ހިލޭ ޑިގްރީގެ ދަށުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު 15،000 އަށް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންތަކެއް: ހިލޭ ޑިގްރީ ސްކީމުގެ ދަށުން ޕްރައިވެޓް ކޮލެޖުތަކުން ވެސް ކިޔެވޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންތަކެއް: ހިލޭ ޑިގްރީ ސްކީމުގެ ދަށުން ޕްރައިވެޓް ކޮލެޖުތަކުން ވެސް ކިޔެވޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މަތީ ތައުލީމަށް ފަހިކޮށްދޭން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފެށި ހިލޭ ޑިގްރީ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު 15،000 އަށް އަރައިފި ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

މީގެ ތިން އަހަރު ކުރިން ފެބްރުއަރީ 2019 ގައި ފެށި މި ސްކީމަކީ ސަރުކާރުން ހަރަދުކުރާ ގޮތަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ހިންގާ ސްކީމެކެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ތަންފީޒުކުރެވުނު އެންމެ މުހިންމު އެއް ސިޔާސަތެވެ.

ހިލޭ ޑިގްރީ ސްކީމުގައި 15،000 ދަރިވަރުން ބައިވެރިވުމާ ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން ދަނީ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންނެވެ.

ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދަރިވަރުން

  • 2019 ވަނަ އަހަރު: 4,804 ދަރިވަރުން
  • 2020 ވަނަ އަހަރު: 4،818 ދަރިވަރުން
  • 2021 ވަނަ އަހަރު: 3،301 ދަރިވަރުން
  • 2022 ވަނަ އަހަރުގެ މިހާތަނަށް: 2،077 ދަރިވަރުން

މި ސްކީމުގެ ކާމިޔާބީ ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ހިލޭ ޑިގްރީގެ އަމާޒަކީ ގައުމު ބިނާކުރެވޭނެ ވަރުގެ އިލްމީ ގާބިލު ޒުވާނުންތަކެއް އުފެއްދުމެވެ.

ހަމަ އެ މޭރުމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހިލޭ ޑިގްރީ ސްކީމުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާކައިރީ ރަށުގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެ ކަމަށެވެ. އަދި މީގެ ސަބަބުން އިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށްބޮޑަށް ފަހިވެގެންގޮސްފައިވާއިރު، މިކަމަކީ އަންނަން އޮތް ޖީލުތަކަށް ފައިދާ ކުރާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ސްކީމުގެ ބޭނުންކޮށްގެން 2023 ގެ ނިޔަލަށް 5000 އަށް ވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ފުރިހަމަކުރާނެ ކަމަށެވެ. އަދި އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ހިލޭ ޑިގްރީ ފުރިހަމަކޮށް، ގައުމީ ހިދުމަތަށް ނިކުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މި ސްކީމުގެ ދަށުން ސަރުކާރުގެ ދެ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ އިތުރުން އަމިއްލަ ކޮލެޖުތަކުން ހިންގާ ކޯސްތަކުގައި ވެސް ބައިވެރިވެވެ އެވެ. ނަމަވެސް އަމިއްލަ ކޮލެޖުތަކުގެ ކޯސްތަކަށް ސަރުކާރުން ދައްކަނީ ވަކި އިންސައްތައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox