އެޒްޓެކް ހަޟާރަތުގެ ތާރީހީ ލިޔުމެއް 186 އަހަރަށް ފަހު މެކްސިކޯއަށް

Sep 18, 2026, 10:15 AM
ކޮޑެކްސް އަޒްކަޓިޓްލާން އަކީ އެޒްޓެކް ދަރިކޮޅުގެ މީހުންގެ ތާރީޙައި، ސްޕެއިންގެ އިސްތިއުމާރީ ބާރުތަކުގެ އަތްދަށުން އެމީހުންގެ ރަށް ކަމަށްވާ ޓެނޮޗްޓިޓްލާން ދިފާއުކުރުމަށް ކުރި ހަނގުރާމައިގެ ވާހަކަތައް ކިޔައިދޭ ތާރީހީ ލިޔުމެއް

ކޮޑެކްސް އަޒްކަޓިޓްލާން އަކީ އެޒްޓެކް ދަރިކޮޅުގެ މީހުންގެ ތާރީޙައި، ސްޕެއިންގެ އިސްތިއުމާރީ ބާރުތަކުގެ އަތްދަށުން އެމީހުންގެ ރަށް ކަމަށްވާ ޓެނޮޗްޓިޓްލާން ދިފާއުކުރުމަށް ކުރި ހަނގުރާމައިގެ ވާހަކަތައް ކިޔައިދޭ ތާރީހީ ލިޔުމެއް

ސްޕޭނުގެ އިސްތިއުމާރީ ބާރުތަކުން މެކްސިކޯއަށް އެރުމަށްފަހު، އެޒްޓެކް ހަޟާރަތް ނެތިގެންދިޔަ ގޮތުގެ ވާހަކަ ކުރެހުންތަކުން ކިޔައިދޭ ގަރުނުތަކެއްވީ ތާރީހީ ލިޔުމެއް، 186 އަހަރަށްފަހު ފުރަތަމަ ފަހަރަށް މެކްސިކޯގައި ދައްކާލަން ތައްޔާރުވެއްޖެ އެވެ.

"ކޯޑެކްސް އަޒްކަޓިޓްލާން" ގެ ނަމުން މަޝްހޫރުވެފައިވާ މި މެނުސްކްރިޕްޓް 1898 ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުން އައީ ފަރަންސޭސިވިލާތުގެ ބިބްލިއޮތެކް ނޭޝަނަލްގަ އެވެ. ނަމަވެސް، އެ މުއްދަތުގެ ކުރިން ވެސް އެތައް އަހަރެއް ވަންދެން މި ލިޔުން އޮތީ މެކްސިކޯއިން ބޭރުގަ އެވެ.

މިއީ މިހާރުގެ މެކްސިކޯއަށް ސްޕޭނުގެ އިސްތިއުމާރީ ސިފައިން އައިތާ މަދު އަހަރުތަކެއްގެ ތެރޭގައި، 16 ވަނަ ގަރުނުގައި ތައްޔާރުކޮށްފައިވާ ކުރެހުމެއް ކަމަށް ބެލެވެ އެވެ. މިއީ އެޒްޓެކް ދަރިކޮޅުގެ ތާރީހާ ގުޅޭގޮތުން އެންމެ ފުރިހަމަ އަދި އަގުހުރި މައުލޫމާތުތަކެއް އެކުލެވޭ އެއް ފަތްފުށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ފަރަންސޭސިވިލާތާއި މެކްސިކޯއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ފަރަންސޭސި ސަރުކާރުން ވަނީ "ކޯޑެކްސް އަޒްކަޓިޓްލާން" މެކްސިކޯއަށް ލޯނެއްގެ ދަށުން ދޫކޮށްފަ އެވެ.

މީގެ ބަދަލެއްގެ ގޮތުން، މެކްސިކޯގައި އޮތް އަގުނުކުރެވޭ ފަދަ ތާރީހީ ލިޔުމެއް ކަމަށްވާ "ކޯޑެކްސް ބޮޓުރިނީ" ފަރަންސޭސިވިލާތުގައި ދައްކާލުމަށްޓަކައި އެ ގައުމަށް ދިނުމަށް މެކްސިކޯއިން ވަނީ އެއްބަސްވެފަ އެވެ.

"ކޯޑެކްސް ބޮޓުރިނީ" ގައި ހިމެނޭ ކުރެހުންތަކުން ކިޔައިދެނީ، "މެކްސިކާ" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ އެޒްޓެކް ދަރިކޮޅުގެ މީހުން، އެމީހުންގެ ކާބަފައިން އުޅުނު ވަޒަނުން ހިޖުރަކޮށް، ޓެކްސްކޯކޯ ކަނޑުއޮޅީގެ އައްސޭރިއަށް ގޮސް "ޓެނޮޗްޓިޓްލާން" ބިނާކުރި ގޮތުގެ ވާހަކަ އެވެ.

މި ދެ ލިޔުން ވަގުތީ ގޮތުން ބަދަލުކުރުމަށް އެއްބަސްވީ، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް އާއި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން، މިދިޔަ އަހަރު މެކްރޯން މެކްސިކޯއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގަ އެވެ.

ވޭތުވެދިޔަ ގަރުނުތަކުގައި މެކްސިކޯއިން ބޭރަށް ގެންގޮސްފައިވާ ތާރީޚީ އާސާރީ ތަކެތި އަނބުރާ ހޯދުމަށް އެ ގައުމުން އަންނަނީ ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ.

މެކްސިކޯގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް އެ ގައުމުގެ 2،000 އަށްވުރެ ގިނަ އާސާރީ ތަކެތި ވަނީ ކާމިޔާބުކަމާއެކު އަނބުރާ ގައުމަށް ގެނެސްފަ އެވެ.

މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މެކްސިކޯ ސިޓީގައި ހުންނަ ނޭޝަނަލް މިއުޒިއަމް އޮފް އެންތްރޮޕޮލޮޖީގައި "ކޯޑެކްސް އަޒްކަޓިޓްލާން" އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox