.

"އަހަރެމެން އަބަދުވެސް މި ދަނީ ބަލަމުން. މިއީ، ފުޓްބޯޅަ މީގެ ސިއްރަކުން މާ ގިނަ ކަމެއް ނުކުރެވޭނެ. އެ މީހުން ކުޅޭނެ ގޮތް އެނގޭ. އެކަމަކު، އެންމެ މުހިންމު ކަމަކީ އަަހަރެމެން އަމިއްލަ ކަންކަމާ މެދު ވިސްނައި އެ ރަނގަޅުކުރަން އިސްކަންދިނުން. އަހަރެމެންނަށް އެނގޭ އަހަރެމެންގެ ރަނގަޅު ކަންކަން، އަދި އޭގެއިން އިންޑިއާ އަށް ގެއްލުން ދެވޭނެ ގޮތް،" ސޮލާނޯ ބުންޏެވެ. 

މިއީ، ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، އިންޑިއާ އިން މި ނުކުންނަނީ، 14 ވަނަ ސާފް ޗެމްޕިއަންޝިޕް ފައިނަލަށެވެ. އިންޑިއާ އިން ނުވަ ފަހަރަށް މި މުބާރާތުގެ ތަށި ވަނީ ހޯދައިފަ އެވެ. 

ޕާކިސްތާނުން ވަނީ މި އަހަރު ބައިނަލްއަގުވާމީ މުބާރާތެއްގެ ތަށި ހޯދައިފަ އެވެ. އެއީ، މިދިޔަ ޖޫން މަހު، މާލޭގައި ބޭއްވި ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދިޔަ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތެވެ. 

ސޮލާނޯ ބުނީ، މި އަހަރު މިހާތަނަށް ޕާކިސްތާނުން ގިނަ އިންޓަނޭޝަނަލް މެޗުތަކެއް ކުޅެފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނީ މުބާރާތުގެ މެޗުތައް ކަމަށެވެ. އަދި، ޑައިމަންޑް ޖުބިލީ މުބާރާތުގެ ކާމިޔާބީ އާއި އާސިއާން ކަޕްގައި ލިބުުނު ތަޖުރިބާ އިން ޓީމުގެ ހާލަތު ވަރަށް ރަނގަޅަށް ބަދަލުކުރެވިފައިވާ ކަމަށް ސޮލާނޯ ވަނީ ބުނެފަ އެވެ. 

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އިންޑިއާ އާއި ޕާކިސްތާން 30 މެޗު ކުޅެފައިވެ އެެވެ. އިންޑިއާ އިން 17 މެޗުން މޮޅުވިއިރު، ޕާކިސްތާނަށް މޮޅުވެވުނީ ހަތަރު މެޗުންނެވެ. އަދި، ނުވަ މެޗެއް ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗު އޮތީ މިރޭ، 7 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނެޓްބޯޅަ ކޮމްޕްލެކްސް އިން ކުޅިވަރުގެ ދުރުރާސްތާ ޕްލޭނަށް ފައިދާ

ސަރުކާރުގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ ދަށުން ހުޅުމާލޭގައި ބިނާކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އަޅައިފި. މި ކޮމްޕްލެކްސްގައި ފަސް ޕިޗު ހިމެނޭއިރު، މިއީ ނެޓްބޯޅައިގެ އިތުރުން އެހެނިހެން އިންޑޯ ކުޅިވަރުތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެހެން ފަރުމާކުރެވިފައިވާ ތަނެއް.

އެފްއޭއެމް ވިމެންސް ލީގު: މާޒިޔާ އާއި ނިއު ފެށީ ބޮޑު މޮޅަކުން

އެފްއޭއެމް ވިމެންސް ލީގުގެ ފުރަތަމަ މެޗުތަކުން މާޒިޔާ އާއި ނިއު ރޭޑިއަންޓް ބޮޑު ތަފާތަކުން މޮޅުވެއްޖެ. މާޒިޔާއިން އެމްއެސް މޭޓްސް އަތުން 8-0 އިން މޮޅުވިއިރު، ނިއު ރޭޑިއަންޓުން ވަނީ ދަ ގްރާންޑޭ އަތުން 15-0 އިން ކުރިހޯދާފައެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެވަނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު.

ޖޭޖޭ ސްޕޯޓްސް ކްލަބުން ކޮޅުނބު ފުޓްސަލް ކަޕް ތަށި ދިފާއުކޮށްފި

ސްރީ ލަންކާގައި ބޭއްވި ކޮޅުނބު ފުޓްސަލް ކަޕްގެ ފައިނަލުގައި ލާސްޓް ވޯނިން އެފްސީ 3-0 އިން ބަލިކޮށް، ޖޭޖޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފި. މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ޖޭޖޭ މޮޅުވެފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނޭ

އިޓަލީ ކަޓުވާލައި ބެލްޖިއަމުން ނޭޝަންސް ލީގު ކުއާޓާ އަށް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން 4-1 ގެ ބޮޑު ތަފާތަކުން އިޓަލީ ބަލިކޮށް، ބެލްޖިއަމުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި. އިޓަލީން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބެލްޖިއަމުން ފަހަތުން އަރައި ފަސް ލަނޑު ޖެހިއިރު، މި ނަތީޖާއާއެކު އިޓަލީ ވަނީ މުބާރާތުން ކަޓާފައި

އިންގްލެންޑް އަތްދަށުވެ ސްޕެއިންގެ ބަލިނުވުމުގެ ރެކޯޑް ނިމިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑް އަތުން 3-2 އިން ބަލިވެ، ސްޕެއިން މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި 43 މެޗުގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެ. މި މެޗުގައި އިންގްލެންޑުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ސްޕެއިނުން ދެ ލަނޑު ޖެހި ނަމަވެސް މެޗުން މޮޅުވެވޭ ގޮތެއް ނުވި

އުންމީދަކީ 18 މަސް ދުވަސް ތެރޭ ފުޓްސަލް އެރީނާ ނިންމުން: ރާފިއު

ހުޅުމާލޭގައި ބިނާކުރާ ފުޓްސަލް އެރީނާގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އުންމީދެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ވަސީލަތްތައް ގާއިމުކުރުމަށް ފެށި މުހިންމު މަސައްކަތެއް

ނެޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ބައިނަލްއަގުވާމީ ފެންވަރުގެ ނެޝަނަލް ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ވަނީ ފަށާފައި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަލްޓި-ލެވެލް އެރީނާގައި ފަސް ކޯޓާއި، ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަން ވަނީ ހަމަޖެހިފައި.

Newsletter

Get the latest news delivered straight to your inbox