ސިނަމާލެއާއި އެހެން ބައެއް ފްލެޓުތައް ދޫކޮށްލާ މީހުންނަށް ފްލެޓު ދެނީ

ކުރީގެ ރައީސް މައުމޫން ސަރުކާރުގައި އެޅި ސިނަމާލެ ފްލެޓުތައް: ހައުސިން މިނިސްޓްރީން ބުނީ އެ ފުލެޓްތަކާއި ކުރީގެ އެހެން ފްލެޓުތައް ލިބިފައިވާ މީހުންނަށް ސަރުކާރުން ދޫކުރާ ބިން އަދި ފްލެޓަށް އެދެވޭނެ ކަމަށެވެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް މައުމޫން ސަރުކާރުގައި އެޅި ސިނަމާލެ ފްލެޓުތައް: ހައުސިން މިނިސްޓްރީން ބުނީ އެ ފުލެޓްތަކާއި ކުރީގެ އެހެން ފްލެޓުތައް ލިބިފައިވާ މީހުންނަށް ސަރުކާރުން ދޫކުރާ ބިން އަދި ފްލެޓަށް އެދެވޭނެ ކަމަށެވެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގައި ދޫކުރި ސިނަމާލެ އަދި އެހެން ބައެއް ފްލެޓުތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓު އަދި ބިމަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރޭ ވިދާޅުވީ، ރައީސް މައުމޫން ސަރުކާރުގައި ހުޅުމާލޭގައި އަޅާފައި ހުރި ފްލެޓުތަކާއި ސިނަމާލެ ފްލެޓުގައި ދިރިއުޅޭ މީހުންނަށް އަލުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދި އެގޮތަށް ކުރިމަތި ލައިގެން ފްލެޓު ދޫކުރާނީ މިހާރު ދިރިއުޅޭތަން ދޫކޮށްލާނަމަ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ކުރީގެ ރައީސް މައުމޫން ސަރުކާރުގައި އެބަހުރި ވަރަށް ކުދި ފްލެޓުތަކެއް ދެއްވާފައި. ހުޅުމާލޭގައި ކުރިން އަޅާފައި ހުރި ފްލެޓުތައް އަދި ސިނަމާލެ ފްލެޓުތަކުގައި އުޅޭ މީހުންނަށް ވެސް [ފްލެޓަށް ކުރިމަތިލުމުގެ] ފުރުސަތު އޮންނާނެ" އަކްރަމް ވިދާޅުވި އެވެ.

ކުރިން ދޫކޮށްފައިވާ އެއް ކޮޓަރީގެ ފްލެޓުތަކާއި އެސްއޯއީތަކުން ދޫކުރި ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެހެން ފުރުސަތުތައް ނެތުމުން އެކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި، މިހާރު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެމީހުންނަށް ވެސް ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މިފާހަގަ ކުރެވެނީ، ކުރީގަ ދީފަ ހުރި އެއްރޫމް ފްލެޓުތަކާއި، އެސްއޯއީތަކުން ހަދާފަ އެބަހުރި ފްލެޓުތަކެއް، އެ ފްލެޓުތަކުގައި ތިބޭ މީހުން ވަރަށް ޝަކުވާ ގިނަ އެމީހުންނަށް އެހެން ފުރުސަތެއް ނެތީމަ. އެހެންވީމަ އެއްރޫމް ފްލެޓުތަކުގެ މީހުންނަށް ވެސް މިހާރު [ކުރިމަތި] ލެވޭނެ" އަކްރަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓް، ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

އޭގެ އިތުރުން މިމަހުގެ ދެ ވަނަ ދުވަހު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން 2،000 ޔުނިޓު އިމާރާތް ކުރާން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިތުރު 3،500 ހައުސިން ޔުނިޓު އިމާރާތްކުރަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox