"ސޯލްޓް" ގެ ހާއްސަ ސޫޖީ: ރަހަ ތަފާތު، ހިތްގައިމު ބުއިމެއް!

"ސޯލްޓް" ގެ ހާއްސަ ސޫޖީ: ރަހަ ތަފާތު، ހިތްގައިމު ބުއިމެއް!

ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ސޫޖީއަކީ ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ބުއިމެކެވެ. ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހުގެ ރޭގަނޑު، ތަރާވީސް ނަމާދަށްފަހު ނުވަތަ ހާރުދަމުގެ ވަގުތުތަކުގައި ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ކޮންމެވެސް ފޮނި ބުއިމަކަށް ހިތް އެދެއެވެ. މިގޮތުން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ބުއިމަކީ ސޫޖީއެވެ.

އެކަމަކު، ކޮންމެ ކޮންމެ ސޫޖީއަކީ "މީރު" ބުއިމެއް ކަމަށް ބުނެވޭކަށް ނެތެވެ. ސޫޖީގެ އަސްލު ރަހަ ނެރުމަކީ ހުނަރެކެވެ. އެކަމަށް ބޭނުންވަނީ ކަނަމަދާއި، ހިކި މޭބިސްކަދުރު އަދި ފިޔާކޮޅު ގިތެލުގެ ތެރޭގައި އެންމެ ފުރިހަމައަށް މީރުކޮށްލުމުގެ ފަންނެވެ. މި ހުރިހާ ރަހަތަކެއް އެއްވެގެން ދުލުގައިލާ ފޮނިމީރު ކަމާއި މީރުވަސް އެންމެ ފުރިހަމައަށް ތަޖުރިބާކޮށްލަން ބޭނުންނަމަ، ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގެ ހާއްސަ ސޫޖީ ތަޖުރިބާކޮށްލަންޖެހެ އެވެ.

"އަހަރެމެން މިތަނުގެ ބަދިގޭގައި ސޫޖީ ތައްޔާރު މި ކުރަނީ އެންމެ އިހުގެ ރެސިޕީ އަށް، އެގޮތަށް. ވަރަށް ފަރުވާތެރި ކަމާއެކު ތައްޔާރުކޮށްގެން މީގެ ހިތްގައިމު ރަހަ އާއި ވަސް ނެރެވެނީ. މި ރޯދަ މަހު ވަރަށް ގިނަ ބައެއްގެ މަގުބޫލްކަން މި ބުއިމަށް އެބަ ލިބޭ،" ސޯލްޓު މެނޭޖަރު ބުންޏެވެ.

Advertisement

ސޫޖީގެ ރަހަ އިތުރަށް ފުރިހަމަވެގެން ދަނީ ސޯލްޓުގެ މާހައުލުގެ ވެސް ހިތްގައިމުކަމުންނެވެ. ކާރޫބާރު ބޮޑު މާލޭގައި ހަމަޖެހިލައިގެން މިފަދަ ބުއިމަކަށް އިންސާފުކޮށްލެވޭނެ އެންމެ ފުރިހަމަ އެއް މާހައުލަކީ، އިރު އޮއްސިގެން އަންނަ ހިތްގައިމު މަންޒަރާއި، ހަނދު އަރައިގެން އަންނަ ރީތި މަންޒަރު ފެންނަ، ޖައްވުގެ ފިނިކަން ތަޖުރިބާކޮށްލެވޭ ހިތްފަސޭހަ "ސޯލްޓު" އެވެ.

"ވަރަށް މީރު، ކުޑައިރު މަންމަ ތައްޔާރުކުރާ ސޫޖީގެ މަތިން ހަނދާން އާވަނީ،" ސޯލްޓުގެ ރެގިއުލާ ކަސްޓަމަރަކު، ރޭ ސޫޖީ ބޯން އިނދެ ކިޔައިދިނެވެ.

މިއީ މިވަގުތު މާލެއިން ލިބެން ހުރި އެންމެ މީރު، އޭގެ "ދެވަނައެއް ނެތް" ފަދަ ސޫޖީއެކޭ ބުނެވިދާނެ އެވެ. ރަހަ ހެޔޮވަރުވެ، ފޮނިމިން ވެސް ހެޔޮވަރެވެ. މީރު ރަހަ އާއި ވަހުގެ ހިތްގައިމު ކަމުގެ އިތުރުން އަނގައިގައި ޖެހޭ ކަނަމަދުކޮޅުތައް ހަފާލުމުން ރަހަ އިތުރަށް ފުރިހަމަކޮށްދެ އެވެ،

ރޯދަ ވީއްލުމަށްފަހު އާއިލާ ނުވަތަ ރައްޓެހިންނާއެކު ބޭރަށް ނިކުމެލާ ވަގުތު، ސޯލްޓްގެ ހިތްގައިމު މާހައުލުގައި ތިބެ މި ސޫޖީގެ ރަހަ ބަލާލުމަކީ ކުރެވޭނެ ހިތްގައިމު ތަޖުރިބާއަކަށް ވާނެ އެވެ. ކަނޑުގެ ތާޒާ ވައިރޯޅިތަކާއެކު، ހޫނު ސޫޖީ ތަށްޓަކުން ލިބޭ އުފާވެރިކަން އިހުސާސްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox