ކެތްކުރާނަން

ކެތްކުރާނަން

(12 ވަނަބައި)

"ކީކޭ؟" ލަބީބަށް މަޑުމަޑުން އަހައިލެވުނެވެ.

އަހަރެންގެ ލޮލާއި މޫނުމަތިން އެއްފަހަރާ އާނ އެކޭ ބުނެވުނެވެ.

"ކީއްވެ؟" ލަބީބު އަނެއްކާ ވެސް ބުނެލި އެވެ.

"މާލެދާނެ ވަރު ހުރިތޯ ބަލައިލަން." އަހަރެން ލާނެތް ރާގެއްގައި ބުނެލީމެވެ.

"ކީކޭ ތިބުނީ؟" ލަބީބު ބުނެލި އެވެ.

"ސާބަސް! އެއީ މީހުންގެ ކޮނޑުގައި އެލި ގަނެފަ މީހުން ބުނެލާ އަތްމަތީ ބަހެއް. އަރިއަޅައިލައިފި ނަމަ ބުނާނެ މާލެދާނެ ވަރެއް ނެތޭ،" އަހަރެން އޮޅުންފިލުވައިދިނީމެވެ. "މި ހިސާބުގައި ވަރަށް ކިޔާނެ އެހެން."

"އެހެން ނުވަންޏާ ނުވާނެތަ މާލެދެވޭނެ ކަމަކަށް؟" ލަބީބު ލާނެތް ރާގަކަށް ހީނލި އެވެ.

"އަހަރެން ގޮވައިގެން މާލެ ދެވޭނެތޯ ބަލައިލަންވީނު އަޅެ." އަހަރެން ބުނެލީމެވެ.

"ކެރޭނެތަ ކޮނޑުގައި އެލި ގަންނަން؟"

ލަބީބު ދިނީ ދައުވަތެއް ކަމެއް އަހަންނަކަށް ޔަގީނެއް ނުވެ އެވެ. ނަމަވެސް އަހަރެން ގޮސް ލަބީބުގެ ކޮނޑުގައި އެލިގަތީމެވެ. ލަބީބު ވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިލި އެވެ. މަޑުމަޑުން އޭނާގެ ކޮނޑުމައްޗަށް އަހަރެން އަރުވާ ހަމަޖެހިލި އެވެ.

އޭނާގެ ކަނދުރާގައި އަހަރެންގެ ނޭފަތް ޖެހުނެވެ. ދުވީ އާދަޔާ ޚިލާފު ހިތްގައިމު ވަހެކެވެ. އޭނާ ހުސްގަޔާ ހުރުމުން އޭނާގެ ގައިގެ ހޫނުކަން ހުރަހެއްނެތި އަހަންނަށް އިހުސާސްވަމުން ދިޔަ އެވެ. އެހެންވެ އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރުވަމުން ދިޔަ އެވެ. ނޭނގޭ ތުރުތުރެއް ހަށިގަނޑުގައި ދުވަމުންދިޔަ އެވެ. މަޑުމަޑުން ލަބީބުގެ ކަންފަތާ ދިމާއަށް އަހަރެންގެ މޫނު ކައިރިކޮށްލީމެވެ. އޭނާގެ ކަނދުރާއިން ދުވަމުން ދިޔަ ހިތްގައިމު ވަހަށް އަހަރެން ލެނބެމުން ލެނބެމުން ދިޔަ އެވެ. އެންމެފަހުން އަހަރެންގެ ތުންފަތް ލަބީބުގެ ކަނދުރާގައި ޖައްސާލީމެވެ. ނަމަވެސް ލަބީބަށް އެކަން އިހުސާސްވާނީ އެއީ އެހެން ގޮތަކަށެވެ.

"ދެން ކުރިއަށް ހިނގައިލާ! އެނދާ ހަމައަށް ގެންގޮސްދީ! އޭރުން ވަރު ހުރިކަމެއް އެނގޭނީ؟" ވައި އަޑުން އަހަރެން ބުނެލީމެވެ.

ލަބީބު މަޑުމަޑުން ކުރިއަށް ޖެހިލި އެވެ. އޭނާ އަރިއަޅައިލާ ގޮތްވި އެވެ. އަނގައިން ވޭނީ އާޚެއް ވެސް ނުކުތެވެ. އެންމެ ފަހުން އަހަންނަށް ޖެހުނީ ކޮނޑުން ފައިބާށެވެ. ލަބީބުގެ ފައި ކުރުކޮށްލި އެވެ. އޭނާއަށް ކޮންމެ ވެސް އަނިޔާއެއް ލިބުނީކަން ކަށަވަރުވި އެވެ.

އާއެކެވެ. ލަބީބުގެ ފަޔަށް ފުޅިތޮށިގަނޑެއް ހެރުނީ އެވެ. އަހަންނަށް ތިރިވެވުނެވެ. ލަބީބުގެ ފަޔާ ދިމާއަށް ބަލައިލެވުނެވެ. ލަބީބު ފައި ހިއްލައިލަމުން އަހަންނަށް ދިއްކޮށްލި އެވެ. ސެންޓުފުޅީގެ އެންމެ ބޯކޮށް އޮތް ތަން އޮތީ ލަބީބުގެ މެދު ފަޔަށް ހެރިފަ އެވެ. ލޭ ތިކި ޖަހަމުން ދިޔަ އެވެ. އޮރެންޖުކުލައަކަށް ހުރި ރީތި ލެޔެވެ. އަހަންނަށް ހިނިތުންވެވުނެވެ.

"ރީތި މީހުން ގައިން ވެސް އަންނަނީ ރީތި ލެޔޭ ދޯ؟" އަހަރެން ބުނެލީމެވެ.

ލަބީބު ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާގެ ކަތި ނަޒަރުން އަހަރެންގެ ހިތް ކޮށައިލި ކަހަލަ އެވެ. އަހަންނަށް ކަޅި ޖަހައި ނުލައި އޭނާގެ ލޯބިލޯބި މޫނަށް ބަލަން އިނދެވުނެވެ.

"އަދި ރީތިތަންތަން ނުފެންނަނީސް ތިހެން ބުނެވޭތަ؟" ދެ މާނަ އެކުލެވޭ ގޮތަށް ލަބީބު ބުނެލި އެވެ.

"ފެންނާނީ ދެއްކީމައެއްނު." އަހަރެންގެ ލަދުވެތިކަމުގެ ފަރުދާ ކަހައިލެވުނީ ކީއްވެ ކަމެއް ވެސް ނޭނގުނެވެ.

"ކެރޭނެތަ؟" ލަބީބުގެ ލޮލުގައިވަނީ މަސްތީ އޮއިވަރެއް ދަތުރުކުރާން ފަށައިފަ އެވެ.

އަހަރެން ހިނިތުންވެލީމެވެ. އޭނާގެ ފަޔަށް ހެރިފައިވާ ފުޅިތޮށިގަނޑު ދަމައިގަތީމެވެ. އެއާއެކު ދުނި ޖަހައިފައި އައި ލޭތައް އަހަރެންގެ މެޔާ ދިމާއަށް އަމާޒުވި އެވެ. އަވަސް އަވަހަށް ލޭއަންނަ ތަނުގައި ދެ އަތުން އޮބައިލީމެވެ. ލަބީބު ލޯ މަރައިލި އެވެ. ތަދުގެ އިހުސާސް ކޮންމެ ވެސް ވަރަކަށް ކުރީ ކަންނޭނގެ އެވެ. އެކަން އަހަންނަށް ރަނގަޅަށް އިހުސާސް ކުރެވުނެވެ.

"ލޭ ދެކެ ބިރުގަނޭތަ؟" ލަބީބު އަހައިލި އެވެ.

"ކޮންމެ މަހަކު ފެންނަ އެއްޗެއް ނޫންތަ؟" އަހަރެން ބުނެލީމެވެ.

"މާނައަކީ މިހާރު އާކަން ގެއްލިފައޭތަ؟" ލަބީބު ވާހަކަދައްކަމުން ދިޔައީ އެހެން ރާގެއްގަ އެވެ.

"ނޫން." ލަބީބު ބުނި ވާހަކަ އަހަންނަށް ރަނގަޅަށް ފަހުމުވި އެވެ.

"ޝައުޤުވެރިކަން ފާޅުކުރެވިދާނެތަ؟" ލަބީބު ވައި އަޑުން ބުނެލި އެވެ.

"އިއުލާން ކުރީމަ ސިޓީލެވޭނީ." އަހަރެންގެ ވާހަކަ ވެސް ބައްޓަން ކުރީ ލަބީބުގެ ވާހަކައާ ވަޒަން ހަމާވާ ގޮތަށެވެ.

"ކޮށްފީމެއްނު. ބީލަން ހުށަހެޅުމުގެ ދައުވަތު ވެސް ދީފީމެއްނު،" އަހަންނާ ދިމާއަށް ލަބީބު ގުދުވެލި އެވެ. "ބީލަންތައް އެވެލުއޭޓްކުރާ ޓީމުގެ އިސް މެންބަރުކަން އަހަންނަށް ދޯ."

އަހަންނަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އަހަންނަށް ނޭނގި ނަމަވެސް ދައުވަތެއް ދެވުނު ކަން ޚުދު އަހަންނަށް ވެސް ޤަބޫލުކުރެވުނެވެ. ލަބީބުގެ ހުޝިޔާރުކަން އަހަންނަށް އިހުސާސްވާން ފެށި އެވެ. އަހަރެންގެ ދައުވަތު ޤަބޫލުކުރިކަން އޭނާގެ ޢަމަލުން ދައްކައިދިނެވެ. ހުރިހާ ކަމެއް ނިމިގެން ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގަ އެވެ. އަހަރެންގެ ހިތް އެކުގައި ލަބީބުގެ ހިތަށް މަހައިލެވިގެންނެވެ.

އެ ދުވަހަށްފަހު އަހަރުމެންގެ ގުޅުމުގައި ކުރިލައި ހެދެމުން ހެދެމުން ދިޔަ އެވެ. ގޮތްޕަކަށް ފަހު ގޮތްޕެއްގައި ކުރިލައި ބޮޑުވަމުން ދިޔަ އެވެ. އެ ގަހުގެ ހިޔަލުގައި އަހަރުމެން އެތައް މަލެއް ފޮޅުވީމެވެ. އެތައް އުފަލެއް ހިއްސާކުރީމެވެ. ހީވީ ހަޔާތަށް ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. ހިނިތުންވުމުން އަހަރެން ރޫހަށް ހަމަޖެހުން ލިބެމުން ދިޔަ އެވެ. ރޭގަނޑު ފައިހިލަވަޅު އޮބުމުން ލަބީބު އަހަރެންގެ ކޮޓަރިއަށް އާދެ އެވެ. ބައެއް ފަހަރު އަހަރެން އެ ކޮޓަރިއަށް ދަމެވެ. މުޅި ރޭ އަހަރުމެން ހޭދަކުރަނީ އުފަލާއި އަރާމާއި ހިތްހަމަ ޖެހުން ހޯދުމުގަ އެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް މީހަކަށް ވިޔަ ނުދީ ވޭތޯ ލަބީބު ވަރަށް މަސައްކަތް ކުރެ އެވެ. އެކަމަށް އޭނާ ފާރަވެރިވެ އެވެ. މީހުން ފެންނަ ހިސާބުގައި އަހަރުމެންނަކީ ބީރައްޓެހިންނެވެ. މެޚްމާނުންނެވެ. ނަމަވެސް ކިރިޔާ ވެސް ފުރުސަތެއް ލިބޭ އިރަށް އޭނާ ހުންނަނީ އަހަންނަށް ކަޅި އަޅައަޅަ އެވެ.

"މަންމައަށް ހާދަ ހީވެޔޭ ދަރިފުޅުގެ ގަލަށް ބޮލި އަރައިފިހެން." މަންމަ ހިނިތުންވެލަމުން އަހަންނަށް ބަލައިލި އެވެ.

އަލުވިތައް މޭޒުމަތީގައި ބަހައްޓައިލަމުން ކަޓިންބޯޑު ނަގައި މޭޒުމަތީގައި ބާއްވާލީމެވެ. މަންމަގެ އަޑު ނީވޭކަމަށް ހަދަމުންނެވެ.

"މަންމަ މި ކިޔަނީ ދަރިފުޅު މޫނު މަތީން ކޮންހާ ކުލައެއްހޭ ތިޔަ ވިދަނީ." އަނެއްކާ ވެސް މަންމަ ބުނެލި އެވެ.

"ކުލައެއް؟" އަހަރެން ނޭނގޭ ކަމަށް ހެދީމެވެ. "ކުލައެއް ނުޖައްސަން."

"ސާބަސް! މަންމައަށް ކަންކަން ސިއްރުކުރާން ނުހަދާތި." މަންމަ ބުނެލި އެވެ.

"މަންމައަށް ކޮން ކަމެއް ސިއްރުކުރީ؟" އަހަރެން ބުނެލީމެވެ.

"މަންމައަށް މި ވަސް ދުވާތާ ދުވަސްކޮޅެއް ވެއްޖޭ. ނުވިތާކަށް މިކަމުގެ ހެކިތައް މަންމައަށް ފެނިއްޖެ." މަންމަ ގޮނޑީގައި އިށީނދެލި އެވެ.

"ކޮން ވާހަކައެއް މަންމަ ތި ދައްކަނީ؟" އަހަރެން އަލުވިތައް ނަގައި ކޮށާން ފެށީމެވެ.

"މި ދައްކަނީ ލަބީބުގެ ވާހަކަ. އެ ސޮރަކީ ބޭރަށް ދާ ސޮރެއް ނޫން. ޑިއުޓީ ނިންމައިފަ ގޭގައި އޮންނަ ސޮރެއް." މަންމަ ބަލައިލީ އަހަރެންގެ މޫނަށެވެ.

އަހަރެން މަސައްކަތުގައި ޝާމިލުވެ މަންމަގެ ވާހަކައަށް ޝައުޤުވެރިކަން ނެތްކަން ހާމަކޮށްދެވޭތޯ އުޅުނީމެވެ.

"ދެން ކިހިނެއްވީ؟ މީހަކު އޭނާއޭ ކިޔައިގެން އެއްޗެކޭ ކިޔަނީތަ؟ މި ރަށު މީހުން ދައްކާ ވާހަކަ ނުވާނެ ގަބޫލުކުރާކަށް. އަބަދުވެސް އުޅޭނީ ކޮންމެ ވެސް ކަމެއް ނުފެނިގެން." އަހަރެން ބުނެލީމެވެ.

"ދަރިފުޅު މަންމައަށް އޮޅުވާލަން އުޅޭނެ ކަމެއް ނެތް." މަންމަ ހިތްހަމަ ނުޖެހޭ ކަހަލަ ރާގެއްގައި ބުނެލި އެވެ.

އަހަންނަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. އެ މޫނުމަތިން އެއްވެސް ނުތަނަވަސް ކަމެއް ފާހަގައެއް ނުކުރެވެ އެވެ.

"މަންމަ ދުށީމޭ އޭނާގެ ކަރު." މަންމަ ބުނެލި އެވެ.

"ދެން ކިހިނެއްވީ؟" އަހަރެން ނޫން ކަމަށް ހެދީމެވެ.

"ދެން ހުރިހާ ވާހަކައެއް މަންމަ ލައްވާ ކިޔުއްވަން ނަހަދާ."

"މަންމާ!" އަހަރެން ބަލައިލީ މަންމަގެ މޫނަށެވެ. "އާނ! މަންމާ އަހަންނަށް ދެން ލަބީބާ ނުލައި ނޫޅެވޭނެ."

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox