އެފްއޭއެމަަށް އަރާފައިވާ ވިގަނީގެ ކަންކަން ނުނިމެނީސް މި ފަހަރު ހުއްޓާލުމެެއްނެތް: ތޯރިގު

އެފްއޭއެމްގެ ރައީސަކަށް ކުރިން ހުންނެވި ތޯރިގު (ޓޮމް): ކުރިއަށް އޮތް އިންތިހާބުގައި ވެސް ވާދަކުރައްވަން ވަނީ ނިންމަވާފައި.---

އެފްއޭއެމްގެ ރައީސަކަށް ކުރިން ހުންނެވި ތޯރިގު (ޓޮމް): ކުރިއަށް އޮތް އިންތިހާބުގައި ވެސް ވާދަކުރައްވަން ވަނީ ނިންމަވާފައި.---

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަރާފައިވާ "ވިގަނީގެ ކަންކަން ނުނިމެނީސް" މި ފަހަރު ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމެެއް ނެތް ކަމަށް އެފްއޭއެމް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް އިން ގަވާއިދާ ހިލާފަށް ކަންކަން ކުރަމުން އަންނާތީ، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް، ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ.

Advertisement

އެ އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި، މުއްދަތު ހަމަވުމުގެ ކުރިން، ކެންޑިޑެސީ ފޯމު ހުށަހެޅީ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގުގެ އިތުރުން، އެފްއޭއެމްގެ އެންމެ ފަހުން ދެ ދައުރުގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯ މެމްބަރު، ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.

އެފްއޭއެމް ރައީސް ކަމަށް ކުރިމަތިލާން ކެންޑިޑެސީ ހުށަހަޅާއިރު، ފުރަތަމަ ޑިވިޝަނުގެ ތިން ޓީމެއްގެ ތާއީދު އޮތްކަން ކަށަވަރުކުރަން ޖެހެ އެވެ. ވެެލެންސިއާގެ ބޯޑް މެމްބަރުންގެ ރިޒޮލިއުޝަނަކުން (މެޖޯރިޓީ މެމްބަރުންގެ ތާއީދާ އެކު) ފާސްކޮށްފައިވާ ނިންމުމަކީ، ތޯރިގު އަށް ތާއީދު ކުރުމަށެވެ.

އެހެންވެ، ތޯރިގުގެ ފޯމު ހުށަހަޅަން އޭނާއާ އެކު، ވެލެންސިއާގެ ޗެއާމަން، ކުރީގެ ނޫސްވެރިޔާ، އަބްދުﷲ އަޒްމީން ވެސް ވަޑައިގެންނެވި އެވެ.

ތޯރިގުގެ ފަހުން، ކެންޑިޑެސީ ހުށަހެޅި މުފާ އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީއެއް އޮތެވެ.

އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީ އަށް އެކަން ސާފުކޮށްދޭން، ވެލެންސިއާ އިން ވަނީ މިއަދު ސިޓީއެއް ފޮނުވައިފަ އެެވެ. އެ ސިޓީގައި ވަނީ، ތޯރިގު އަށް ތާއީދުކުރަން ދީފައިވާ ސިޓީގެ އިތުރުން، ދެން އޮތް ސިޓީގެ މައްސަލަ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.

ތޯރިގު، ތުހުމަތު ކުރެއްވި ގޮތުގައި، މުފާ އަށް ތާއީދުކޮށް، ވެލެންސިއާ އިން ސިޓީ ހޯދީ "ބިރުދައްކައިގެން" ކަމަށެވެ.

"ކުލަބު ވެލެންސިޔާގެ ލިޔުމެއްކަމަށް ދެއްކުމަށް ސޮއިކުރުމުގައި އެކުލަބެ ބައެއް ބޯޑު މެންބަރުން އަށް ބިރުދައްކައިގެ ފަތިސްގަޑީގައި ސޮއި ހޯދިކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަޔާއި ވެލެންސިޔާގެ ލިޔުމެއް ފޯޖްކުރި މައްސަލަ ތަޙްޤީޤްކޮށް ދިނުމަށް ފުލުހަށް ހުށަހަޅާނަން.،" ތޯރިގު، އޭނާގެ ރަސްމީ ފޭސްބުކްގައި ލިޔުއްވި އެވެ.

"ފުޓްބޯޅަ އެސޯސިއޭޝަނަށް އަރާފައިވާ ވިގަނީގެ ކަންކަން ނުނިމެނީސް މިފަހަރު ހުއްޓާލުމެެއްނެތް،"

ތޯރިގު، މި ގޮތަށް ވާހަކަ ދެއްކެވީ، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، ބައްސާމް އަމިއްލަ އަށް ނުފޫޒުގެ ބޭނުންކޮށްގެން ކަންކަންކުރާތީ، އެ އަށް އިޝާރާތްކޮށް ކަމަށް ބެލެވެ އެވެ. އެފްއޭއެމްގެ އިންތިހާބުގައި މި ފަހަރު، ތޯރިގުއާ ވާދަކުރައްވާ މުފާގެ ޓީމުގައި ބައްސާމާ އެކު މަސައްކަތްކުރި ގިނަ ފަރާތްތަކެއް ހިމެނޭއިރު، ބައްސާމްގެ ތާއީދު ވެސް އޮތީ އެ ޓީމަށެވެ. ވެލެންސިއާ އަކީ ބައްސާމްގެ ކޮންޓްރޯލްގައި މިދިޔަ އަހަރުތަކުގައި އޮތް ޓީމެކެވެ. އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ގެންނަން މަގުކޮށަައިދިނީ ވެލެންސިއާ އިންނެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ތޯރިގު ހުންނެވިއިރު، އޭނާ އަށް އެ މަގާމު ގެއްލުނީ އޭރު ޖެނެރަލް ސެކްރެޓަރީ އަކަށް ހުރި ބައްސާމާ އުފެދުނު ހިޔާލު ތަފާތުވުމެއްގެ ތެރޭގަ އެެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި، ތޯރިގު މަސައްކަތް ކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ، ތިން މަހާ ކުޑަ ދުވަސްކޮޅެއް ވަންދެނެވެ.

އެ ގޮތުން، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓޮމްއާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުނެވެ. އެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވައި، ކާމިޔާބު ހޯދީ މިހާރު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމް ދެ ވަނަ ދައުރު ފުރިހަމަ ކުރަމުން ދަނިކޮށް، ހިންގާ ކޮމިޓީގެ މެޖޯރިޓީ މެމްބަރުން ވަނީ އިސްތިއުފާ ދީފަ އެވެ.

ބައްސާމްގެ ދެ ވަނަ ދައުރު މިހާރު ހިނގަމުން އަންނައިރު، ހިންގާ ކޮމިޓީގެ ފަސް މެމްބަރުން ވަނީ އިސްތިއުފާ ދީފަ އެވެ. އެއާ އެކު، ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެކްސްކޯގެ މެޖޯރިޓީ ގެއްލި، ބައްސާމްގެ ހިންގާާ ކޮމިޓީ އުވުނީ އެވެ.

އެކަމަކު، މަގާމުގައި ދެމިހުންނަން ބައްސާމްގެ ފަރާތުން ދިފާއުގައި ދައްކާ ވާހަކަ އަކީ، އަދިވެސް ހިންގާ ކޮމިޓީގައި ފަސް މެމްބަރުން ތިބި ކަމަށް ބުނެ އެވެ. އެކަމަކު، އެންމެ ފަހުން ހިންގާ ކޮމިޓީ އަށް އައްޔަންކުރި، އަބްދުﷲ ޝިބާއު (ޝިބާ) އެ މަގާމަށް ގެންނަން އަސާސީ ގަވާއިދު ބުނާ ކަންކަން ފުރިހަމަ އަށް ކޮށްފައިނުވެ އެެވެ. މި މައްސަލަ ކޮމިޝަނާ އޮފް ސްޕޯޓްސް އިން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox