މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސިކުނޑީގެ ސެލްތައް އަށަގަންނުވައިފި

Sep 17, 2026, 11:52 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ނިއުރޯސައިންޓިސްޓުން މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސިކުނޑީގެ ސެލްތައް މަސައްކަތްކުރާ ގޮތަށް އަށަގަންނުވައި، ކާމިޔާބު ތަހުލީލެއް ކޮށްފި އެވެ.

ދިރާސާކުރާ ފަރާތްތަކުން އުންމީދު ކުރަނީ، ހަމައެކަނި އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ކުރިއެރުމާ ގުޅުންހުރި ބަލިތަކަށް ހޯދޭ ފަރުވާތައް، މި ތަހުލީލީ މީދާތައް ބޭނުންކޮށްގެން ދެން ޓެސްޓު ކުރެވޭނެ ކަމަށެވެ.

އިންސާނުންގެ ސިކުނޑީގެ ބައެއް ހިމެނޭ މީދާތައް އުފެއްދުމަކީ ބިރުވެރި ނުވަތަ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ސިފަވި ނަމަވެސް، މިއީ "އިންސާނުން ފަދައިން ވިސްނާ" މީދާތަކެއް ނޫން ކަމަށް ސައިންސްވެރިން ބުނެ އެވެ.

Advertisement

މި މީދާތަކަކީ ޖެނެޓިކް އިންޖިނިއަރިން ބޭނުންކޮށްގެންނާއި ސާޖަރީ ހަދައިގެން، އޭގެ ސިކުނޑީގެ ބައެއް ޓިޝޫތަކަކީ އިންސާނީ ޓިޝޫތަކަށް ވާނެހެން ބަދަލު ގެނެސްފައިވާ މީދާތަކެކެވެ.

"ނޭޗާ" ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާއާ ގުޅޭގޮތުން ސައިންސްވެރިން ބުނީ، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިވަން ފަރާތްތަކުން އެތިކްސް މިންގަނޑުތައް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.

އެތިކްސްއާ ގުޅޭ ގިނަ ސުވާލުތަކެއް އުފެދޭ މި ހޯދުމުގެ މައިގަނޑު ބޭނުމަކީ، މިހާތަނަށް އެދެވޭ ފަރުވާއެއް ހޯދިފައިނުވާ ސިކުނޑީގެ ބަލިތަކުގެ ބަޔޮލޮޖީ ނުވަތަ އެ ބަލިތައް އުފެދި ކުރިއަރާ ގޮތް މިހާރަށްވުރެ ބޮޑަށް ދެނެގަތުމެވެ.

ސިކުނޑީގެ ބައެއް ބަލިތަކަކީ އާދައިގެ މީދަލުގެ ހަށިގަނޑުގައި އުފެދޭ ބަލިތަކަކަށް ނުވާތީ، އެފަދަ ބަލިތައް މީދާ ބޭނުންކޮށްގެން ދިރާސާކުރުމަކީ މީގެ ކުރިން ކުރެވޭ ކަމެއް ނޫނެވެ.

ސްޓެންފޯޑް ޔުނިވާސިޓީގެ އިސް ދިރާސާވެރިޔާ ޕްރޮފެސަރު ސާޖިއު ޕަސްކާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ ކްލިނިކަލް ޓްރަޔަލްތަކަކީ ކާމިޔާބީގެ ނިސްބަތް އެންމެ ދަށް ދާއިރާ އެވެ.

"ޖަނަވާރުން ބޭނުންކޮށްގެން ކުރާ ތަހުލީލުތަކުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކަމަށް ފެންނަ ބޭސްތައް ވެސް، ކްލިނިކަލް ޓްރަޔަލްތަކާ ހަމައަށް ދާއިރު ބޮޑުތަނުން ފެއިލްވޭ،" އޭނާ ވިދާޅުވި އެވެ. "މީގެން އެނގެނީ އިންސާނާގެ ބަޔޮލޮޖީއާ ގުޅޭ ވަރަށް ގިނަ މައުލޫމާތު އަދިވެސް އަޅުގަނޑުމެންނަށް ނޭނގޭކަން. އެ މައުލޫމާތު ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް."

ސްޓެންފޯޑްގެ ދިރާސާވެރިން ބުނާ ގޮތުގައި، ފިޓުޖެހުމާއި (އެޕިލެޕްސީ)، އޯޓިޒަމް އަދި ސެރެބްރަލް ޕަލްސީ ފަދަ އުނދަގޫ ބަލިތަކަށް ފަރުވާ ހޯދުމުގައި މި އާ ހޯދުމުގެ ސަބަބުން ބޮޑު ބަދަލެއް އައުމުގެ ފުރުސަތު އެބައޮތެވެ.

ޕަސްކާ ވިދާޅުވީ، "މިއީ މީގެ ކުރިން ދުވަހަކުވެސް ކުރެވިފައި ނުވާ މިންވަރަށް، އިންސާނާގެ ސިކުނޑީގެ މަސައްކަތްތައް ދެނެގަތުމަށް މަގުފަހިކޮށްދޭ އާ މޮޑެލްއެއް" ކަމަށެވެ.

މައުލޫމާތު: ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox