ހުލާސާކޮށް އިއްޔެ: ބީއެމްއެލްގެ މުސާރަ އާއި މުވައްޒަފުންގެ މައުލޫމާތު ދޭން އެންގުން

Feb 6, 2023, 2:57 AM
ބީއެމްއެލްގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުން. -- ފޮޓޯ: އަދަދު

ބީއެމްއެލްގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުން. -- ފޮޓޯ: އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުން ބޯޑުގެ މެމްބަރުންނާއި މުވައްޒަފުންގެ މުސާރަ ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމާއެކު، މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށަށް ސަރުކާރު ހިއްސާ އޮންނަ ކުންފުނިތައް ވަންނާނެ ކަމަށް ކަނޑައަޅައިފި އެވެ.

މައުލޫމާތު ހޯދުމުގެ އެކްޓިވިސްޓު، އަހުމަދު އައިމަން ލަތީފް ސެޕްޓެމްބަރު 2020 ގައި އެދިފައި ވަނީ ބީއެމްއެލްގެ ބޯޑު އޮފް ޑިރެކްޓާސް، ސީނިއާ މެނޭޖްމަންޓާއި ބޭންކުގައި މަސައްކަތްކުރާ އެހެން ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި އެ މުވައްޒަފުންގެ މަގާމުތަކުގެ ތަފްސީލު، ކޮންމެ މަގާމެއްގައި ތިބި މުވައްޒަފުންގެ އަދަދު އެނގޭ ގޮތަށް ހޯދުމަށެވެ.

ސަރުކާރުގެ 62.2 ޕަސެންޓް ހިއްސާ އޮތް، ހިންގާތާ 40 އަހަރު ވެފައިވާ ބީއެމްއެލް އިން އައިމަން އަށް މައުލޫމާތު ދޫނުކުރީ އެ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ "ދައުލަތުގެ އިދާރާ"ގެ މާނައިގެ ތެރެއަށް ފެތޭނެ ތަނެއް ކަމަށް ނުވާ ކަމަށް ބުނެފަ އެވެ. އަދި އެދިފައިވާ މައުލޫމާތަކީ ގާނޫނުގެ ދަށުން ދޫކުރަންޖެހޭ ފަދަ މައުލޫމާތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.

ބޭންކުގެ އެ ނިންމުން އައިމަން އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރުމުން، ކޮމިޝަނަރު އަހުމަދު އާހިދު ނިންމަވާފައިވަނީ ބީއެމްއެލްއަކީ ގާނޫނުގައި ބަޔާންކުރާ ފަދަ ދައުލަތުގެ އިދާރާއެއް ކަމަށާއި އައިމަން ހޯދަން އެދިފައިވާ މައުލޫމާތު ދޫކުރުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ގަބޫލު ނުކުރާނަމަ މައްސަލަ ހުށަހަޅަންޖެހޭނީ ހައިކޯޓަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުން ބާތިލުކޮށް ދިނުމަށް އެދި ބީއެމްއެލްއިން ހައިކޯޓަށް ހުށަހެޅި އެވެ. ނަަމަވެސް ކޯޓުން އިއްޔެ ނިންމީ ބީއެމްއެލްގެ މުސާރަ ދޫކުރަން އިންފޮމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުން ބާތިލުކުރަން ޖެހޭނެ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެ ހުކުމްކުރެއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން މަޒީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ހުކުމުން ފާހަގަ ކުރެވޭ ބައެއް ކަންކަން

  • ބީއެމްއެލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނެފައިވާ "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި ހިމެނޭ އިދާރާއެއް ނޫންކަމަށް އެ ބޭންކުން ގަބޫލުކުރުން.
  • އެ ބޭންކަކީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރާއެއްގެ ގޮތުގައި ބެލި ނަމަވެސް އައިމަން އެދިފައިވާ މައުލޫމާތަކީ އާންމުކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް ބޭނުން ގަބޫލުކުރުން
  • ވިޔަފާރީގެ މަސްލަހަތަށް ފެތޭ މައުލޫމާތު ދޫކުރުން އިސްތިސްނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތަސް، އައިމަން އެދިފައިވާ މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއް ނުވަތަ ޓްރޭޑް ސީކްރެޓެއްގެ ގޮތުގައި ބެލެވިދާނެ މައުލޫމާތެއް ނޫންކަން.
  • އެ މައުލޫމާތު ހާމަކުރުމަކީ ބީއެމްއެލްއަށް ވިޔަފާރީގެ ނުވަތަ މާލީ މަސްލަހަތަށް ގެއްލުންވެދާނެ ކަމެއް ކަމަށް ބެލެވިދާނެ ސަބަބެއް ބުނެދެވިފައި ނެތް
  • ބީއެމްއެލްއަކީ ދައުލަތު އިދާރާއެއްގެ ކަމަށް ކަނޑައެޅުން

ދައުލަތުގެ އިދާރާއަކީ ކޮބާ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި ވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް މެ ހިމެނޭ ގޮތުންނެވެ.

ގާނޫނުގައި "ދައުލަތުގެ އިދާރާ" މާނަކޮށްދީފައި ވާއިރު "ދައުލަތުން އުފައްދައިފައިވާ ކުންފުނިތައް"، މި އިބާރާތް ހިމަނާފައި ނުވި ނަމަވެސް ގަވާއިދުގައި މި އިބާރާތް އިތުރުކުރެވިފައި އެބައޮތެވެ.

ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ބީއެމްއެލް ބެލިގޮތް

ހުކުމުގައި ބުނެފައިވަނީ ބީއެމްއެލްއަކީ ބޭންކިންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ އަދި އެކުންފުނީގައި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއް ކަމަށެވެ.

އެ ބޭންކުގެ އަސާސީ އަސާސީ ގަވާއިދުގައި ކުންފުނީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ދިވެހި ސަރުކާރުން އަންގާ ގޮތެއްގެ މަތީން، ސަރުކާރުގެ އޭޖެންޓެއްގެ ގޮތުން ލޯން އަދި ހިލޭ އެހީގެ ކަންތައްތައް ބަލަހައްޓާ ހިންގުމާއި، ދަނޑުވެރިންނަށާއި، އާމްދަނީ ހޯދުމަށް އެކި މަސައްކަތްތައް ކުރާ ފަރާތްތަކަށާއި، އަތްތެރި މަސައްކަތް ފަދަ ކަންތައްތައް ކުރާ ފަރާތްތަކަށާއި، މަސްވެރިންނަށާއި ރަށްފުށުގައި އަމިއްލަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކަށް ކްރެޑިޓާއި އެހެނިހެން ވަސީލަތްތައް، ހަމަޖެހޭ އުސޫލެއްގެ ދަށުން އެކަށީގެންވާ ގޮތެއްގައި ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން ހިމެނޭ ކަމަށް ހުކުމުގައި ބުނެ އެވެ.

އެހެން ކަމުން ބީއެމްއެލްއަކީ "ދައުލަތުގެ މަސްއޫލިއްޔަތެއް" އަދާކުރާ ތަނެއްގެ ގޮތުގައި ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

މި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާނަމަ، ބީއެމްއެލްގެ އިތުރުން ދައުލަތުގެ ހިއްސާ އޮތް ކޮންމެ ކުންފުންޏެއް މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން "ދައުލަތުގެ އިދާރާ"އެއްގެ ގޮތުގައި ބެލޭނެ އެވެ.

މުހިންމު ބައެއް ހަބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅުޖަހާ މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ތިލަފުށީގެ ސިނާއީ ސަރަހައްދުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން ހުޅުވާލުމަށް ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުގެ ލިސްޓު އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ފޮނުވައިފި އެވެ.

ލިބެންޖެހޭ އިނާޔަތްތަކެއް ނުދޭ ކަމަށް ބުނެ ރ. ރަސްމާދޫ ސްކޫލު ޕްރިންސިޕަލް ވަޒީފާއަށް ނުނުކުންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރިޝްވަތު ނެންގެވި ކަމުގެ ކުށް ސަބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަހުދު އާކޮށް ރިޔާސީ ޓިކެޓު އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ނުލިބޭނެކަމަށް ބުނަމުންދާ ވާހަކަ އިދިކޮޅުން ތަކުރާރުކޮށްފި އެވެ.

ދުވަހުގެ ކޯޓޭޝަން

ހޮނިހިރު ދުވަހުގެ ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް ވިދާޅުވީ؛

އަޅުގަނޑުމެންނަކީ ބޮޑުތަކުރުފާނުގެ ލޭ ހިނގާ ދޮންބަންޑާރައިންގެ ވިންދު ޖަހާ ޝަހީދު ހުސައިން އާދަމްގެ ހިތްވަރާ އެކު ނުކުމެ ތިބި ބައެއް،"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ފުރަތަމަ ރޭގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ފުރަތަމަ ރޭގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ފުރަތަމަ ރޭގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox