ސްޓެޕް އަޕް ޗެލެންޖް: ކަސްރަތު ކުރަމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ސްޓެޕް އަޕް ޗެލެންޖް: ކަސްރަތު ކުރަމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ އުފާވެރި ހަބަރެކެވެ. ސޮނީ ސްޕޯޓްސް އިން، ކޮންސިއާޖް ގްރޫޕާއި ހައިޕް ޖިމް ގުޅިގެން "ސްޓެޕް އަޕް ޗެލެންޖް" ރަސްމީކޮށް ފަށައިފިއެވެ.

މިއީ މުޖުތަމައުގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމެއް އާލާކޮށް، ކަސްރަތަށް ދޭ ސަމާލުކަން އިތުރުކުރުމަށް ފެށި އެއް މަސްދުވަހުގެ ފިޓްނަސް ހަރަކާތެކެވެ.

މި މަހުގެ 5 އިން އަންނަ އޭޕްރީލް 5 ގެ ނިޔަލަށް ކުރިއަށްދާ މި ޗެލެންޖުގެ އަމާޒު ވަރަށް ސާފެވެ. 30 ދުވަހުގެ ތެރޭގައި މަދުވެގެން 50 ކިލޯމީޓަރު ފުރިހަމަކުރުމެވެ. އެއީ ހިނގުމުން ކަމުގައި ވިޔަސް، ޖޮގިން ނުވަތަ ދުވުމުން ކަމުގައި ވިޔަސް ހެވެވެ.

Advertisement

ބައިވެރިންގެ މި ހުރިހާ ހަރަކާތްތަކެއް 'ސްޓްރާވާ' (Strava) މެދުވެރިކޮށް ސޮނީ ސްޕޯޓްސް އެޕުން ޓްރެކް ކުރެވެމުންދާނެ އެވެ.

ލަނޑުދަނޑި ހާސިލްކުރާ ބައިވެރިންގެ ތެރެއިން އެންމެ ކުރީގައި އުޅޭ ގަދަ 10 ބައިވެރިންނަށް އޮތީ މާ ފޯރިގަދަ މަރުހަލާއެކެވެ.

އެއީ "ހައިޕް ގޭމްސް" އެވެ. މިއީ ބައިވެރިންގެ ބާރާއި، ކެތްތެރިކަން އަދި ނަފުސާނީ ހިތްވަރު ވަޒަންކޮށްލުމަށް ބާއްވާ ހާއްސަ ފިޓްނަސް މުބާރާތެކެވެ. މި ގޭމްސްތަކަށްފަހު ހޮވޭ އެންމެ މޮޅު ތިން ބައިވެރިންނަށް ކަނޑައެޅިފައިވަނީ އަގުހުރި އިނާމުތަކެކެވެ.

  • 1 ވަނަ އިނާމު: ބާލީ، ކުއާލަލަމްޕޫރު، ޖަކާޓާ، ބެންކޮކް ނުވަތަ ހެނޯއީ - މީގެ ތެރެއިން ބޭނުން ގައުމަކަށް ދިޔުމަށް ދެކޮޅު ޓިކެޓް.
  • 2 ވަނަ އިނާމު: ސޮނީ ސްޕޯޓްސް އިން ވިޔަފާރިކުރެވޭ 5,000 ރުފިޔާގެ ވައުޗަރެއް.
  • 3 ވަނަ އިނާމު: ހައިޕް ޖިމްގެ 1 އަހަރު ދުވަހުގެ މެންބަރޝިޕް.

މި ޗެލެންޖުގައި ބައިވެރިވާނެ ސޮނީ ސްޕޯޓްސްގެ އިންސްޓަގްރާމް ޕޭޖުން ލިބޭނެ އެވެ.

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox