ޑަޔާނާގެ ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފި

Sep 18, 2026, 6:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އަވަހާރަވެފައިވާ ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު، އާލް ޗާލްސް ސްޕެންސާ ނެރުއްވަން ތައްޔާރުވަމުންދާ ފޮތެއްގައި، އޭނާގެ ކުރީގެ ޅިޔަނު ރަސްގެފާނު ޗާލްސްއާ ގުޅޭގޮތުން ކުރައްވާފައިވާ ތުހުމަތުތައް ބަކިންހަމް ޕެލަސްއިން ދޮގުކޮށްފި އެވެ. 

މި މަހުގެ 22 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ސްވޯން ސޮންގް: ޑަޔާނާ، މައި ސިސްޓާ" ކިޔާ ފޮތުގައި ސްޕެންސާ ލިޔުއްވާފައިވާ ގޮތުގައި، ޑަޔާނާގެ ޖަނާޒާގެ ކުޑަ ދުވަސްކޮޅެއް ކުރިން، އޭރުގެ ޕްރިންސް އޮފް ވޭލްސް (ޗާލްސް) ވަނީ "އަޅުގަނޑުމެން ވަރަށް އަވަހަށް ޑަޔާނާގެ މަތިން ހަނދާން ނެތޭނެކަމުގެ ޔަގީންކަން ދެން" ކަމަށް ވިދާޅުވެފަ އެވެ.

މި ވާހަކަތައް ހިމެނޭ ބައެއް ސެޕްޓެމްބަރު 16 ވަނަ ދުވަހު ޑެއިލީ މެއިލް ނޫހުގައި ޝާއިއުކޮށްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެ ފޮތުގެ އިތުރު ބައިތައް އެ ނޫހުގައި ސިލްސިލާކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީބީސީއަށް ދެއްވި ބަޔާނެއްގައި ބަކިންހަމް ޕެލަސްގެ ތަރުޖަމާނަކު ވިދާޅުވީ، އާންމު އުސޫލެއްގެ ގޮތުން ފޮތްފޮތުގައި ހުންނަ ވާހަކަތަކަށް ގަނޑުވަރުން ރައްދު ނުދޭ ކަމަށެވެ. ނަމަވެސް، އާއިލާގެ މީހަކު ވަކިވެދިއުމުން ލިބޭ ފުން ހިތާމައިގެ ސަބަބުން، ކަންކަމާ މެދު ވިސްނާ ގޮތާއި، ނިންމުންތައް ނިންމާ ގޮތުގެ އިތުރުން، ހަނދާންތައް ހުންނަ ގޮތަށް ވެސް ބަދަލު އަތުވެދާނެކަން ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ހިތާމައެއްގެ އަސަރު، ގިނަ އަހަރުތަކެއް ފަހުން ވެސް އެހެން މީހުންނަށް ނޭނގޭ ފަދަ ގޮތްގޮތަށް ހުރެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑެއިލީ މެއިލްގައިވާ ގޮތުން، 1996 ވަނަ އަހަރު ޑަޔާނާއާ ވަރިވެވަޑައިގެންނެވި ޗާލްސް، ފޯނުން ވާހަކަދައްކަވަމުން ޑަޔާނާއާ މެދު ހިތުގައި އޮތް ނަފުރަތާއި، ޑަޔާނާގެ މަރާ ގުޅިގެން މުޅި ދުނިޔެއަށް ލިބުނު ސިހުމާ މެދު އޮތް ހިތްހަމަނުޖެހުން ބޭރުކޮށްލެއްވި ކަމަށް ސްޕެންސާ ލިޔުއްވާފައިވެ އެވެ.

ޕެންގުއިން ޕްރެސްއިން އޯގަސްޓް 20 ގައި ނެރުނު ބަޔާނެއްގައިވާ ގޮތުން، 2027 ވަނަ އަހަރުގެ އޯގަސްޓް މަހަކީ ޑަޔާނާ އަވަހާރަވިތާ 30 އަހަރު ފުރޭ މުނާސަބަތަށް ވުމާއެކު، އޭނާގެ ބޭބެގެ ނަޒަރުން ޑަޔާނާގެ ހަގީގަތް ހާމަކޮށްދިނުމަށް ސްޕެންސާ ބޭނުންވެ އެވެ.

ސްޕެންސާ ވިދާޅުވީ، ވަގުތު ފާއިތުވަމުންދާ ވަރަކަށް ހަގީގަތާ ހިލާފު ވާހަކަތައް ގިނަވަމުންދާތީ، އެހެން މީހުންގެ ހިޔާލުތައް ކިޔުމުގެ ބަދަލުގައި އޭނާގެ އަމިއްލަ ހަނދާންތައް އެއްކޮށް ލިޔެލުމަށް ނިންމެވީ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox