އާސަހަރާ މިސްކިތުގެ މަރާމާތު ނުނިމި ކޮންޓްރެކްޓް ބާތިލްކޮށްފި, ކޮންޓްރެކްޓަރަށް އޮތީ ހަތަރު މިލިއަން ރުފިޔާ ދީފައި

އާސަހަރާގެ މަރާމާތަށް ވަށާފާރު ހަލާކުކޮށް، މަސައްކަތުގެ މެދުތެރެއިން ބާއްވާފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އާސަހަރާގެ މަރާމާތަށް ވަށާފާރު ހަލާކުކޮށް، މަސައްކަތުގެ މެދުތެރެއިން ބާއްވާފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމާތު ކުރަން ހަވާލުކުރި ކޮންޓްރެކްޓަރަށް އެ މަސައްކަތުގެ އަގުގެ ތެރެއިން 3.9 މިލިއަން ރުފިޔާ ވެސް ދީފައި ވަނިކޮށް، މަސައްކަތުގެ މެދު ތެރެއިން ކޮންޓްރެކްޓް ބާތިލުކޮށްފި އެވެ.

އާސަހަރާ މިސްކިތުގެ މަރާމާތަށް އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ފެށީ މިދިޔަ މެއި މަހު އެވެ. އެއިރު ސިޓީ ކައުންސިލުން ބުނި ގޮތުގައި ދެ މަސް ފަހުން މަރާމާތުގެ މަސައްކަތް ނިމިގެން ހިދުމަތް ދެވެން ފެށޭނެ އެވެ.

އެކަމަކު މިއަދާ ހަމައަށް އެ ސަހަރައްދު ރޫޅާލުމުގެ މަސައްކަތާއި ކޮންކްރީޓު ތަނބުތަކެއް ޖެހުމުގެ އިތުރަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތެވެ. އަދި ކޮންޓްރެކްޓަރާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ނިންމާފައިވާތީވެ، ތިން ކައުންސިލަރަކު ވަނީ މައުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅައިފަ އެވެ.

މަޝްރޫއު ކުރިއަށް ދިޔަ ގޮތުގެ ތަފްސީލް ދިނުމަށް އެންމެ ފަހުން ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމަށް، އެ މަޝްރޫއުގެ އިދާރީ އަދި ފަންނީ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ވަނީ ކައުންސިލަރުންގެ ޖަލްސާއަށް ހާޒިރުކޮށްފަ އެވެ.

އެ މުވައްޒަފުން، ޖަލްސާގައި މައުލޫމާތު ދިން ގޮތުގައި، ކޮންޓްރެކްޓަރަށް މަސައްކަތް ހަވާލުކުރި ފަހުން މިސްކިތުގެ ޑިޒައިނާއި އާސަހަރާގެ ކުރެހުމަށް ވެސް ބަދަލުތަކެއް ގެންނަން ބޭނުންވެގެން އެ ކަން ކުރިއަށް ގެންދިޔަ ކަމަށެވެ.

މަސައްކަތް މަޑުޖެހިގެން ދިޔުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ އެއީ އޭނާ ބުންޏެވެ.

އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރޭގައި ތަނބުތައް ޖަހާފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރޭގައި ތަނބުތައް ޖަހާފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރޭގައި ތަނބުތައް ޖަހާފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އޭނާ ގަބޫލު ކުރާ ގޮތުގައި ފަހުން ގެނައި ބަދަލުތަކާއެކު އޮތް ކުރެހުންތަކަށް ބެލުމުން، ނިމިފައި ވަނީ 45 ޕަސެންޓެވެ. ނަމަވެސް ކޮންޓްރެކްޓަރާ ހަވާލުކުރި އެއްބަސްވުމުގައިވާ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.

"[ޑިޒައިނަށް ގެނައި ބަދަލުތަކުގެ ސަބަބުން ވެސް] އިތުރު ހަރަދުތަކެއް މީގެ ތެރެއިން ދިޔަ. ވަކި ޝެޑިއުލްއެއް ރެޑީކޮށް ގެނައި ބަދަލުތަކާއެކު ގެންދަން ދެން މަސައްކަތް ކުރަން ޕޭމަންޓްތައް ރިލީޒު ކުރީ،" އިދާރީ މުވައްޒަފުންގެ މޭޒުން ކިޔައިދެމުން ދިޔަ އެވެ.

މި މަސައްކަތަކީ ސިޓީ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މަޝްރޫއަށް ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާ އެވެ. މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް، ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ ވަނީ ކޮންޓްރެކްޓަރަށް ދީފަ އެވެ.

އާސަހަރާއި މިސްކިތުގެ މަރާމާތުގެ މަސައްކަތް މަޑުޖެހިފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އާސަހަރާއި މިސްކިތުގެ މަރާމާތުގެ މަސައްކަތް މަޑުޖެހިފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އާސަހަރާއި މިސްކިތުގެ މަރާމާތުގެ މަސައްކަތް މަޑުޖެހިފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަޝްރޫއު ގެންދިޔަ ކައުންސިލްގެ ބިއުރޯ މުވައްޒަފުން ބުނި ގޮތުގައި ކުރިން އަންދާޒާ ނުކުރެވޭ ބައެއް ހަރަދުތައް ވެސް ހިނގާފައިވެ އެވެ. އަދި އޭގެ ސަބަބުން ވެސް މަޝްރޫއަށް އިތުރު ލަސްތަކެއް އައި ކަމަށް ބުންޏެވެ.

"ކުރެހުމަށް ގެނައި ބަދަލުތަކާއި ކަންމަތި ތަޅާލިއިރު އެމްޑަބްލިއުއެސްސީގެ ޕަމްޕު ސްޓޭޝަނެއް ހުރުމުން އެ ކަން ހައްލުވީ 20 ދުވަސް، ސްޓެލްކޯގެ ކަރަންޓު ބޯޑެއް ވެސް ހުރޭ، ފާރުގެ އެ ބައި ތަޅައިނުލެވި އޮތީ." ބިއުރޯގެ މުވައްޒަފު ބުންޏެވެ.

އާސަހަރާގެ މަރާމާތަށް ކައުންސިލުން ފާސްކުރި ބަޖެޓުން އެއް މިލިއަން ރުފިޔާ ފިޔަވައި ދެން ހުރި ފައިސާ ހަރަދުކޮށްގެން ހަމައެކަނި ކޮންކްރީޓު ތަނބުތަކެއް ޖެހިފައިވާތީ، ބައެއް ކައުންސިލަރުން ޖަލްސާގައި ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރަކީ ކޮބައިކަން، ޖަލްސާއިން ސާފެއް ނުވެ އެވެ. މި ކަމުގައި ސިޓީ ކައުންސިލްގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox