Advertisement

ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ހާއްސަކޮށް މަރުކަޒުތަކެއް އަޅަން ހިލޭ އެހީ

21 ޑިސެންބަރު 2022 - 20:05 0


ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ހާއްސަކޮށް މަރުކަޒުތަކެއް އަޅަން ހިލޭ އެހީ

21 ޑިސެންބަރު 2022 - 20:05 0

ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ހާއްސަކޮށް މަރުކަޒުތަކެއް ގާއިމްކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ހިލޭ އެހީ ދޫކޮށްދިނުމަށް އެއްބަސްވެއްޖެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިލޭ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އޭޑީބީގެ ފަރާތުން އެ ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ޑރ. ތިއަމް ހީ ސޮއިކުރެއްވި އެވެ. އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 7.51 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދޫކުރާނެ އެވެ. އަދި ޓެކްނިކަލް އެސިސްޓެންސް ނުވަތަ ފަންނީ އެހީގެ ގޮތުގައި 2.5 މިލިއަން އެމެރިކާ ޑޮލަރު ދޫކުރާނެ އެވެ.

މި މަޝްރޫއުގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ތިން މަރުކަޒެކެވެ. އެއީ ހުޅުމާލެ، ރ. އުނގޫފާރު، އަދި އައްޑޫ ސިޓީގައި ގާއިމްކުރާ މަރުކަޒުތަކެކެވެ.