ފްލޯޓިން ސިޓީ މަޝްރޫއު ހިމަނައިގެން އަންނަ އަހަރު 342 އޮޑިޓެއް ކުރަން ނިންމައިފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ނިޔާޒީ އާއި އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އައިމަން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލް ނިޔާޒީ އާއި އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އައިމަން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީ މަޝްރޫއު ހިމަނައިގެން އަންނަ އަހަރު ޖުމުލަ 346 އޮޑިޓެއް ކުރަން ރާވާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށް މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ވަނީ އަންނަ އަހަރަށް އެކުލަވާލާފައިވާ އެނުއަލް ވޯކް ޕްލޭން ހުށަހަޅާފަ އެވެ. މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ ފައިނޭންސް އެންޑް ކޮމްޕްލައިންސް އޮޑިޓުގެ ގޮތުގައި 294 އޮޑިޓު، އޮޑިޓު ރިވިއުސްގެ ގޮތުގައި 39، ސްޕެޝަލް އޮޑިޓުގެ ގޮތުގައި ފަސް އޮޑިޓު، ޕާޕޯމަންސް އޮޑިޓުގެ ގޮތުގައި ހަތަރު އޮޑިޓެއް، އިންފޮމޭޝަން އޮޑިޓުގެ ގޮތުގައި ހަތަރު އޮޑިޓެއް ކުރިޔއަށް ގެންދާނެ ކަމަށެވެ.

މި އޮޑިޓުތަކުގެ ތެރޭގައި ކައުންސިލްތަކަކާއި ބޮޑެތި އިދާރާތަކާއި ސަރުކާރު ހިއްސާވާ 39 ކުންފުންޏާއި ސަރުކާރުން ހިންގާ 30 މަޝްރޫއެެއްގެ އިތުރުން ތިން ޕަބްލިކް ފަންޑެެއް އަންނަ އަހަރު އޮޑިޓްކުރާނެ އެވެ.

މި ސްޕެޝަލް އޮޑިޓްގެ ގޮތުގައި ކުރިއަށްގެންދާނެ އޮޑިޓްތަކަކީ މޯލްޑިވްސް ފްލޯޓިން ސިޓީ ޕްރޮޖެކްޓް ވެސް ހިމެނެ އެވެ. މިއީ ޑަޗް ޑޮކްލޭންޑްސް އަދި ދިވެހި ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓް ނުނިމި އެތައް އަހަރެއް ހޭދަވެފައިވާއިރު، ޕްރޮޖެކްޓުގެ ޕްލޭން އެކި ގޮތްގޮތައް ބަދަލުކޮށް ނިންމަން ދީފައިވާ މުއްދަތު އެކި ފަހަރު މަތިން އަންނަނީ އިތުރުކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި މަޝްރޫއުގެ މާބޮޑު މަސައްކަތްތަކެއް ކުރިއަށްދާ ތަނެއް ނުފެނެ އެވެ.

އަންނަ އަހަރު ކުރަން ރާވާފައިވާ ސްޕެޝަލް އޮޑިޓުގެ ތެރޭގައި ފްލޯޓިން ސިޓީ ޕްރޮޖެކްޓުގެ އިތުރުން، އެސްޓީއޯ އާއި ފިއުލް ސަޕްލައިގެ ތެލުގެ ސްޓޮކް، އެސްޑީއެފްސީ، މޯލްޑިވްސް ސްޓޭޓު ޝިޕިން ކޮމްޕެނީ، ރީޖެނަލް އެއާޕޯޓްސް ކޮމްޕެނީ އެވެ.

ޝާން ވިދާޅުވީ އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ މުޅި ދައުލަތުގެ މާލީ ހިސާބުތައް ފަދަ ބޮޑެތި އޮޑިޓްތައް ކުރަން ކަމަށެވެ. އެގޮތުން ދައުލަތުގެ ދަރަންޏާއި ގެރެންޓީ ތަކާއި ފިސްކަލް ސްޓްރެޓެޖީ އަދި ދަރަނި ސްޓްރެޓެޖީ އާއި ބަޖެޓް ޕޮޒިޝަން ރިޕޯޓް، އަދި ހުރިހާ މިނިސްޓްރީ އަކާއި މުއައްސަސާއެއް އޮޑިޓް ކުރާނެ ކަމަށް އޭނާ ވިދަޅުވި އެވެ.

މިއަދުގެ ކޮމިޓީގައި އޮޑިޓް އޮފީހުން ވަނީ އެ އޮފީސް ހިންގުމަށް އަންނަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށް ވެސް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox