އިންތިހާބު ބޯމަތިވެފައި އޮއްވާ އާރްޑީސީއަށް 140 އަށް ވުރެ ގިނަ މުވައްޒަފުން ނަގަނީ

Mar 14, 2026, 3:54 PM
އިންތިހާބު ބޯމަތިވެފައި އޮއްވާ އާރްޑީސީއަށް 140 އަށް ވުރެ ގިނަ މުވައްޒަފުން ނަގަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި އޮއްވާ ދައުލަތުގެ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 142 މުވައްޒަފުން ނަގަން މިއަދު އިއުލާނުކޮށްފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރީލް 4، ގަ އެވެ. އިންތިހާބަށް ދެން އޮތީ އެންމެ 22 ދުވަހެވެ.

އާރްޑީސީ އިން އިއުލާނު ކުރީ ހަ ރަށެއްގެ ރަށު ސައިޓަށް މުވައްޒަފުން ހޯދުމަށެވެ. އެއީ އއ. ރަސްދޫއަށް 42 މުވައްޒަފުންނަށް ހއ. އުލިގަމަށް 50 މުވައްޒަފުންނާއި ކ. ކާށިދޫއަށް 24 މުވައްޒަފުންނާއި ޅ. ނައިފަރަށް 12 މުވައްޒަފުންނާއި ތ. މަޑިފުއްޓަށް 13 މުވައްޒަފުން އަދި ޅ. ހިންނަވަރަށް އެއް މުވައްޒަފެވެ.

Advertisement

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ދެބައިވުމާ ގާތްވެފައި އޮއްވާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން އިންތިހާބުގައި ވޯޓުލެވޭ މީހުންނަށް އެކި ނަންނަމުގައި ފައިސާ ދިނުމަށް ސަރުކާރުން ވައުދާވާތީ އެކަން ވެސް އިދިކޮޅުން ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުން ފައިސާ ދޭން ނިންމި އެއް ބަޔަކީ، ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކުގެ ވެރިންނެވެ.

ފްލެޓު ވެރިންނަށް ފައިސާ ދޭން މުއިއްޒު ނިންމެވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ވޯޓުލެވޭ މީހުންނާއެކު މުލީއާގޭގައި މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ. ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދޭން 16 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ.

އޭގެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މާލެހިޔާ އަދި ސިނަމާލޭގެ ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދެއް ކަމަށެވެ.

"އެއްވެސް ގޮތަކަށް ރިޝަވަތެއް ނޫން. މީގެއިން މިހާމަވަނީ ތިބޭފުޅުންގެ މައުލޫމާތު ނެތްވަރު އެނގޭތޯ. އަޅުގަނޑުގެ މެނިފެސްޓޯގައިވެސް އޮންނާނެ ކަމެއް އެއީ. މެނިފެސްޓޯގައިވެސް އަދި އެއާ ގުޅިގެން ރިޔާސީ އިންތިހާބުގެ އެކިއެކި ކެމްޕެއިންގެ ދުވަސްވަރުވެސް އޮންނާނެ އެވާހަކަ ދައްކާފައި،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދޭ ވާހަކަ މުއިއްޒުގެ މެނިފެސްޓޯއަކު ނެތެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އެމަނިކުފާނުވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ވެސް ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދިނުމުގެ ވާހަކައެއް ވިދާޅެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox