Advertisement

ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާ ނުދެއްކުމުން މައްސަލަ އޭޖީ އޮފީހަށް

26 ޖުލައި 2022 - 21:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާ ނުދެއްކުމުން މައްސަލަ އޭޖީ އޮފީހަށް

26 ޖުލައި 2022 - 21:55 0

ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި 100 މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ދައްކާފައި ނެތުމުން އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

ދެހާސްފަނަރަވަނަ އަހަރުގެ ޑިސެމްބަރު ފުށިދިއްގަރު ފަރަށް އެރީ މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގް ބޯޓަކާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖެކެވެ. އެ މައްސަލާގައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް ޖޫރިމަނާ ކުރީ މާޗު 2018 ގަ އެވެ.

މި ފައިސާ ނުދައްކާ ހަތަރު އަހަރު ތިބުމަށްފަހު މެއިންލޭންޑް ޝިޕިން އިން ލުޔެއް ދޭން ވެސް އެދުނެވެ. އެކަމަކު އެންވަޔަރަމެންޓް މިނިސްޓްރީން އެ ލުއި ދޭން ނުނިންމައި ފަހު މުހުލަތެއްގެ ގޮތުގައި 15 ދުވަސް ދިނެވެ.

"އަޅުގަނޑުމެން ދިން ފަހު މުހުލަތު ފަހަނައަޅާ ދިއުމުން ވެސް އެ ފައިސާ ދައްކާފައި ނެތުމުން، ޝަރީއަތް މެދުވެރިކޮށް ފައިސާ ހޯދަން ކޯޓަށް ދިއުމަށް ޓަކައި، ބަންޑާރަ ނައިބު އޮފީހުގެ ލަފައަކަށް އެދިފައިވާނެ،" އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް ނައީމް މި ނޫހަށް ވިދާޅުވި އެވެ.

އެ ހާދިސާގައި ފަރުގެ ގާތްގަނޑަކަށް 4370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވެފައިވެ އެވެ. އެ ގެއްލުމުގެ އަގު ގާތްގަނޑަކަށް 110 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ. ނަމަވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާ އެވެ.